ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނޭޕާލްގެ އައު ބޮޑުވަޒީރަށް ރައީސް ތަހުނިޔާ ފޮނުއްވައިފި

TTH_Ads
STO_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނޭޕާލްގެ އައު ބޮޑުވަޒީރު ސުޝިލާ ކާރްކީއަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، އެކަމަނާއަކީ ނޭޕާލްގެ ތާރީޚުގައި، ފުރަތަމަ ފަހަރަށް އައްޔަންކުރެވުނު އަންހެން ބޮޑުވަޒީރުކަން ފާހަގަކުރައްވައި، އެއީ މުހިންމު ކާމިޔާބީއެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި އެކަމަނާގެ ވެރިކަމުގައި ހާސިލުކުރައްވަން ބޭނުންފުޅުވާ ލަނޑުދަނޑިތަކަށް ވާޞިލުވުމުގައި، ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ އައު ބޮޑުވަޒީރަށް ކާމިޔާބީއާއި، ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ނޭޕާލްގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވަމުންނެވެ.

MMA_Ads
HajjCop_ads
Advertisement

އުމުރުން 73 އަހަރުގެ ކަރްކީއަކީ ނޭޕާލްގެ އުއްތަމަ ފަނޑިޔާރުގެ މަޤާމު ކުރިން ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި، އޭނާއަކީ އެ މަޤާމުގެ އިތުރުން ބޮޑުވަޒީރު ކަމުގެ މަޤާމާ ޙަވާލުވެ ވަޑައިގެންނެވި ފުރަތަމަ އަދި ހަމައެކަނި އަންހެން ބޭފުޅާއެވެ. ނޭޕާލްގައި އިންތިޤާލީ ސަރުކާރެއް އެކުލަވައިލަން ޖެހުނީ، ބޮޑުވަޒީރު ކަމުގެ މަޤާމު ފުރުއްވަމުން ގެންދެވި ކޭޕީ ޝަރްމާ އޮލީ އިސްތިޢުފާ ދެއްވުމާ އެކު، އޭނާގެ ސަރުކާރު ވެއްޓުމުންނެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބަނގުރަލުގެ މައްސަލައިގައި ނޭޕާލު ބަޔަކު ހައްޔަރަށް، ޑީޕޯޓުކުރަނީ

ނޭޕާލްގެ ތާރީޚުގައި ފުރަތަމަ އަންހެން ބޮޑުވަޒީރު ކަމަށް ސުޝިލާ ކާކީ އައްޔަން ކޮށްފި

66

ކޮންމެހެން ދާންޖެހިގެން ނޫނީ ނޭޕާލަށް ނުދިޔުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި

ރައީސް ނޭޕާލްގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި