ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމަށް އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށްފަހު ގެއަށް ބަދަލުކޮށްފިއެވެ.

ގާސިމް އައިޖީއެމްއެޗްގައި އެޑްމިޓްކުރީ މިދިޔަ އަންގާރަ ދުވަހުއެވެ.

އުމުރުފުޅުން 74 އަހަރުފުޅުގައި ގާސިމް އެޑްމިޓްކޮށް ފަރުވާ ދޭން ފެށީ އަމިއްލަފުޅު ރިސޯޓް ސަން އައިލެންޑްގައި ހުންނަވަނިކޮށް ހާލުކޮޅު ދެރަވެގެންނެވެ.

އިޝްތިހާރު އިޝްތިހާރު

ގާސިމްގެ ގާތް ބޭފުޅަކު ވިދާޅުވީ އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުވެ މިހާރު ގެއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ގާސިމް އިބްރާހީމް ވަނީ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ އިތުރުން 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައެވެ.