ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފެންފުށީ ދޯނި އެހެލާ ސަރަޙައްދު ތަރައްޤީކުރުން އެމްޓީސީސީއާ ހަވާލުކޮށްފި

TTH_Ads
STO_Ads

އދ. ފެންފުށީ ދޯނި އެހެލާ ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރޭކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި ސޮއުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ. މިގޮތުން މި އެއްބަސްވުމުގައި އިމާރާތް ކުރުމާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދުއެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ.

މި އެއްބަސްވުމުގެ ދަށުން ދޯނި އެހެލާ ސަރަޙައްދަށް 1.4 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި 398 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓެއް ޖެހުމާއި 232 މީޓަރުގެ ބޮޑުހިލައިގެ ދެ ގްރޮއިން ޖެހުމާއި 45 މީޓަރުގެ ބޮޑުހިލަ ބޭރުތޮއްޓެއް ލުމަށް ހަމަޖެހުން ހިމެނެއެވެ. މީގެ އިތުރުން ރިވެޓްމަންޓް ބެކްފިލްކުރުމާއި ގޮނޑުދޮށް ވެލިން މުއްސަނދިކުރުންވެސް މި މަޝްރޫޢުގައި ހިމެނެއެވެ.

HajjCop_ads

މި މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 47.9 މިލިޔަން ރުފިޔާއަށް 300 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފެންފުށި ފުޓްބޯޅަ ދަނޑުގައި ލަަައިޓް ހަރުކޮށް ފެންވަރު ރަނގަޅުކޮށްދޭނަން: ރައީސް

ފެންފުށީގައި ދުވާ ޓްރެކެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި

ފެންފުށި އައު މިސްކިތް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި