ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނިއުޔޯކް ސިޓީގެ މޭޔަރުކަމުގެ އިންތިޚާބު ޒޮހްރާން މަމްދާނީ ކާމިޔާބު ކުރައްވައިފި

ޒޮހްރާން މަމްދާނީ: ނިއުޔޯކް ސިޓީގެ ފުރަތަމަ މުސްލިމް މޭޔަރު
TTH_Ads
STO_Ads
Advertisement

އެމެރިކާގެ ނިއުޔޯކް ސިޓީގެ މޭޔަރުކަމުގެ ވާދަވެރި އިންތިޚާބު، އަމިއްލަގޮތުން ވާދަކުރެއްވި އެންޑްރޫ ކޮއޯމޯއާއި، ވެރިކަންކުރާ ރިޕަބްލިކަން ޕާޓީން ވާދަކުރެއްވި ކާރޓިސް ސްލިވާ ބަލިކުރައްވައި ޒޮހްރާން މަމްދާނީ ކާމިޔާބު ކުރައްވައިފި ކަމަށް، އެސޯސިއޭޓެޑް ޕްރެސްއާއި، ފޮކްސް ނިއުސްއާއި، އެންބީސީގެ ލަފާކުރުންތަކުން ދައްކައިފިއެވެ.

މިއާއެކު، މަމްދާނީ އިންތިޚާބު ކާމިޔާބު ކުރައްވައިފިކަން ގާތްގަނޑަކަށް މިވަނީ ކަށަވަރުވެފައެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާތައް އިއުލާން ކުރަން ފެށުމާއެކު، ވެރިކަންކުރާ ޕާޓީން ވާދަކުރައްވާ ކާރޓިސް ސްލިވާ ވަނީ އިންތިޚާބުގެ ބަލި ގަބޫލުކުރައްވާފައެވެ. އަދި މަމްދާނީއަށް މަރްހަބާ ވިދާޅުވެފައެވެ.

HajjCop_ads
Advertisement

އިދިކޮޅު ޑިމޮކްރަޓިކް ޕާޓީގެ ޕްރައިމެރީން ބަލިވުމުން އަމިއްލަގޮތުން ވާދަކުރެއްވި އެންޑްރޫ ކުއޯމޯ އަދި ބަލި ގަބޫލެއް ނުކުރައްވައެވެ.

ކުއޯމޯ އިއްޔެވެސް ވަނީ މަމްދާނީއަކީ ހަރުކަށި ފިކުރުގެ މީހެއް ކަމަށާއި، އޭނާ މަގާމަށް އަތުވެއްޖެނަމަ ނިއުޔޯކް ސިޓީ ހަލާކުކޮށްލާނެ ކަމަށް ބުނެ ވެރިކަންކުރާ ރިޕަބްލިކަން ޕާޓީގެ މެމްބަރުން ވެސް ނުކުމެ މަމްދާނީ ބަލިކުރުމަށް ގޮވާލާފައެވެ.

އުމުރުފުޅުން 34 އަހަރުގެ ޒޮހްރާން މަމްދާނީ ވެވަޑައި ގަންނަވާނީ އެމެރިކާގެ އެންމެ ބައިބޯ ނިއުޔޯކް ސިޓީގެ ފުރަތަމަ މުސްލިމް މޭޔަރަށެވެ.

ޒޮހްރާން މަމްދާނީއަށް ނިއުޔޯކް ސިޓީގެ ރައްޔިތުން އެހާ ބޮޑު ތާއީދެއްދީ، އޭނާގެ ކެމްޕެއިންގައި ވެސް މީހުން ބައިވެރިވާން ފެށީ އެނާގެ ޕްލާނަށް ތާއީދުކުރާތީއެވެ.

އެހެން ކެންޑިޑޭޓުންނާ ޚިލާފަށް މަމްދާނީ ހުށަހެޅި ކަންކަމުގެ ތެރޭގައި، ޗައިލްޑްކެއަރ، ބަހުގެ ޚިދުމަތް، ދަތުރުފަތުރު ހިލޭ ފޯރުކޮށްދިނުމާއި، ކުލީގެ މައްސަލަ ހައްލުކުރުމެވެ.

އިންތިޚާބުގެ ރަސްމީ މޭރުމަކުން ސޯޝަލް މީޑިއާގައި ވީޑިއޯއެއް ޕޯސްޓެއް ކުރައްވާފައެވެ. ވީޑިއޯގައި ވިދާޅުވަނީ އޭނާގެ މަންޒިލަކީ ސިޓީ ހޯލް ކަމަށެވެ.

ސަޕޯޓަރުންނާ މުޚާތަބު ކުރައްވައި މަމްދާނީ ކާމިޔާބީ އިއުލާން ކުރައްވާނީ ސިޓީ ހޯލް ސަރަހައްދުގައި ކަމަށް ވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވަނީ، ނިއުޔޯކް ސިޓީގެ ރައްޔިތުން މަމްދާނީ މޭޔަރަކަށް އިންތިޚާބު ކޮށްފިނަމަ މަރުކަޒީ ސަރުކާރުން އެ ސިޓީއަށްދޭ ފަންޑު ހުއްޓުވާނެ ކަމަށް އިންޒާރު ކުރައްވާފައެވެ.

ރައްދުގައި މަމްދާނީ ވިދާޅުވީ، އެއީ އެމެރިކާގެ ރައީސްގެ އިންޒާރުތައް ކަމަށާއި، މޭޔަރުގެ ހައިސިއްޔަތުން އޭނާ މަސައްކަތް ކުރައްވާނީ  ގާނޫނީގޮތުން އެކަން ހުއްޓުވިދާނެތޯ ބަލައި އެކަމާ ދެކޮޅަށް ކަމަށެވެ. ޓްރަމްޕާ  ކުރިމަތިލާން ތައްޔާރަށް ހުންނެވި ކަމަށްވެސް މަމްދާނީ ވިދާޅުވިއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާ ރައްޔިތުން އަވަހަށް ފުރުމަށް އިރުޝާދުދީ، އިތުރު މީހުން މެދުއިރުމައްޗަށް ނައުމަށް އަންގައި އިންޒާރުކޮށްފި

އީރާނަށް ދެން ހަމަލާދިނުމަކީ އެމެރިކާއިން ކުރާނެ އެންމެ މޮޔަ ކަންތައް، ރައްދުދިނުމުގެ ޕްލޭނަށް މިތިބީ ތައްޔާރަށް: އިންގިލާބީ ލަޝްކަރު

ހަމަލާތައް ހުއްޓާލައި އިސްތިއުމާރީ ސިފައިން ޣައްޒާއިން ނުފައިބާނަމަ ހަތިޔާރެއް ނުބަހައްޓާނަން: ހަމާސް

އީރާނާ ދެކޮޅަށް ޓްރަމްޕް ފަށައިގެންއުޅޭ ހަނގުރާމަ ހުއްޓުވަން ހުށަހެޅުނު ގަރާރު ދިރާސާކުރަން ސެނޭޓް ތައްޔާރުވެއްޖެ