ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވީއައިއޭގެ އާ ޓާމިނަލުން އިންޑިގޯއަށް ހިދުމަތް ދޭން ފަށައިފި

112
Maldivian_Ads
TTH_Ads
STO_Ads
Advertisement

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާފަސިންޖަރު ޓާމިނަލް އިން އިންޑިގޯއަށް ހިދުމަތް ދޭންފަށައިފިއެވެ.

ޓާމިނަލް 1 އިން އިންޑިގޯއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން, ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ފަސީހުއެވެ.

HajjCop_ads
Advertisement

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އަހުމަދު އަޝްފާން, އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް, އިންޑިއާ މޯލްޑިވްސްގެ ޗީފް ސެކިއުރިޓީ އޮފިސަރު އެންޑް އެއާޕޯޓް މެނޭޖަރު ނިކިލް ވަރްމާ އަދި އެމްއޭސީއެލް އާއި މޯލްޑިވްސް އިމިގްރޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްއޭސީއެލް އިން ބުނިގޮތުގައި، މިއަދުގެ ރަސްމިއްޔާތުގައި އިންޑިގޯގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 218 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ.

އަދި ޓާމިނަލްއަށް ކައިރި ކުރި އިންޑިގޯގެ ފުރަތަމަ މަތިންދާބޯޓު، 6E1127 އަށް މަރުހަބާ ކިއުމުގެ ގޮތުން ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި, އެ ފްލައިޓުން ރާއްޖެ އައި 229 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

އެމްއޭސީއެލުން ބުނީ، އިންޑިގޯއަކީ އިންޑިއާގެ އެންމެ ބޮޑު އަދި އޭޝިއާގެ ދެވަނައަށް އެންމެ ބޮޑު އެއާލައިން ކަމަށާއި، އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 15 ނޮވެމްބަރު 2018 ގައި ކަމަށެވެ.

އިންޑިގޯއަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި 8 ވަނަ އެއާލައިނެވެ. އަދި ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އިންޑިއާގެ ފުރަތަމަ އެއާލައިން ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

އެމްއޭސީއެލްއިން ބުނިގޮތުގައި، ޓާމިނަލް 1 އިން މިހާރު ހިދުމަތް ދޭ އެއާލައިންތަކަކީ މޯލްޑިވިއަންއެއާ އަރަބިއާބިއޯންޑްފިޓްސް އެއާ އަދި ބެއިޖިންގް ކެޕިޓަލް އެއާލައިންސް, ބަޓިކް އެއާ, ބެންކޮކް އެއާވޭސް އަދި އިންޑިގޯއެވެ.

އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށް އެކުންފުނިން ބުންޏެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމްއޭސީއެލްއާއި ވިލާ ހައި ސްކޫލާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ވޯލްޑް ޓްރެވަލް އެވޯޑުގެ އޮފިޝަލް އޭވިއޭޝަން ޕާޓްނަރަކަށް އެމްއޭސީއެލް ހަމަޖައްސައިފި

އޭވިއޭޝަން އިންސްޓިޓިއުޓްގެ ފުރަތަމަ ބެޗް ދަސްވެނިވެއްޖެ

velana airport

ވީއައިއޭ އާއި މާމަހި އެގްޒެކެޓިވް ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑަށް ނޮމިނޭޓްވެއްޖެ