ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައްޔިތުން ބޭނުންވާ ގޮތަށް ހުޅުދޫ އާއި މީދޫ ވަކި ކައުންސިލްތައް އުފައްދަން ރައީސް ނިންމަވައިފި

raees muiz
STO_Ads
TTH_Ads
Advertisement

އައްޑޫ ސިޓީ ކައުންސިލް އުފެދިފައިވާގޮތަށް ބަދަލުތައް ގެނެސް، އެ އަތޮޅުގެ ހުޅުދޫއާއި މީދޫ އައްޑޫ ސިޓީން ވަކިކޮށް، ވަކި ކައުންސިލްތައް އުފައްދަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. އެމަނިކުފާނު މިގޮތަށް ނިންނެވީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން އިޞްލާޙުކުރުމާ ގުޅޭގޮތުން ނެރުއްވި ޤަރާރަކުންނެވެ.

ހުޅުދޫއާއި މީދޫގެ ގިނަބައެއްގެ ޝަކުވާތަކާ ގުޅިގެން މިދިޔަ މަހުގެ 25ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރެއްގެ ދަށުން އެ ދެ ރަށުގައި ވަކި ކައުންސިލްތައް އުފެއްދުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ވަނީ ނަގާފައެވެ. އެ ވޯޓުގައި ބައިވެރިވި ރައްޔިތުންގެ އަޣުލަބިއްޔަތުން ނިންމީ އައްޑޫސިޓީއާ އިދާރީގޮތުން ވަކިވެ، ދެ ރަށުގައި ރަށު ކައުންސިލްތައް ގާއިމްކުރުމަށް ފެންނަ ކަމަށެވެ.

ރައްޔިތުންގެ މި ނިންމުމާއެކު ރައީސުލްޖުމްހޫރިއްޔާ ހޯމަ ދުވަހު ނެރުއްވި ޤަރާރެއްގައި ވަނީ މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ “އައްޑޫ” އަކީ “އައްޑޫ ސިޓީ” ކަމުގައި ކަނޑައަޅުއްވައި، އެ ސިޓީގައި ހިމެނޭނީ އައްޑުއަތޮޅު ހިތަދޫއާއި މަރަދޫއާއި މަރަދޫފޭދޫ އަދި ފޭދޫ ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ. އަދި އެ އަތޮޅުގެ އިޙްތިސާސްގެ ބައެއްގެ ގޮތުގައި މިހާތަނަށް އޮތް ހުޅުދޫ އާއި މީދޫ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި އެމަނިކުފާނު ވަނީ ކަނޑައަޅުއްވާފައެވެ.

MMA_Ads
HajjCop_ads
Advertisement

މި އިޞްލާޙަށް ޢަމަލުކުރަން ފަށާނީ، ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެއްގައިކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައިވެއެވެ. އެހެންކަމުން އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫއަށް ކައުންސިލަރުން އައްޔަން ކުރާނީ ރަށު ކައުންސިލްތަކުގެ ގޮތުގައެވެ.

ރައީސްގެ މި ނިންވެމާއެކު ކައުންސިލް އިންތިޚާބާ ހަމައަށް ހުޅުދޫ އާއި މީދޫ އޮންނާނީ އައްޑޫ ސިޓީ ކައުންސިލްގެ ބައެއްގެ ގޮތުގައެވެ. މިހާރު އެ ކައުންސިލްގައި ހުޅުދޫ އަދި މީދޫ ތަމްސީލް ކުރައްވަނީ ދެ ކައުންސިލަރުންނެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ އަހަރުގެ މާރޗް މަހުގެ 28ވަނަ ދުވަހު ބޭއްވު އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. އެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އަންނަ އަހަރުގެ ޖެނުއަރީ މަހު ހުޅުވާލާނެ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mp Falah

ހިތަދޫ އުތުރަކީ 2028ގައި ޕީއެންސީގެ ކިއްލާއަކަށްވާނެ: ފަލާހު

އައްޑޫއަށްް ކަދުރު ރުކެއް 6،000 ރުފިޔާއަށްވުރެ ބޮޑު އަގުގައި ގަތީ ޕްލޭނެއް ނެތި

ގަދަ ވަޔާއެކު އައްޑޫ ސިޓީ ހިތަދޫގެ ދެ ގެއެއްގެ ފުރާޅު އެއްލާލައިފި

Raees muiz

އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގާ ޓެރިފް ކަނޑާލުމަކީ ސިނާއަތައް ލިބުނު ކުރިއެރުމެއް: ރައީސް