ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވިޒިޓް މޯލްޑިވްސްއިން ބާއްވާ ފަތުރުވެރިކަމުގެ މަހާސިންތާ ބުދަދުވަހު ބާއްވަން ތައްޔާރުވެއްޖެ

TTH_Ads
STO_Ads
Advertisement

ވިޒިޓް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ފަތުރުވެރިކަމުގެ މަހާސިންތާއެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

މި މަހާސިންތާ އޮންނާނީ ބުދަދުވަހުކަމަށް ވިޒިޓް މޯލްޑިވްސްއިން ވިދާޅުވެއެވެ.

“ދަ ފިއުޗާ ޝޭޕާސް ވޯކްޝޮޕް”ގެ ނަމުގައި، ބުދަދުވަހު ކުރިޔަށް ގެންދާ މި މަހާސިންތާއަކީ، އަންނައަހަރު ފަތުރުވެރިކަން އިސްތިހާރުކުރުމާއި ޕްރޮމޯޓްކުރުމަށް ކުރާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް، ހިޔާލު ބަދަލުކުރުމަށް، ދާއިރާގެ ސްޓޭކް ހޯލްޑަރުންނާއި، މަސައްކަތްތެރީންނާއި، މީޑިއާގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާ މަހާސިންތާއެކެވެ.

MMA_Ads
HajjCop_ads
Advertisement

ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ އެއްބާރުލުމާއެކު ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބާއްވާ، ފަތުރުވެރިކަމުގެ މަހާސިންތާ 2025ގައި ހަރުދަނާ ހިޔާލުތައް ބަދަލުކުރެވި، ގުޅުން ވަރުގަދަކުރުމަށްޓަކާ ތަފާތު ސެގްމެންޓުތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި، ބިނާކުރަނިވި ޕްރެޒެންޓޭޝަންތައް ހުށަހަޅައިދިނުމާއި، ޕެނަލް ޑިސްކަޝަންތަކާއި، ސާވޭތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މަހާސިންތާގެ ތެރެއިން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން އަންނައަހަރަށް އެކުލަވައިލާފައިވާ ޑެސްޓިނޭޝަން މާކެޓިންގ ޕްލޭން ހުށަހެޅުމަށް ވަނީ ނިންމާފައެވެ. މި ޕްލޭންގެ ތެރެއިން “އޯޝަން ނޭޝަން” ސްޓްރެޓަޖީގެ ދަށުން ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތައް ހާމަކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާގެ ލީޑަރުންނާއެކު ލަގްޒަރީ ޓޫރިޒަމް، ސުޕަރ ޔޮޓް އަދި ބޯޓިންގ ޓޫރިޒަމް، އަދި ގެސްޓްހައުސް އަދި އަތޮޅު ޓޫރިޒަމް ފަދަ ޚާއްޞަ ފަތުރުވެރިކަމުގެ ބައިތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، އީޖާދީ ގޮތްތަކާއި މާކެޓް ފުޅާކުރުމުގެ ފުރުޞަތުތައް ހޯދުމަށް ވޯކިންގ ގްރޫޕް ސެޝަންތައް ބޭއްވުމަށާއި، އިންޑިއާ، ޗައިނާ، ރަޝިޔާ، ޖަރުމަން، ޔޫކޭ، އިޓަލީ، މެދުއިރުމަތި، އެމެރިކާ އަދި ފްރާންސް ފަދަ ރާއްޖޭއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުން ވެސް ކުރިއަށް ދާނެއެވެ.

މަހާސިންތާ ނިންމާލާނީ ކުރިއަށް އޮތްތަނުގައި ކުރަންޖެހޭ ކަންތައްތަކުގެ ރިޕޯޓެއް ތައްޔާރުކުރުމަށް ފަހުގައެވެ. މި މަހާސިންތާގެ އަލީގައި، އަންނައަހަރަށް މާކެޓިންގ ބްލޫޕްރިންޓެއް އެކުލަވާލުމަށް ވެސް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވަނީ ނިންމާފައެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ރާއްޖެ އިޝްތިހާރުކުރަން މުހިންމު އެމްއޯޔޫއެއްގައި ސޮއިކޮށްފި

WhatsApp Image 2026 04 26 at 19.31.46

ވިޒިޓް މޯލްޑިވްސް ބޯޑަށް 4 މެންބަރުން އައްޔަންކޮށްފި

ބެލްގްރޭޑް އެކްސްޕޯގައި ރާއްޖެއިން ބައިވެރިވަނީ

WhatsApp Image 2026 03 07 at 20.10.04

ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް އަރަމުންދާ ލޮޅުންތަކުގެ އަސަރު ކުޑަ ކުރުމަށް ފަތުރުވެރިކަމުގެ ސިނާޢަތް ގުޅިގެން ކުރިއަށް!