ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕީއެސްއެމް އިން ކުޅުދުއްފުށީގައި މީޑިއާ ސްކިލްސް ވޯކްޝޮޕެއް ބާއްވަނީ

TTH_Ads
STO_Ads
Advertisement

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންދާ ބޭސިކް މީޑިއާ ސްކިލްސް ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ސެޕްޓެމްބަރ މަހު 24 އިން އޮކްޓޫބަރު މަހުގެ 3 އަށް ކުރިއަށްގެންދާ މި ވޯކްޝޮޕަކީ، ޕަބްލިކް ސާރވިސް މީޑިއާގެ ދަށުން ހިންގާ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން މީޑިއާގެ ދާއިރާއަށް މީހުން ބިނާކޮށް މިދާއިރާގައި މަސައްކަތްކުރާނެ މީހުން އުފެއްދުމަށް އަތޮޅުތެރެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ބޭސިކް މީޑިއާ ސްކިލްސް ވޯކްޝޮޕެކެވެ.

މި ވޯކްޝޮޕުގައި ބައިވެރިވުމަށް ހުޅުވާލަމުން ޕީއެސްއެމް އިން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މި ވޯކްޝޮޕްގައި ނޫސްވެރިކަމާއި، ކެމެރާކުރުމާއި، ވީޑިއޯ އެޑިޓްކުރުމުގެ އިތުރުން، ޚަބަރާއި ޕްރޮގްރާމް ހުށަހަޅައިދިނުމުގެ ދާއިރާއިން މީހުން ތަމްރީންކޮށް، އެ ދާއިރާތަކުން ކުރިއަށްދިއުމުގެ ފުރުޞަތު ފަހިކޮށްދެވޭނެކަމަށެވެ.

HajjCop_ads
Advertisement

މިގޮތުން، މި ބޭސިކް މީޑިއާ ސްކިލްސް ވޯކްޝޮޕްގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން މިސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ އިންސްޓިޓިއުޓްގެ އީމެއިލް، [email protected] އަށް އައިޑީކާޑުގެ ދެފުށުގެ ސާފު ކޮޕީ ނުވަތަ، https://forms.gle/kR1256jrgRcxQ2Cy8 އެޕްލިކޭޝަން ފޯމް މެދުވެރިކޮށް ރަޖިސްޓްރީވުމަށް އެދިފައިވެއެވެ.

މީގެ އިތުރުން ޕީއެސްއެމް އިން ވަނީ މި ވޯކްޝޮޕާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް އެމް.އެމް.އައިގެ ނަންބަރު، 3000340 އަށް ގުޅުމަށް އިލްތިމާސްކޮށްފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Passport

ހާލު ދެރަވެގެން ޕީއެސްއެމްގެ ކުޅިވަރު ނޫސްވެރިޔާ ސާއިދަށް އައިސީޔޫގައި ފަރުވާދޭން ފަށައިފި

4 Suspects b3de25b0ae

މަސްތުވާތަކެއްޗާއެކު ކުޅުދުއްފުށިން 4 މީހަކު ހައްޔަރުކޮށްފި

HOJGFv1awAEQtbz

ކުޅުދުއްފުށީގައި ޕިކްޕޯސްޓްގެ ޚިދުމަތް ފަށައިފި

ކުޅުދުއްފުށިގައި އޮޕަރޭޝަން ޑޮކްޓަރުންގެ ކޭމްޕެއް ފަށައިފި