ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަތޮޅު ކައުންސިލްތައް އުވާލުމުން އަންނަ އަހަރު ކައުންސިލްތަކަށްދޭ ބްލޮކް ގްރާންޓް ބޮޑުވާނެ: ރައީސް

STO_Ads
TTH_Ads
Advertisement

އަތޮޅު ކައުންސިލްތައް އުވާލުމުން، އަންނަ އަހަރު ރަށްރަށުގެ ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށްދޭ ބްލޮކް ގްރާން ކުރިއަށްވުރެ ބޮޑުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ކައުންސިލްތައް މާލީގޮތުން ބާރުވެރިކަން އިތުރުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ރަށްރަށުގެ ރަށު ކައުންސިލްތަކަށް ލިބިދޭންޖެހޭ މާލީ ބާރުވެރިކަން ކަށަވަރުކުރުމަށް އަންނަނީ އެކި މަސައްކަތް ކުރައްވަމުންނެވެ. މިގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ރަށު ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓް ކުރިއަށްވުރެ ބޮޑުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ވިދާޅުވެފައެވެ.

ށ. ބިލެތްފަހީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަތޮޅު ކައުންސިލްތައް އުވާލުމާއެކު އަންނަ އަހަރުން ފެށިގެން ބްލޮކް ގްރާންޓްގެ ގޮތުގައި ސިޓީ ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށް ލިބޭ އިންސައްތަ ބޮޑުވާނެކަމަށެވެ. ހަމައެއާއެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ދޭ ފައިސާގެ ޢަދަދުވެސް އިތުރުވާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

MMA_Ads
HajjCop_ads
Advertisement

“އަތޮޅު ކައުންސިލްތައް އަޅުގަނޑުމެން މިއުވާލަނީ، އުވާލީމަ ދެން ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް ބަޖެޓު ހަމަޖައްސާއިރު، ރަށު ކައުންސިލްތަކަށް މިހާރު ލިބޭ އިންސައްތަ އެބަ ބޮޑުކުރަން. ރަށްރަށުގެ ކައުންސިލްތަކަށް ލިބޭ ޢަދަދު ބޮޑުވާނޭ ނިސްބަތުން.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ކައުންސިލްތަކުގެ ބްލޮކް ގްރާންޓް 5 އިންސައްތައިން 10 އިންސައްތައަށް ބޮޑުވާނެކަމަށެވެ. ސަރުކާރުން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ގެންނަވާ ބަދަލުތަކާއެކު ރަށްރަށުގެ ކައުންސިލްތަކުން އޭގެ ފައިދާ އެންމެ ބޮޑުގޮތެއްގައި ރައްޔިތުންނަށް ކުރާނެ ފަދަ ގޮތަކަށް މަސައްކަތްކުރެއްވުމަށް އެމަނިކުފާނުވަނީ އެދިވަޑައިގަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނުގެ އެންމެ މުހިންމު މަޤްސަދަކީ ހަގީގީ މާނައިގައި ލާމަރުކަޒީ ނިޒާމު ބާރުވެރިކުރުވުންކަމަށެވެ. ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވުމަށް މީގެ ކުރިން ކައުންސިލްތަކުން މާލެއަށް ދަތުރުކުރާކުރުން ބަދަލުކޮށް، ސަރުކާރު ހިންގެވުމުގައި ތިއްބަވާ ބޭފުޅުން އަތޮޅުތަކުގެ ރައްޔިތުންގެ ގާތަށް ވަޑައިގަންނަވާނެގޮތަށް ނިޒާމު ހިންގުމަށް ގެނެވުނު ބަދަލުގެ ފައިދާ ކުރާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކައުންސިލްތަކުގެ މާލީ ބާރުވެރިކަން އިތުރުކުރުމަށް މުނިސިޕަލް މަސައްކަތްތަކަށް އާބާދީގެ ނިސްބަތުން މީގެކުރިން ދެމުންދިޔަ ބްލޮކްގްރާންޓަކީ ބިމުގެ ބޮޑުމިނަށް ބަލައިގެން ދޫކުރާ ބަޖެޓަކަށް ބަދަލުކުރައްވަން މިދިޔަ ސެޕްޓެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

MPL_Ads
MWSC_ads
Advertisement
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Raees muiz

އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގާ ޓެރިފް ކަނޑާލުމަކީ ސިނާއަތައް ލިބުނު ކުރިއެރުމެއް: ރައީސް

ފުވައްމުލަކުގެ ކުރީގެ އަތޮޅުވެރިޔާ ފާރޫޤް އަޙްމަދު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

މިއަދަކީ ބަނަލްއަޤްވާމީ އާއިލާތަކުގެ ދުވަސް

Raees Muizzu

ސަރުކާރު ވެގެންދާނީ އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ސަރުކާރަށް: ރައީސް