ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖެއާ ގާތް ޤައުމުތަކުގެ ފަތުރުވެރިން ގިނައިން ގެނައުމަށް މަސައްކަތް ކުރަންޖެހޭ: އަފީފް

chamapa afeef
STO_Ads
TTH_Ads
Advertisement

ބޭރުގެ ލޮޅުންތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މި ދާއިރާ ކުރިއެރުވުމަށްޓަކައި، ރާއްޖެއާ ގާތް ޤައުމުތަކުގެ ފަތުރުވެރިން ރާއްޖެއަށް ގިނައިން ގެނައުމަށް މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމެއްކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުވަރިޒަމް އިންޑަސްޓަރީ، (މަޓީ)ގެ ވައިސް ޗެއަރމެން ހުސެއިން އަފީފް ވިދާޅުވެއްޖެއެވެ.

އަފީފް މިހެން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމަށް 53 އަހަރު ފުރުމާ ގުޅިގެން ކުރިއަށްގެންދިޔަ “ޓޫރިޒަމް އެޓް 50 ޕްލަސް” ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުންނެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި “ޓޫރިޒަމް އެޓް 50 ޕްލަސް” ގެ ނަމުގައި ކުރިއަށްގެންދިޔަ ޕޮޑްކާސްޓެއްގައި، ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވަނީ ބޭރުގެ ކުއްލި ލޮޅުންތަކުން ރާއްޖެއަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް އެންމެ އެދެވޭ ގޮތަކީ ކޮބައިކަމާމެދު ސުވާލު ކުރައްވާފައެވެ.

HajjCop_ads
Advertisement

މި ސުވާލަށް ޖަވާބުދެއްވަމުން މަޓީގެ ވައިސް ޗެއަރމެން ޙުސައިން އަފީފް ވިދާޅުވީ، ދުނިޔޭގެ އެކި ހިސާބުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ދުރު މަންޒިލްތަކުގެ ފަތުރުވެރިންނަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި، ރާއްޖެއާ ކައިރި ސަރަޙައްދުތަކުގައިވާ ޤައުމުތަކުން ފަތުރުވެރިން ގެނައުމަށް އިތުރު މަސައްކަތްތަކެއް ކުރުން މުހިންމުކަމަށެވެ.
އަފީފް ވިދާޅުވީ، މިފަދަ ސްޓްރެޓެޖީއެއް ގެންގުޅުމުން، އެކިއެކި ސަބަބުތަކާ ހުރެ ފަތުރުވެރިކަމަށް ލޮޅުން އަރާ ޙާލަތްތަކުގައި، އެ ލޮޅުމުގެ ސަބަބުން ލިބޭނެ ގެއްލުން ކުޑަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މި ސިނާއަތް ކުރިއެރުވުމަށް މަގުފަހިވެގެންދާނެކަމަށެވެ.

“އަޅުގަނޑަށް ގަބޫލުކުރެވެނީ ކައިރީގެ މާކެޓްތަކުން ފުޓް ހޯލްޑް ބޯޑުކުރުން އަސްލު ވަަރަށް މުހިންމުކަމަށް. އެއީ ޔޫރަޕްގެ ހިސާބުގަ އެމީހުން ކޮންމެ ކަމެއް ކުރިޔަސް މިހިސާބުގަނޑުގައި އުޅޭ ގެސްޓުން އަޅުގަނޑުމެންނަށް ގެނެވޭނެ. އަޅުގަނޑު ގަބޫލުކުރަނީ އެއީ ވަރަށް މުހިންމުކަމެއް ކަމަަށް.” މަޓީގެ ވައިސް ޗެއަރމެން ހުސެއިން އަފީފް

މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ވަރުގަދަ ކުރުމަށާއި، ކޮންމެ ހާލަތެއްގައިވެސް ދެމިހުރެވޭނެ ގޮތަކަށް މި ސިނާއަތް ބައްޓަން ކުރުމަށްޓަކައި މުހިންމު ފިޔަވަޅެއް ކަމަށް އަފީފް ފާހަގަކުރެއްވިއެވެ.

މާޒީއަށް ބަލާއިރު، ބޭރުގެ ކުއްލި ލޮޅުންތަކުގެ ސަބަބުން ތަފާތު އެކި ދުވަސްވަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ނޭދެވޭ އަސަރުތަކެއް ވަނީ ކުރިމަތިވެފައެވެ. މިގޮތުން 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގެ ސަބަބުން ގިނަ ރިސޯޓުތަކަކަށް ލިބުނު ގެއްލުމާއެކު، ދިގު މުއްދަތަކަށް ފަތުރުވެރިންގެ ޒިޔާރަތްތައް މުޅިން ހުއްޓުމަކަށް އައެވެ.

މީގެއިތުރުން، 2008 ވަނަ އަހަރު ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވި ހީނަރުކަމުގެ ސަބަބުން، ފަތުރުވެރިންގެ ޚަރަދުކުރުން މަދުވެ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށްވެގެން ދިޔަކަން ފާހަގަކުރެވެއެވެ.

އެންމެ ފަހުން 2020 ވަނަ އަހަރު ފެތުރުނު ކޯވިޑް-19 ބަލިމަޑުކަމާ ގުޅިގެން ދުނިޔޭގެ އެކި ޤައުމުތައް ބަންދުވެ، ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ނިޒާމު ހުއްޓުމަކަށް އައި ހިނދު، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް މުޅިން ހުއްޓި، މި ދާއިރާއިން ލިބެމުންދިޔަ އާމްދަނީ މުޅިން ހުއްޓުމަކަށް އައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

މި އަހަރުގެ ފުރަތަމަ ހަތަރު މަހު ދައުލަތަށް ލިބުނު އާމްދަނީ އެއް ބިލިއަން ޑޮލަރަށް އަރައިފި

427519 3 fd51bf33174d10bcfe710558c713c2a4112656dc

ދެ އެއަރލައިނަކުން ޔޫރަޕްގެ 8 ސިޓީއަކާ ރާއްޖެ ގުޅުވާލަނީ

ފަތުރުވެރިންނަށް ވިސާ މުއްދަތު އިތުރުކުރުމުގައި ފަސޭހަތަކެއް!

tourist

ޓޫރިސްޓް ވިސާ ފަސޭހަކަމާއެކު އިތުރުކުރެވޭނެ ގޮތް ހަދައިފި