ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޤައުމީ ސަލާމަތާގުޅޭ ދިރާސާކުރުމަށް އެމްއެންޔޫއާއި ފުލުހުންނާ ދެމެދު އެއްބަސްވުމެއް

STO_Ads
TTH_Ads
Maldivian_Ads
Advertisement

ޤައުމީ ސަލާމަތާ ގުޅޭ ދާއިރާތަކުން، ދިރާސާކުރުމާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ދިވެހި ފުލުހުންގެ ޚިދުމަތާއި ދެމެދު އެއްބަސްވުމެއް ޤާއިމުކޮށްފިއެވެ.

މިއެއްބަސްވުމާއެކު ސަލާމަތީ ކަންކަމާއި ގުޅޭ ގޮތުން ދިރާސާކުރުމާއި، އެދާއިރާގެ ޢިލްމު ކުރިއެރުވުމާއި، ސިޔާސަތުތައް އެކުލަވާލުމުގައި ދެފަރާތުން ގުޅިގެން މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ.

މިކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރ، ޑރ. ޢައިޝަތު ޝެހެނާޒް ވިދާޅުވީ، މި އެއްބަސްވުމާއެކު އެޔުނިވަރސިޓީގެ ސެންޓަރ ފޮރ ސެކިއުރިޓީ އެންޑް ސްޓްރެޓެޖިކް ސްޓަޑިސްއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ.

HajjCop_ads
Advertisement

“މީގެ މަޤްސަދަކީ، ޤައުމީ ސަލާމަތާއި ގުޅޭ މަސްލަހަތާއި ބެހޭގޮތުން ޤައުމީ ފެންވަރުގައި މަޢުލޫމާތު އިތުރުކޮށް، މިދާއިރާއިން ދިރަސާތައް ކުރިއެރުވުމާއި، ޤައުމީ މުވައްސަސާތަކާއި ގުޅިގެން، މަސައްކަތް ކުރުމާއެކު ދިރާސާތަކުގެ ހޯދުންތަކުގެ އަލީގައި މިދާއިރާގެ ސިޔާސަތުތައް އެކަށައެޅުމަށް މަގުފަހިކުރުން. އަދި ޤައުމީ ސަލާމަތާއި ބެހޭ މުވައްސަސާތަކާއެކު ދުރުރާސްތާގެ ގުޅުންތައް ބަދަހިކުރުމާއި، އެކުގައި މަސައްކަތްކުރުން.” ވައިސް ޗާންސެލަރ

މިރަސްމިއްޔާތުގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޢައިޝަތު ޝެހެނާޒްއެވެ. އަދި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، އަޙްމަދު ޢަބްދުލް ރަޙްމާނެވެ.

މި އެއްބަސްވުމުގެ ސަބަބުން، ޤައުމީ ފެންވަރުގައި ޤައުމީ ސަލާމަތާއި ގުޅުންހުރި ކަންކަމުގެ ޢިލްމާއި މަޢުލޫމާތު މުއްސަނދި ކުރެވި، އިސްތިރާޖީ މައްސަލަތައް ދެނެގަނެވި، އިދާރާތަކުގެ މެދުގައި ވަރުގަދަ ގުޅުމެއް އުފައްދާ، ދިރާސީ ހެކީގެ މައްޗަށް ސިޔާސަތުތައް ކަނޑައެޅުމަށް ބާރުއެޅިގެންދާނެކަމަށް ޤައުމީ ޔުނިވަރސިޓީން ވިދާޅުވެއެވެ.

ހަމައެހެންމެ ސެކިއުރިޓީ ރިސަރޗްގެ ދާއިރާއިން އެމްއެންޔޫގެ އެކަޑަމިކް މުވައްޒަފުނާއި ފުލުހުންނަށްވެސް ފެލޯޝިޕްގެ ފުރުސަތު ފަހިވެގެންދާނެކަމަށް އެ ޔުނިވަރސިޓީން ވިދާޅުވެއެވެ. މީގެއިން ދައްކުވައިދެނީ އެކި ދާއިރާތަކުން ދިރާސާކުރުމުގެ ދާއިރާއިން އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް ޤައުމީ ޔުނިވަރސިޓީން ކުރަމުންދާ މަސައްކަތްތައްކަމަށް ވިދާޅުވިއެވެ. ހަމަމިއާއެކު ޤައުމު ބިނާކުރުމުގައި އިދާރާތަކުން ކުރަމުންދާ މަސައްކަތުގައި އެޔުނިވަރސިޓީގެ ބައިވެރިވުންކަމަށް އެމްއެންޔޫއިން ވިދާޅުވެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Saeed

ތިން މިނިސްޓްރީ ރޯވި މައްސަލައިގެ މައުލޫމާތެއް ނޭނގޭ: ޔާމީން

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1 އިން ދެމީހުން ހައްޔަރުކޮށްފި

އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި

އައްޑޫ ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިން ހުޅުވައިފި