ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސިއްޙީ ޚިދުމަތް ހުއްދަ ދީފައިވާ ތަންތަނުގެ މަޢުލޫމާތު ހިމެނޭ ޚާއްސަ ސޮފްޓްވެއަރ އިފްތިތާހުކޮށްފި

Maldivian_Ads
STO_Ads
TTH_Ads
Advertisement

ރާއްޖޭގައި ސިއްޙީ ޚިދުމަތްދޭ ތަންތަނާއި އެތަންތަނުގައި ދިނުމަށް ހުއްދަ ދީފައިވާ ސިއްޙީ ޚިދުމަތްތަކުގެ މަޢުލޫމާތު އެއްވިއުގައަކުން ބެލޭގޮތަށް، ޚާއްސަ ސޮފްޓްވެއަރ އިފްތިތާޙުކޮށްފިއެވެ. މިސޮފްޓްވެއަރ އިފްތިތާޙުކޮށްދެއްވީ، ދުނިޔޭގެ ބަލިމީހުންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ދުވަހުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުއެވެ.

ހެލްތު އެސްޓެބްލިޝް މެނޭޖްމަންޓް ސިސްޓަމް (ހެމްސް) އަކީ، ސިއްޙީ ޚިދުމަތްތަކާ ގުޅޭ ސައްޙަ މަޢުލޫމާތު ބަލިމީހުންނާއި ރައްޔިތުންނަށް ލިބޭނެ ނިޒާމެކެވެ. މި ސިސްޓަމްގައި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސިއްޙީ ޚިދުމަތްދޭ ތަންތަނާއި، އެތަންތަނުގައި މަސައްކަތްކުރާ ފަންނުވެރިންނަކީ ކޮބައިކަމާއި އެތަންތަނުގައި ދިނުމަށް ހުއްދަ ދީފައިވާ ސިއްޙީ ޚިދުމަތްތަކުގެ މަޢުލޫމާތު ބަލާލެވޭނެއެވެ. މިއީ ބަލިމީހުންގެ އިތުބާރު ސިއްޙީ ނިޒާމަށް ބޮޑުވެ، ބަލިމީހުންގެ ރައްކާތެރިކަމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެކެވެ.

ޕޭޝަންޓް ސޭފްޓީ ޑޭގެ ޖަލްސާގައިވަނީ ބައިނަލްއަޤްވާމީ ސިއްޙީ ޖަމްޢިއްޔާއެއްކަމަށްވާ ޖޮއިންޓް ކޮމިޝަން އިންޓަރނޭޝަނަލް ޖޭސީއައިގެ ޕޭޝަންޓް ސޭފްޓީ ޕާތްވޭ ރާއްޖޭގެ 3 ހޮސްޕިޓަލެއްގައި ޤާއިމުކުރުމަށްވެސް އިޢުލާނުކޮށްފައެވެ. މިއީ، ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ މިންގަނޑަށް، ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރާކަން ދެނެގަތުމުގެ ބެސްޓް ޕްރެކްޓިސްތައް ތަންފީޒުކުރޭކަން ކަށަވަރުކުރާ ނިޒާމެކެވެ. ސޭފްޓީ ޕާތްވޭ ޤާއިމުކުރާ 3 ހޮސްޕިޓަލަކީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ދަރުމަވަންތަ ހޮސްޕިޓަލް އަދި އައްއްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލެވެ.

HajjCop_ads
Advertisement

މީގެއިތުރުން “ޖޭސީއައި ޕޭޝަންޓް ސޭފްޓީ ޗެމްޕިއަންސް” ތަމްރީންކުރުމުގެ މަސައްކަތްވެސް ވަނީ އިފްތިތާޙުކޮށްފައެވެ. މިއީ ސިއްޙީ ނިޒާމުގައި ބަލިމީހުންނަށް ބޭނުންވާ އަޅާލުމާއި އޯގާތެރިކަމާއި އެމީހުންނަށް ދޭންޖެހޭ ރައްކާތެރިކަން ދޭކަން ކަށަވަރުކުރުމަށް މަސައްކަތްކުރުމަށް ކުރީ ސަފުގައި މަސައްކުރުމަށް ތަމްރީންކުރާ 7 ޗެމްޕިއަނުންނެވެ. މި ފަރާތްތައް މެދުވެރިކޮށް، މުޅި ރާއްޖޭގެ ހޮސްޕިޓަލްތަކާއި ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ މުވައްޒަފުން ތަމްރީންކުރާނެއެވެ.

މިފަހަރުގެ ޕޭޝަންޓް ސޭފްޓީ ޑޭގެ ޝިއާރަކީ، އަލަށް އުފަންވާ ކުދިންނާއި ކުޑަކުދިންނަށް ރައްކާތެރިކަމާ އަޅާލުން ފޯރުކޮށްދިނުމެވެ. މި ޝިއާރުގެދަށުން ޕެނަލް ޑިސްކަޝަނެއް ވަނީ ކުރިއަށްގެންގޮސްފައެވެ. މި ޕެނަލްގައި ވަނީ މާބަނޑު ދުވަސްވަރު ރައްކާތެރިވާންޖެހޭ ކަންތައްތަކާއި، އަލަށް އުފަންވާ ކުދިންނާއި ކުޑަކުދިންނަށް ސިއްޙީ ފަރުވާ ދިނުމުގައި ސަމާލުވާންވީ ކަންކަމާ ގުޅޭ މުހިންމު މަޢުލޫމާތުތައް ޕެނަލިސްޓުން ވަނީ ޙިއްސާކުރައްވާފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Saeed

ލަންކާގެ ސުވަސެވަނަ ހޮސްޕިޓަލުން ދިވެހި މެޑިކަލް ގްރެޖުއޭޓުންނަށް އިންޓާންޝިޕް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

Geealaa health minister

އިތުރު ތިން ރަށެއްގައި އެމްއާރްއައި، ހަތް ރަށެއްގައި ސީޓީ ސްކޭނުގެ ހިދުމަތް ތައާރަފުކުރަނީ

ހެލްތް މިނިސްޓްރީ އާއި ޔޫއެން އެސްކޭޕް ގުޅިގެން ފަންނީ މަސައްކަތު ބައްދަލުވުމެއް ފަށައިފި

ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ލ.އަތޮޅުގައި ފަށައިފި