ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާގެ ނަސްލު ނެތިކޮށްލުމުގެކުރިން ފިޔަވަޅު އަޅައިދޭން އެދި ދެކުނު އެފްރިކާއިން އައިސީޖޭއަށް

TTH_Ads
Maldivian_Ads
STO_Ads
Advertisement

ޣައްޒާގައި ހިންގަމުންގެންދާ ނަސްލުނައްތާލުމުގެ ޖަރީމާތައް ހުއްޓުވަން އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސް – އައިސީޖޭއިން ކުރި އަމުރުތަކަށް އިސްތިއުމާރީ އިސްރާއީލުން އަމަލުނުކުރި މައްސަލަ ދެކުނު އެފްރިކާއިން ކޯޓަށް ރަސްމީގޮތުން ހުށަހަޅައިފިއެވެ.

އައިސީޖޭގެ އަމުރުތަކަށް އިސްރާއީލުން ކިޔަމަންނުވި މައްސަލަތަކުގެ ފުރިހަމަ ތަފްސީލް ދެކުނު އެފްރިކާއިން ހުށަހަޅާފައި ވެއެވެ.

ޣައްޒާގައި ހިންގަމުންގެންދާ ނަސްލުނައްތާލުމުގެ ޖަރީމާތައް ހުއްޓުވައި އަދި ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރަން އަންގައި އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސް-އައިސީޖޭއިން 2024 ވަނަ އަހަރުގެ ޖެނުއަރީ މަހާއި، މާޗްމަހާއި އަދި މެއިމަހުގެ ތެރޭގައި އިސްރާއީލުގެ މައްޗަށް އަމުރުތައް ނެރެފައި ވެއެވެ.

HajjCop_ads
Advertisement

މިއީ، ގާނޫނީގޮތުން އޭގެ މައްޗަށް އަމަލުކުރަން އިސްރާއީލުގެ މައްޗަށް ލާޒިމް އަމުރުތަކެއްވެސް މެއެވެ.

މައްސަލައިގެ ތަފްސީލް އައިސީޖޭއަށް ހުށަހެޅުމަށްފަހު ދެކުނު އެފްރިކާގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަލަސްތީނު ރައްޔިތުންގެ ނަސްލުނައްތާލުމާއި، އަދަބުދިނުން ހުއްޓުވަން އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއިން އިސްރާއީލަށް ކޮށްފައިވާ އަމުރުގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުން ރައްކާތެރިކުރުމުގެ ވާޖިބު ބައިނަލްއަގްވާމީ މުޖުތަމައުގެ މައްޗަށްވެސް އޮތް ކަމަށެވެ.

އައިސީޖޭއިން ނެރެފައިވާ އަމުރުތަކުގައި ހިމެމެނީ، ޖެނޮސައިޑް ކޮންވެންޝަނާ ޚިލާފަށް ހިންގަމުންގެންދިޔަ އަމަލުތައް ހުއްޓުވުމާއި، އިންސާނީ އެހީ އެތެރެކުރުމާއި، ޣައްޒާގެ ދެކުނުގެ ރަފަހް ސިޓީ ސުންނާފަތިކުރަން ކުރަމުންދިޔަ މަސައްކަތް ހުއްޓުވުމާއި، އދގެ ތަހްގީގު ޓީމުތައް ޣައްޒާއަށް ވަނުމުގެ ހުއްދަ ދިނުމަށެވެ.

ނަމަވެސް، އިސްތިއުމާރީ ދައުލަތުން އެއިން އެއްވެސް އަމުރަކަށް ކިޔަމަނެއް ނުވިއެވެ. ރަފަހުގައި ބޮޑެތި ގަތުލުއާންމުތައް ހިންގުމަށްފަހު ދިރިތިބި ބަޔަކު ރަށުން ބޭރުކޮށް މުޅި ސިޓީ ވަނީ ހަލާކުކޮށް ސުންނާފަތިކޮށް ބިނާހަމަ ކޮށްލާފައެވެ.

ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރަން އަދިވެސް ފުރުސަތެއް ނުދެއެވެ. އެންމެ އަސާސީ ތަކެތި ކަމަށްވާ ޓެންޓު އެތެރެކުރަންވެސް ފުރުސަތެއް ނުދެއެވެ. އދގެ ތަހްގީގު ޓީމަކަށްވެސް ޣައްޒާއަށް ދިއުމަށް ފުރުސަތެއް ނުދެއެވެ.

ނުވިތާކަށް، ޣައްޒާއަށް ވައިގެމަގުންނާއި، އެއްގަމުމަގުން އުދުވާނީ ހަމަލާތައްދީ މިހާރުވެސް ގެންދަނީ ކޮންމެ ދުވަހަކު އެތައް ބަޔަކު ޝަހީދު ކުރަމުންނެވެ. ކޮޅަށްހުރި ގެތަކާއި އިމާރާތްތައްވެސް ގެންދަނީ ބިމާހަމަކުރަމުންނެވެ.

މި ހުރިހާ ކަމެއްގެ ތަފްސީލް ހެކި ދެކުނު އެފްރިކާއިން ކޯޓަށް ހުށަހަޅާފައި ވެއެވެ. ޣައްޒާގެ އާބާދީގައި ހިމެނޭ މީހުންގެ ތެރެއިން މިހާތަނަށް ދިހައެއް އިންސައްތަ މީހުން ޝަހީދުކޮށް ނެތިކޮށްލާފައިވާކަންވެސް ލިއުންތަކުގައި ފާހަގަ ކޮށްފައި ވެއެވެ.

ދެކުނު އެފްރިކާއިން ހުށަހަޅާފައިވަނީ، އިސްތިއުމާރީ ދައުލަތުން ޣައްޒާގެ މުޅި އާބާދީ މަރައިހުސްކޮށް ޣައްޒާ އެކަށް ސުންނާފަތިކޮށް ފަލަސްތީނުގެ ނަސްލު ދުނިޔެއިން ފޮހެލައި ނެތިކޮށްލުމުގެ ކުރިން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގެ ކިބައިން އެދިފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވޭތުވެދިޔަ 48 ގަޑިއިރުތެރޭ ޣައްޒާއިން 9 މީހުން ޝަހީދު ކޮށްލައިފި

އިސްތިއުމާރީ ސިފައިން ހުޅަނގު އައްސޭރީގެ ޖެނީން ހިފައި، އާންމުން ރަށުންބޭރުކޮށްފި

ގާޒާ ސިޓީގެ ކެފޭއަކަށް އިސްތިއުމާރީ ސިފައިން ޓެރަރިސްޓު ހަމަލާއެއްދީ 6 މީހުން ޝަހީދުކޮށްލައިފި

ލުބުނާނުގެ ދެކުނު:

ލުބުނާނުގެ ދެކުނުގެ އަވަށްތަކަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި 11 މީހުން މަރުވެއްޖެ