ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފެންފުށި ފުޓްބޯޅަ ދަނޑުގައި ލަަައިޓް ހަރުކޮށް ފެންވަރު ރަނގަޅުކޮށްދޭނަން: ރައީސް

TTH_Ads
STO_Ads

އދ. ފެންފުށި ފުޓްބޯޅަ ދަނޑުގައި ލައިޓް ހަރުކޮށް ފެންވަރު ރަނގަޅު ކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފެންފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ވަނީ ފުޓްބޯޅަ ދަނޑުގެ ވަށައިގެން ދުވާ ޓްރެކެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވާފައެވެ.

HajjCop_ads

ރައީސް ވިދާޅުވީ މި މަޝްރޫއު ނިމިގެންދާއިރު ފުޓްބޯޅަ ދަނޑުގައި ރޭގަނޑުވެސް ކުޅެވޭ ގޮތަށް ލައިޓް ހަރުކުރެވޭނެ ކަމަށެވެ. އަދި މި ސަރުކާރުން ވަނީ ފުޓްބޯޅަ ދަނޑުގައި ޓާފް އަޅައިދީފަކަން ރައީސް ފާހަގަކުރެއްވިއެވެ.

”ފުޓްބޯޅަ ދަނޑު ކަންތަކުގައި އަޅުގަނޑު ހަމަ ދަންނަވާލަން. އަޅުގަނޑުމެން މިހާރު ރަށްރަަށުގައި ދަނޑުތައް އެއީ ކޮންމެ ކުޅިވަރަކާއި ގުޅޭ ދަނޑެއްވިޔަސް ހަދާއިރު މި ހަދަނީ ރޭގަނޑު ލައިޓްވެސް ޖެހޭ ގޮތަށް. މިރަށުގައި އަޅުގަނޑުމެން މިއޮތީ މި ސަރުކާރުން ޓާފްގެ މަސައްކަތް ނިންމާފަ. މިއަދު މި ހަވާލުކުރީ ޓްރެކް. ޓްރެކްގެ މަސައްކަތް ނިމިގެންދާއިރުގައި ދަނޑުގައި ލައިޓްވެސް ހަރުކުރެވި ރޭގަނޑު ކުޅެވޭ ގޮތަށް ބަދަލުވެގެންދާނެ“ ރައީސް ވިދާޅުވިއެވެ.

ފެންފުށި ފުޓްބޯޅަ ދަނޑުގެ ވަށައިގެން ދުވާ ޓްރެކެއް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.

މި މަސައްކަތް ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުالله ރާފިޢުއާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢުދީ އާއި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފެންފުށީ ދޯނި އެހެލާ ސަރަޙައްދު ތަރައްޤީކުރުން އެމްޓީސީސީއާ ހަވާލުކޮށްފި

ފެންފުށީގައި ދުވާ ޓްރެކެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި

ފެންފުށި އައު މިސްކިތް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި