ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގަން އެއާ ސްޓޭޝަން ރަސްމީކޮށް ހުޅުވައިފި

B 202511050625511762349151.5845
STO_Ads
TTH_Ads
Advertisement

އައްޑޫ ސިޓީ ގަމުގައި ގާއިމްކޮށްފައިވާ “ގަން އެއާ ސްޓޭޝަން” ރަސްމީކޮށް ހުޅުވައިފިއެވެ.

އެ ސްޓޭޝަން ރަސްމީކޮށް ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތުގައި، އެމަނިކުފާނެވެ.

އެ ސްޓޭޝަންގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އެތަނުގައި 400 މީޓަރުގެ ޓެކްސީ ވޭ އަކާއި 100 މީޓަރުގެ އޭޕްރަންއަކާއި ޒަމާނީ ޓެކްނިކަލް ވަސީލަތްތައްވަނީ ގާއިމްކޮށްފައެވެ.

HajjCop_ads
Advertisement

ގަން އެއާ ސްޓޭޝަން ރަސްމީކޮށް މިއަދުވަނީ ހުޅުވާފަ. — (ފޮޓޯ/ ރައީސް އޮފީސް)

އަދި އެތަން ތަރައްގީކޮށްފައިވަނީ އެއާކޯގެ ޓީވީ 2 އެއާކްރާފްޓްތައް އުދުހުމަށް ހާއްސަ އެއާ ސްކޮޑްރަން ދޭއް އުދުހުމަށް ހާއްސަ ވައިގެ މަރުކަޒެއްގެ ގޮތުގައެވެ.

އެމްއެންޑީއެފްގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމުކޮށް، އެ އެއާ ސްޓޭޝަނުގެ ހިދުމަތް ފެށުމަށް ރައީސް ގަރާރަކުން އެންގެވީ މިމަހު 3ގައެވެ.

އެކަމާ ގުޅޭގޮތުން ރައީސް އޮފީހުން ބުނީ ދިވެހީންގެ ދީނާއި ދިވެހީންގެ މިނިވަންކަމާއި ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ ވައިގެ ސަރަހައްދާއި ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދު ބެލެހެއްޓުމަށާއި ރާއްޖޭގެ ސަރަހައްދުގައި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަންޖެހޭ އޮޕަރޭޝަންތައް ހިންގުމަށާއި ރެޔާއި ދުވާލު 24 ގަޑިއިރު ހުއްޓުމެއްނެތި ރާއްޖޭގެ ވައިގެ ސަރަހައްދު ދިފާއުކޮށް ބެލެހެއްޓުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި އަސްކަރިއްޔާއާ މަތިކުރެވިފައިވާ ޒިންމާއާއި ވާޖިބު އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށްޓަކައި ކަމަށެވެ.

މި ހިދުމަތާއެކު ރާއްޖޭގެ ވައިގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ގާއިމްކުރުމުގެ ގޮތުން އެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ހިންގަންޖެހޭ އެންމެހާ ވައިގެ އަސްކަރީ އޮޕަރޭޝަންތައް ހިންގާނެއެވެ.

 

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Raees muiz

އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގާ ޓެރިފް ކަނޑާލުމަކީ ސިނާއަތައް ލިބުނު ކުރިއެރުމެއް: ރައީސް

ފުވައްމުލަކުގެ ކުރީގެ އަތޮޅުވެރިޔާ ފާރޫޤް އަޙްމަދު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

މިއަދަކީ ބަނަލްއަޤްވާމީ އާއިލާތަކުގެ ދުވަސް

Raees Muizzu

ސަރުކާރު ވެގެންދާނީ އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ސަރުކާރަށް: ރައީސް