ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޮޑިޓަރ ޖެނެރަލް އޮފީހަށް އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 134.2 މިލިޔަން ރުފިޔާ

majilis
TTH_Ads
STO_Ads
Advertisement

އޮޑިޓަރ ޖެނެރަލް އޮފީހަށް އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 134.2 މިލިޔަން ރުފިޔާ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މަޖިލީހުން މިގޮތަށް ފާސްކުރީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 51 މެންބަރުންގެ އިއްތިފާޤުންނެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓާ ވަކިން މަޖިލީހަށް ހުށައަޅަންޖެހޭ ބަޖެޓެކެވެ. އެގޮތުން އެ އޮފީހުގެ ޚަރަދުތައް ތަފްސީލުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ ބަޖެޓު މަޖިލިހުން ފާސްކުރުމުން، އެ އަދަދު މާލީ ވުޒާރާއިން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނާނެއެވެ.

އެ އޮފީހުން މަޖިލީހަށް ހުށަހެޅުއްވީ އަންނަ އަހަރަށް 134،291،084 ރުފިޔާ (ސަތޭކަ ތިރީސް ހަތަރު މިލިޔަން ދެ ލައްކަ ނުވަހާސް އައްޑިހަ ހަތަރު ރުފިޔާ) ގެ ބަޖެޓެކެވެ. މިއީ މިއަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާއިރު 20 މިލިޔަން ރުފިޔާގެ އިތުރު ބަޖެޓެކެވެ.

HajjCop_ads
MMA_Ads
Advertisement

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އޮޑިޓް އޮފީހުން ވިދާޅުވީ އެގޮތަށް ހުށަހެޅުއްވީ އެކި ޑިޕާޓްމަންޓުތަކަށް ސީނިއަރ އޮޑިޓަރުން ނަގަންޖެހޭތީ ކަމަށާއި، މިހާރުވެސް 22 ޑިޕާޓްމަންޓެއްގެ ތެރެއިން ހަތް ޔުނިޓުގެ މަސައްކަތް ކުރަނީ ސީނިއަރ އޮޑިޓަރެއް ނެތި ކަމަށެވެ. އަދި މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އޮޑިޓް ފަންޑުގެ މުވައްޒަފުން ނޭޝަނަލް ޕޭ ފްރޭމްވަރކަށް ބަދަލުކޮށްފައިވާއިރު އެ މުވައްޒަފުންގެ މުސާރައަށްވެސް 9.1 މިލިޔަން ރުފިޔާ އިތުރުވެފައިވާކަމަށްވެސް އޮޑިޓު އޮފީހުން ކޮމިޓީގައި ވިދާޅުވިއެވެ.

މާލިއްޔަތު ކޮމިޓީން މި މައްސަލަ ދިރާސާކުރުމަށްފަހު ފާސްކުރީ އޮޑިޓް އޮފީހުން ހުށަހެޅުއްވި ގޮތަށް 134.2 މިލިޔަން ރުފިޔާގެ ބަޖެޓެއް އަންނަ އަހަރަށް އެ އޮފީހަށް ކަނޑައެޅުއްވުމަށެވެ. އެއީ ރިކަރަންޓު ޚަރަދާއި އޮފީސް ހިންގުމަށް ބޭނުންވާ ހަރުމުދާ ހޯދުމަށް ކުރާ ޚަރަދުގެ ގޮތުގައި ހޭދަވާނެ 92،791،084 ރުފިޔާ (ނުވަދިހަ ދެ މިލިޔަން ހަތްލައްކަ ނުވަދިހަ އެއްހާސް އައްޑިހަ ހަތަރު ރުފިޔާ) އާއި ޕީއެސްއައިޕީގެ ގޮތުގައި 41،500،00 ރުފިޔާ (ސާޅީސް އެއް މިލިޔަން ފަސްލައްކަ ރުފިޔާ) އެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން މި ބަޖެޓު ފާސްކޮށް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވައި އެ ކޮމިޓީގެ ނައިބު މުގައްރިރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވީ މިއީ ރާއްޖޭގެ ތާރީޚުގައިވެސް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފާސްކުރި އެންމެ ބޮޑު ބަޖެޓު ކަމަށެވެ. މީގެއިން ހާމަވެގެންދަނީ ސަރުކާރުން އޮޑިޓް އޮފީސް ރަނގަޅަށް ހިންގުމަށް އަދި ސަރުކާރުގެ އޮފީސްތައް އޮޑިޓް ކުރުމަށް ދެއްވާ އަހަމިއްޔަތު ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ އޮޑިޓް އޮފީހުގެ އައު އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ނިމޭނެ ކަމަށް ލަފާކުރައްވާ ކަމަށާއި އެއާއެކު ޖާގައިގެ ދަތިކަންވެސް ހައްލުވެގެންދާނެ ކަމަށެވެ.

“މިހާރަކު އޮޑިޓަރ ޖެނެރަލަކަށް އެއްވެސް ފުރުސަތެއް ނޯންނާނެ އޮޑިޓް ކުރުމުގައި އެ ބޭފުޅުން ބޭނުންވާ ބަޖެޓު ނެތިގެން، ފައިސާ ނެތިގެން، އޮފީސް އިމާރާތެއް ނެތިގެން، ދަތިވެގެން އެއްވެސް ކަމެއް ނުކުރެވުމަށް. އެހެންވީމަ އަޅުގަނޑު ދަންނަވަން އޮތީ ކުރިއަށް އޮތްތަނުގައި އޮޑިޓް ރިޕޯޓުތައް ވަރަށް ފުރިހަމަވެގެން ނުކުމެގެންދާނެއޭ،” މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރު ވިދާޅުވިއެވެ.

އަންނަ އަހަރަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓު އެ އޮފީހުން ހުށަހެޅި ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ވޯޓު ދެއްވި މެންބަރުންގެ އިއްތިފާގުންނެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

ޑިޖިޓަލް އައިޑެންޓިޓީގެ ބިލު މަޖިލީހަށް ހުށަހަޅައިފި

572775890 1240685271438106 2267383007224358556 n 1024x683

އައްޑޫ ސިޓީ ކައުންސިލުން އުސޫލާ ޚިލާފަށް ބޭރަށް ކުރި ދަތުރުތަކަށް 1.2 މިލިޔަން ރުފިޔާ ޚަަރަދުކުރި: އޮޑިޓް

majilis naib raees nazim

މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލަ އާދިއްތަ ދުވަހު

43

ޔުނިފޯމް އެޅި މުއައްސަސާތަކުގެ މުވައްޒަފުންނާ ގުޅޭ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ކޯޓަށް ހުށަހަޅަންޖެހޭގޮތް ހަދަނީ