ކުއްލި ޚަބަރު

އައްޑޫސިޓީ ހިތަދޫގައި “ސްކޫޕު” ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން އެދިއްޖެ

ޑޮލަރު ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

“ބޯހިޔާވަހިކަން އެންމެނަށް” ކުރިމަތިލުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ

ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތުގެ ޕާޓްނަރުންނާއެކު ސޮއިކޮށްފި

ސެޕްޓެމްބަރު މަހު 18 އިން 22 އަށް ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތުގެ ޕާޓްނަރުންނާއެކު ހޭންޑްބޯލް އެސޯސިއޭޝަނުން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ކުޅުދުއްފުށީގައި ބޭއްވި މި ރަސްމިއްޔާތުގައި ޖުމްލަ 8 ފަރާތަކުން މި މުބާރާތަށް ސްޕޮންސަރޝިޕް ފޯރުކޮށްދިނުމަށް އެއްބަސްވެފައިވެއެވެ. ހޭންޑްބޯލް އެސޯސިއޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެސޯސިއޭޝަންގެ ރައީސް އަލްފާޟިލް އަޙުމަދު މުޖުތަބާއެވެ.

މި މުބާރާތުގެ ޕާޓްނަރުންގެ ގޮތުގައި ސޮއިކުރި ފަރާތްތަކަކީ ކުޅުދުއްފުށި ސިޓީ ކައުންސިލް، ކުޅުދުއްފުށި ސިޓީ އެއާޕޯޓު، ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލް، ކުޅުދުއްފުށި ސިޓީ ޕޮލިސް، ފެނަކަ ކުޅުދުއްފުށީ ބްރާންޗު، ދިރާގު، މޯލްޑިވްސް އޯތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީ އަދި މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނެސް އެންޑް ރެކްރިއޭޝަންއެވެ.

ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތުގައި ދިވެހިރާއްޖޭގެ އިތުރުން ވާދަކުރާނީ އިންޑިއާ، ޕާކިސްތާނު، ސައުތު އެފްރިކާ، ބަންގްލަދޭޝް އަދި ސްރިލަންކާއެވެ. މުބާރާތް ފެށޭނީ ސެޕްޓެމްބަރު 18 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 5:30 ގައި ދިވެހިރާއްޖެ އާއި ސްރީލަންކާ ބައްދަލުކުރާ މެޗުންނެވެ.

އެ ދުވަހުގެ ރޭ 8 ޖަހާއިރު ބަންގަލަދޭޝް އާއި ސައުތު އެފްރިކާ ކުޅޭނެއިރު، ފުރަތަމަ ދުވަހުގެ މެޗްތައް ނިންމާލާނީ ރޭ 9 ޖަހާއިރު އިންޑިއާ އާއި ޕާކިސްތާނު ދެމެދު ބޭއްވޭ މެޗުންނެވެ. މި މުބާރާތަކީ ކުޅުދުއްފުށި ސިޓީގައި ބޭއްވޭ ބައިނަލްއަޤްވާމީ ފެންވަރުގެ މުހިންމު ކުޅިވަރު ހަރަކާތެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާގެ ބަންދަށް 7 ދުވަސް ޖަހައިފި

ކުޅުދުއްފުށި ސިޓީގައި ސިންތެޓިކް ރަނިންގ ޓްރެކެއް އަޅަން ހަވާލުކޮށްފި

އޭދަފުށިން ގޯލްޑަންގެ ޗެރިޓީ ޝީލްޑް އުފުލާލައިފި

ކޭމްޕަށް ޤައުމީ ފުޓްސަލް ޓީމު ޗައިނާއަށް

TTH_advertisement