ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނައިބު ރައީސް ދޯހާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

vice president hussain
TTH_Ads
STO_Ads

ސެކަންޑް ވަރލްޑް ސަމިޓް ފޯ ސޯޝަލް ޑިވެލޮޕްމަންޓްގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުހައްމަދު ލަޠީފު، ޤަޠަރުގެ ދޯހާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

އެ ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ޝާމިލުކަމާއި، ހަމަހަމަކަމާއި، ވިލުންތެރިކަމުގެ ތަރަހައިގެ ތެރެއިން، ބައިނަލްއަޤުވާމީ ފެންވަރުގައި އިޖުތިމާޢީ ތަރައްޤީ ހޯދުމަށް މަސައްކަތްކުރުމުގެ އަޒުމުގެ މަތީ ދިވެހިރާއްޖެ ދެމިއޮންނާނޭކަމުގެ ޔަޤީންކަން ދެއްވައި ވާހަކަފުޅުދައްކަވާފައެވެ. އެވާހަކަފުޅުގައި އެމަނިކުފާނު ވަނީ، ޞިއްޙީ ދާއިރާ އާއި ތަޢުލީމީ ދާއިރާ ހަރުދަނާކުރުމަށާއި، ޢާންމު ޚިދުމަތްތައް ޑިޖިޓަލް ކުރުމަށާއި، މޫސުމީ ވިލުންތެރިކަން އިތުރުކުރުމަށް ދިވެހި ސަރުކާރުން ދޭ އަހުމިއްޔަތު ފާހަގަކުރައްވާފައެވެ.

މީގެއިތުރުން، ދަރަންޏަކީ ޤައުމުގެ ވިލުންތެރިކަން ބިނާކުރާ އާލާތަކަށް ހެދުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތަކަށް އަލިއަޅުއްވާލައްވައި، އިންސާނީ ތަރައްޤީއަށް ވުނަކުރުމުގެ ފުރުޞަތު ފަހިވާނޭފަދަ ގޮތަކަށް ދުނިޔޭގެ މާލީ ނިޒާމު އިޞްލާޙުކުރުމުގެ ބޭނުން އޮތް މިންވަރުގެ މައްޗަށް އެމަނިކުފާނު ވާހަކަފުޅުދެއްކެވިއެވެ. މީގެ އިތުރުން، އިޖުތިމާޢީ ތަރައްޤީގެ ލަނޑުދަނޑިއަށް ވާސިލުވުމަށް ދިވެހި ސަރުކާރުން ގެންގުޅޭ ވަށާޖެހޭ ސިޔާސަތުގެ ތެރެއިން، އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ޒުވާނުން ބާރުވެރިކުރުމާއި، އަންހެނުންގެ ބައިވެރިވުން ކަށަވަރުކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ކަންކަމުގައި ޝާމިލުކުރުމާއި، ޕެންޝަނާއި ސިއްޙީފަރުވާ އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

HajjCop_ads

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގެ ސަބަބުން، ބައިނަލްއަޤުވާމީ ގުޅުންތައް ދެމެހެއްޓުމަށާއި، އިޖުތިމާޢީ ޝާމިލުކަން ޤާއިމުކުރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީއަށް ވާސިލުވުމަށް ދިވެހިރާއްޖެއިން އިޚުލާޞްތެރިކަމާއެކު މަސައްކަތްކުރަމުންގެންދާނޭކަން ހާމަކޮށްދެއެވެ.

ސެކަންޑް ވަރލްޑް ސަމިޓް ފޯ ސޯޝަލް ޑިވެލޮޕްމަންޓް ކުރިއަށްގެންގޮސްފައިވަނީ މި ނޮވެންބަރު މަހުގެ 4 އިން 6 އަށް ޤަޠަރުގެ ދޯހާގައެވެ. ޤައުމުތަކުގެ އިސް ވެރީންނާއި، ބައިނަލްއަޤުވާމީ ޖަމާޢަތްތަކާއި، މަދަނީ ޖަމުޢިއްޔާތަކާއި، އަމިއްލަ ފަރާތްތަކުން ވަނީ، އެ ސަމިޓުގައި ބައިވެރިވެ ވަޑައިގެންފައެވެ. އަދި އެ ފަރާތްތަކުން ވަނީ، 2030 އެޖެންޑާ ފޯ ސޯޝަލް ޑިވެލޮޕްމަންޓާ އެއްގޮތްވާ ގޮތުގެ މަތީން، އިޖުތިމާޢީ ތަރައްޤީއަށް ވާސިލުވުމާއި، ފަޤީރުކަން ނައްތާލުމާއި، ޝާމިލު މުޖުތަމަޢުތައް ބިނާކުރުމާ ގުޅޭގޮތުން ބައިނަލްއަޤުވާމީ ފެންވަރުގައި މަސައްކަތްކުރަމުންގެންދިއުމުގެ އަޒުމު އާކުރައްވާފައެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

459744 de3819af d

ހަރުދަނާ އަދި މިނިވަން ގާނޫނު ހަދާ މަޖިލިސްތަކެއް ބިނާކުރުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރައްވައިފި

Q

އިގްތިޞާދަށް ހީނަރުކަން އަޔަސް ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާނެ: ނައިބު ރައީސް

Oo

އެމްޑީޕީ ކެންޑިޑޭޓުން އިންތިހާބުވެއްޖެނަމަ، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާނެ: ނައިބު ރައީސް

452867 14cbb8f2 9

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލްކުރުމުގެ ޤައުމީ މަގުޗާޓު ނައިބު ރައީސް އިފުތިތާހުކޮށްދެއްވައިފި