ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބަންގްލަދޭޝްގެ ޑާކާގައި ކުރިއަށްދިޔަ އޭޝިއަން ޓޫރިޒަމް ފެއަރގައި ރާއްޖެ އިޝްތިހާރުކޮށްފި

STO_Ads
TTH_Ads
Maldivian_Ads
Advertisement

ބަންގްލަދޭޝްގެ ޑާކާގައި ކުރިއަށްދިޔަ އޭޝިއަން ޓޫރިޒަމް ފެއަރ (އޭޓީއެފް 2025) ގައި ރާއްޖެ އިޝްތިހާރުކޮށްފިއެވެ.

މި ފެއަރ ބާއްވާފައިވަނީ މިމަހުގެ 18 އިން 20 ގެ ނިޔަލަށެވެ. މި ފެއަރގައި ވިޒިޓް މޯލްޑިވްސްއިން ބައިވެރިވެ ރާއްޖެ އިޝްތިހާރުކޮށްފައިވަނީ އެ ގައުމުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ގުޅިގެންނެވެ.

މި ފެއަރގައި އޭޝިއާ ސަރަހައްދުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ކުންފުނިތަކާއި ހިއްސާދާރުންގެ އަދި ސަރުކާރުތަކުގެ މުވައްސަސާތަކުންނާއ،ި އޭޖެންސީތަކުން ބައިވެރިވިއެވެ. މި ފެއާ މެދުވެރިކޮށް ވިޔަފާރިތަކާއި ކުންފުނިތައް އަދި ސަރުކާރު މުވައްސަސާތަކުގެ މެދުގައި ގުޅުން ވަރުގަދަކުރުމާއ،ި އެކުގައި ކުރިއަށް ދެވޭނެ ގޮތްގޮތާ ގުޅޭގޮތުން މަޝްވަރާ ކުރުމުގެ ފަހި ފުރުސަތުތަކެއް ލިބިގެން ދިޔަކަމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.

HajjCop_ads
Advertisement

އޭޓީއެފް 2025ގެ މައިގަނޑު ހަރަކާތުގެ ގޮތުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ކުންފުނިތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއ،ި ކުންފުނިތަކާއި މުވައްސަސާތައް ގުޅުވައިދޭ ހާއްސަ އެގްޒިބިޝަނެއް ބޭއްވިއެވެ. އަދި އިތުރު އިވެންޓްތަކުގެ ގޮތުގައ،ި ގްރީން އިނިޝިއޭޓިވް ޝޯކޭސ،ް ކޮމިއުނިޓ-ީބޭސްޑް ޓޫރިޒަމް މާޓްސ،ް އަދި ފަތުރުވެރިކަމާއި ގުޅުންހުރި ކޮންވެންޝަންތަކާއި، ސެމިނާ، ވޯކްޝޮޕްގެ އިތުރުން އާދަކާދައާއި ސަގާފަތް ދައްކުވައިދޭ މިއުޒިކީ ހުށައެޅުންތައްވެސް ކުރިއަށްގެންދިޔައެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނީ މި ފެއާގައި ބައިވެރިވާ އެގްޒިބިޓަރުންނަށް އެފަރާތްތަކުގެ ވިޔަފާރިއާ ގުޅުންހުރި ޑިޖިޓަލް ބްރައުޗާތަކާއި ވީޑިއޯ އަދި އެހެނިހެން ޕްރޮމޯޝަނަލް މެޓީރިއަލް ބޭނުންކޮށް ވިޔަފާރިތަކުން ފޯރުކޮށްދޭ ހިދުމަތްތަކާއި ތަކެތީގެ މައުލޫމާތު ފެއާގެ ބައިވެރިންނަށް ހިއްސާކޮށްފައިވާކަމަށް ވިދާޅުވިއެވެ.

“އޭޓީއެފް 2025” ގައި ޓޫރިޒަމް ވިޔަފާރިތަކުން ފަތުރުވެރިންނަށް ހުރި ތަފާތު ޕްރޮޑަކްޓްތައް ދައްކާލައި އެފަރާތްތަކާއި މީޑިއާގެ ޕާޓްނަރުން ބައްދަލުކޮށް ގުޅުން ރަނގަޅުކުރުމަށް ފުރުސަތު ލިބިފައިވާކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވަނީ ވިދާޅުވެފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

B 202608211131291787337089.2823

ބަންގްލަދޭޝްގެ އާ ރައީސަށް، ރައީސް މަރުޙަބާ ވިދާޅުވެއްޖެ

988

ރާއްޖޭގައި ބަންގްލަދޭޝް މީހުންނަށް ވަޒީފާގެ އިތުރު ފުރުސަތުތައް ހޯދައިދިނުމަށް އެ ގައުމުން އެދިއްޖެ

Qw

ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ގިނަ އަދަދެއްގެ އަނބު ހަދިޔާކޮށްފި

Qw

ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި