ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބަނގުރަލާއެކު ހައްޔަރުކުރި ފުލުހަކު ވަޒީފާއިން ވަކިކުރަނީ

Dd
Maldivian_Ads
STO_Ads
TTH_Ads
Advertisement

ބަނގުރަލާއެކު ތުލުސްދޫ ގެސްޓްހައުސް އަކުން ހައްޔަރުކުރި ހަތް މީހުންގެ ތެރޭގައި ފުލުހަކު ހިމެނޭތީ އޭނާ ވަޒީފާ އިން ވަކިކުރަން ލަފާދީފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ  ތުލުސްދޫ ގެސްޓްހައުސް އަކުން ހަތް މީހަކު ހައްޔަރުކުރީ އޮކްޓޯބަރު 17، ގައި ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާ ކަމަށް މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ ގެސްޓްހައުސް ބަލައިފާސްކުރުމުގެ ތެރޭގައި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 500 މިލި ލީޓަރުގެ ދެ ފުޅި އާއި ތައްޓެއް ފެނިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

HajjCop_ads
Advertisement

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ތިން ފިރިހެނުންނާއި 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ އަންހެނަކާއި 26 އަހަރުގެ އަންހެނަކާއި 20 އަހަރުގެ އަންހެނެކެވެ. މިއީ އެކަށްވެސް ދިވެހިންނެވެ. މީގެ ތެރެއިން ފުލުހަކީ، ކޮންސްޓަބަލް އައިމިނަތު މާޔާ ހުސެން ބަޝީރު އެވެ.

މި އެންމެންގެ ކުޑަކަމުދާތަކެތި ޓެސްޓުކުރުމުން މަސްތުވާތަކެއްޗަށް ނެގަޓިވް ވެފައިވާ ކަމަށާއި އެ މީހުން ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑުން އޭނާގެ މައްސަލަ ބެލުމަށްފަހު ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ވަނީ އޭނާ މަގާމުން ވަކިކުރަން ލަފާދީފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކު ހޯދަން ފުލުހުން އިއުލާނުކޮށްފި

ހުޅުމާލެ ޓްރެފިކް ފުލުހުން “ސައިލެންޓް ޑްރިލް” އެއް ބާއްވައިފި

އެކްސިޑެންޓްވުމުން މަޑުނުކޮށް ދިޔަ މީހާ ހައްޔަރުކޮށްފި

ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި