ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ގާއިމުކޮށްފި

TTH_Ads
Maldivian_Ads
STO_Ads
Advertisement

ބޭންކް އޮފް މޯލްޑިވްސްއިން “މުޅި ރާއްޖެއަށް ބިއެމްއެލް އޭޓީއެމް” މަޝްރޫއުގެ ދަށުން ފ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ގާއިމުކޮށްފިއެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ.

އަތޮޅުތަކުގެ ރައްޔިތުން ބޭންކިންގެ ޚިދުމަތް ހޯދަން އެ އަތޮޅުގެ ވެރިރަށް ނުވަތަ އެކަމަށް ހާއްސަކުރެވިފައިވާ ރަށަކަށް ދިޔުންވެފައިވަނީ ބޮޑު ތަކުލީފަކަށެވެ. ރައްޔިތުން ދެކެމުންއައި ހުވަފެނަކީ އަމިއްލަ ރަށުގައި ތިބެގެން ބޭންކިންގެ ޚިދުމަތް ފަސޭހަކަމާއެކު ލިބޭނެ ދުވަހަކަށެވެ. ރައްޔިތުންގެ މި ތަކުލީފުތަކަށް ލުއި ހޯދައިދެއްވާ އަމިއްލަ ރަށުގައި ހުރެގެން ބޭންކިންގެ ޙިދުމަތް ހޯދާދެއްވާނެކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އެގޮތުން “މުޅި ރާއްޖޭގައި އޭޓީއެމް ޚިދުމަތް”ގެ ނަމުގައި މިދިޔަ އަހަރު ނޮވެންބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ހާއްސަ މަޝްރޫޢެއް ފަށްޓަވާފައެވެ.

HajjCop_ads
Advertisement

ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި މިހާރު ވަނީ އޭޓީއެމް ގާއިމްކޮށް ނިންމާފައެވެ. މިއީ ހުރިހައި ރަށެއްގައި އޭޓީއެމް ގާއިމްކުރި 13 ވަނަ އަތޮޅެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކޮށްފައިވާ އަތޮޅުތަކަކީ ފ. އަތޮޅު، ވ. އަތޮޅު، ގއ. އަތޮޅު، ގދ. އަތޮޅު، އއ. އަތޮޅު ހއ. އަތޮޅާއި، ހދ އަތޮޅު، ށ. އަތޮޅާއި ދ. އަތޮޅާއި ނ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ކ. އަދި ބ. އަތޮޅެވެ

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Bml

ރާއްޖޭން ބޭރުގެ އޭޓީއެމްތަކުން ފައިސާ ނަގާއިރު ނަގާ ކްރޮސް ބޯޑަރ ފީ ބީއެމްއެލުން ކަނޑާލައިފި

bml

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުން އޭޓީއެމް މެދުވެރިކޮށް ނަގާ ފައިސާއަށް ފީއެއް ދެން ނުނަގާނެ

bml

ކަސްޓަމަރުންގެ މައުލޫމާތު ހޯދުމަށް ސިޓީއެއް ނުފޮނުވާ: ބީއެމްއެލް

ހަންކެޑެ ތަރައްގީކުރާ ކުންފުނީގެ އެމްޑީއަކަށް ބީއެމްއެލްގެ ޒަމްރާ