ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަމްދާނީގެ ސަޕޯޓަރުން މަގުތަކަށް ނުކުމެ އުފާފާޅުކުރަން ފަށައިފި

މަމްދާނީގެ ސަޕޯޓަރުން:
TTH_Ads
Maldivian_Ads
STO_Ads
Advertisement

ނިއުޔޯކް ސިޓީގެ މޭޔަރުކަމުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ޒޮހްރާން މަމްދާނީގެ ސަޕޯޓަރުން މަގުތަކަށް ނުކުމެ އުފާފާޅުކުރަން ފަށައިފިއެވެ.

އެގޮތުން، ބްރޫކްލީންގައި ހުންނަ މަމްދާނީގެ ކެމްޕެއިން ހެޑްކުއާޓަރު ކައިރިއަށް އެތައްހާސް ބަޔަކު ޖަމާވަމުން އެބަދެއެވެ.

ސަޕޯޓަރުން މިހާރު އިންތިޒާރު ކުރަމުންގެންދަނީ މަމްދާނީ އިންތިޚާބުގެ ކާމިޔާބީގެ ތަގްރީރު ދެއްވާނެ ވަގުތަކަށެވެ.

HajjCop_ads
Advertisement

އިންތިޚާބުގެ ކަންކަން ދިޔައީ ވަރަށް ވާދަވެރި ގޮތެއްގައި ކަމުންނާއި، ރައީސް ޓްރަމްޕާއި ވެރިކަންކުރާ ޕާޓީން މަމްދާނީއާ ދެކޮޅަށް ކުރި މަސައްކަތްތަކުގެ ސަބަބުން، މޭޔަރުކަމުގެ އިންތިޚާބުން ލިބުނު ކާމިޔާބީ އެންމެން ސިފަ ކުރަނީ ވަރަށް ބޮޑު ކަމެއްގެ ގޮތުގައެވެ.

ވަރަށް ތާރީޚީ ކާމިޔާބީއެއްގެ ގޮތުގައެވެ.

ގިނަ ބަޔަކު ފާހަގަ ކުރައްވަނީ މަމްދާނީ ކެމްޕެއިން ކުރެއްވި ގޮތެވެ.

ޒޮހްރާން މަމްދާނީ އިންތިޚާބަށް ނުކުމެވަޑައި ގެންނެވިއިރު، އޭނާއަކީ ނިއުޔޯކް ސިޓީއަށް ނިސްބަތްވާ ގާނޫނުހަދާ މަޖިލީހުގެ ޖޫނިއަރ މެމްބަރެކެވެ. ސިޔާސީގޮތުން ފުންނާބުއުސް މީހުންނާ އަޅާކިޔޭވަރު ބޭފުޅެއް ނޫނެވެ.

ނަމަވެސް، އެހެން ކެންޑިޑޭޓުންނާ ޚިލާފަށް ކެމްޕެއިންގައި މަމްދާނީ ސިދާ ވަޑައިގެންނެވީ ރައްޔިތުންގެ ގާތަށެވެ. ރައްޔިތުންގެ ގާތަށް ވަޑައިގެން ސީދާ ރައްޔިތުންގެ އަޑު އެއްސެވިއެވެ. ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވިއެވެ.

ނިއުޔޯކް ސިޓީގައި މަމްދާނީ ނުހިންގަވާ މަގެއް ނެތްކަމަށް ވެއެވެ.

ތަރުޖިބާކާރުން ވިދާޅުވަމުން ގެންދަވަނީ، މަމްދާނީ މި ހޯއްދެވި ކާމިޔާބީގެ ސަބަބުން އިދިކޮޅު ޑިމޮކްރެޓިކް ޕާޓީ ކޮޅަށް ޖެހުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ވަރަށް ބޮޑު ހިތްވަރެއް ލިބި އުންމީދު އާވެވެގެން ދިޔައީއެވެ.

އިއްޔެ ބޭއްވި ނިއު ޖާރޒީ ސްޓޭޓްގެ ގަވަރުނަރުގެ އިންތިޚާބުވެސް ކާމިޔާބު ކުރައްވާފައިވަނީ ޑިމޮކްރަޓިކް ކެންޑިޑޭޓް މިކީ ޝެރިލްއެވެ.

ފްލޮރިޑާގެ މަޔާމީ ސިޓީގެ މޭޔަރުކަމުގެ އިންތިޚާބުގައި އެންމެ ވާދަވެރި ޑިމޮކްރަޓިކް ކެންޑިޑޭޓް އެއިލީން ހިގިންސްއާއި، ރިޕަބްލިކަން ކެންޑިޑޭޓް އެމީލިއޯ ގޮންޒާލޭޒްއަށްވެސް އިންތިޚާބު ކާމިޔާބު ކުރެވޭ މިންވަރަށް ވޯޓު ލިބިވަޑައި ނުގަތުމުން އެދެ ބޭފުޅުންގެ ދެމެދުގައި ދެވަނަ ބުރެއްގެ ވޯޓު، ޑިސެމްބަރު 9 ގައި ބޭއްވުމަށް މިހާރުވަނީ ނިންމާފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާ ރައްޔިތުން ސައުދީ އަރަބިއްޔާއަށް ދަތުރުކުރާނަމަ އަލުން ވިސްނުމަށް އެމެރިކާއިން އަންގައިފި

ހަކަތައާ ގުޅުންހުރި ތަންތަނަށް ހަމަލާނުދޭން ޔޫކްރެއިނާއި ރަޝިޔާ އެއްބަސްވެއްޖެ

އީރާނުން ގަލްފްގެ ގައުމުތަކާ ބައްދަލުކުރިޔަސް ފަރުވާލެއް ނެތް: އެމެރިކާގެ ރައީސް

ވިޔަފާރި އުޅަނދަށް އެމެރިކާއިން ދިން ހަމަލާ އީރާނުން ވަރަށް ބޮޑަށް ކުށްވެރިކޮށްފި، ހަމަލާގައި އެކަކު މަރުވި