ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން ފުލުހުންތަކެއް ސަސްޕެންޑުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރީ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން ކަމަށެވެ. މައްސަލަ ތަހުގީގު ކުރުމަށްފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން ހަތަރު ފުލުހުން ވަޒީފާއިން ވަކިކުރަން ލަފާ ދޭން އެ ބޯޑުން ނިންމި ކަމަށް އެ އިދާރާއިން ބުންޏެވެ.

އެއީ ށ. މިލަންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުންތަކެއްގެ އެކައުންޓަށް ގިނަ އަދަދަކަށް ފައިސާ ވަދެފައިވާ މައްސަލައެކެވެ.

އިޝްތިހާރު އިޝްތިހާރު

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އިތުރު ފުލުހުންތަކެއްގެ މައްސަލަ ބެލުމަށްފަހު ބައެއް ފުލުހުން ޑީމޯޓްކޮށްފައިވާ ކަމަށެވެ.