ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމެރިކާގެ ފެހި ސިގުނަލް ލިބުމާއެކު ޣައްޒާއިން “އެންމެން ބޭރުކުރަން” މިތިބީ ތައްޔާރަށް: އިސްރާއީލު

–
Maldivian_Ads
STO_Ads
TTH_Ads
Advertisement

އެމެރިކާއިން ފެހި ސިގުނަލް ދީފިނަމަ ޣައްޒާއިން “އެންމެން ބޭރުކުރަން” އިސްރާއީލު އޮތީ ތައްޔާރަށް ކަމަށް އިސްތިއުމާރީ ދައުލަތުގެ ޑިފެންސް މިނިސްޓަރު ޔިސްރައިލް ކާޓްޒް ބުނެފިއެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަމުން ކާޓްޒް ބުނީ، ޣައްޒާއިން މީހުން ބޭރުކުރުމަށް އިސްރާއީލުން ޕްލޭނެއް ހަދާފައިވާ ކަމަށެވެ.

އެގޮތުން، ޣައްޒާގައި ތިބި މީހުން ކަނޑުމަގުން ނުވަތަ އެއްގަމުމަގުން ނުވަތަ “ބޭރުކުރެވުނު ގޮތަކަށް” ޣައްޒާއިން ބޭރުކޮށްލުމަށް ޕްލޭންގައި ހިމަނާފައިވާ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

HajjCop_ads
Advertisement

އެހެން ނަމަވެސް، އިސްރާއީލު މަޑުކޮށްގެން އޮތީ ޣައްޒާއިން ބޭރުކުރާ މީހުން ގެންދާނެ ތަނަކާމެދު އެމެރިކާއިން ގޮތެއް ނިންމަންދެން ކަމަށް އޭނާ ބުނެފައި ވެއެވެ. ނުވަތަ ޣައްޒާގެ ރައްޔިތުން ގެންދާނެ ތަނެއް އެމެރިކާއަށް ހަމަޖެއްސެންދެން ކަމަށެވެ.

އިސްތިއުމާރީ ސިފައިން ޣައްޒާގެ ބިމުގެ 60 އިންސައްތައަށް މިހާރު ވެރިވެގެންފައިވާއިރު، ޣައްޒާގެ އާންމުން ޝަހީދުކޮށް މިހާރު ހިންގަމުންގެންދަނީ ނަސްލުނައްތާލުމުގެ ޖަރީމާތަކެއް ކަމަށް އދއައި، ބައިނަލްއަގްވާމީ ކޯޓުތަކުން ކަނޑައަޅާފައި ވެއެވެ. މިކަމުގެ ޝަރީއަތްތައް ކޯޓުތަކުގައި މިހާރުވެސް ކުރިއަށް އެބަ ގެންދެއެވެ.

އިސްރާއީލާ ބައިވެރިވެގެން ޣައްޒާގެ އާބާދީގައި ހިމެނޭ 2.1 މިލިއަން މީހުން ޣައްޒާއިން ބޭރުކޮށްލުމަށް އަމަލީގޮތުން މަސައްކަތް ފެށީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.

ޓްރަމްޕް ބޭނުންވީ، ޣައްޒާގެ އާންމުން ރަށުން ބޭރުކޮށްލައި، ޣައްޒާއަކީ ދުނިޔޭގެ މުއްސަނދި ފަތުރުވެރި މަންޒިލެއްގެގޮތުގައި ތަރައްގީ ކުރުމަށެވެ. އެއީ، އެމެރިކާގެ ކޮންޓްރޯލް އޮންނަ ތަނެއްގެގޮތުގައި ބޭއްވުމަށެވެ.

ނަމަވެސް، ޓްރަމްޕަށް އޭނާގެ އެ ވިސްނުން ބަދަލުކުރަން މަޖުބޫރުވީ ދުނިޔޭގެ ދެކޮޅުހެދުންތަކާ ގުޅިގެންނެވެ.

އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ކާޓްޒް ބުނީ، ޓްރަމްޕް އޭނާގެ ވިސްނުން މަޑުޖައްސާލީ ޣައްޒާއިން ބޭރުކޮށްލާ ފަލަސްތީނު ރައްޔިތުން ވަޒަންވެރި ކުރާނެ ތަންތަން ހަމަޖެހެންދެން ކަމަށެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބައިނަލްއަގްވާމީ ގާނޫނުތަކަށް އިސްރާއީލު ކިޔަމަންކުރުވުމަށް އީރާނުން ސަލާމަތީ މަޖިލީހަށް ގޮވާލައިފި

އީރާނަށް އިސްވެ ހަމަލާދޭން އިސްރާއީލުން ނޫޅޭ ކަމަށް ނަތަންޔާހޫ ބުނެފި

އެއްބަސްވުމަށް އެއްއަހަރު: މިއަދު އެކަނިވެސް ޣައްޒާއިން 9 މީހުން ޝަހީދުކޮށްލައިފި

ރިޔާސީ އިންތިޚާބާ އެއްދުވަހެއްގައި ބާއްވަން، ފަލަސްތީނު ޕާލަމެންޓް އިންތިޚާބު އަންނަ އަހަރަށް ފަސްކޮށްފި