ނޭޕާލްގައި ފެންބޮޑުވެ ބިންގަނޑުކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 788 އަށް އަރައިފިއެވެ.

ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާއިރު، އިތުރު ކޯރުތައް ބަންޑުވުމުގެ ބިރާއި އަދި ބިންގަނޑުކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގަމުންދާތީ، ރެސްކިއު މަސައްކަތްތަކަށްވެސް ދަނީ ހުރަސް އެޅެމުންނެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ނޭޕާލްގެ ސަލާމަތީ ބާރުތަކުން ގެންދަނީ އިސް ދައުރެއް އަދާކުރަމުންނެވެ.

އިޝްތިހާރު އިޝްތިހާރު

ހިމާލަޔަން އުސް ފަރުބަދައެއްގެމަތިން، މީގެ 5 ދުވަސްކުރިން 2،000 ފޫޓު ފުޅާ އައިސްފެންގަނޑެއް ނެއްޓި، 4،000 ފޫޓު ތިރިން ކޯރެއްގެ ތެރެއަށް ވެއްޓި  ޖެހުމާއެކު، ކޯރުގެ ފެންގަނޑު ޕްރެޝަރުގައި ބަންޑުންވެ، ހިލައާއި، އައިސްފެންގަނޑުތަކާއެކު ކިސަޑުގެ ސައިލު 200 ކިލޯމީޓަރު ދުރަށް ބާރު ސްޕީޑްގައި ފެތުރިގެންދިޔައެވެ.

އެތައްސަތޭކަ ގެއަކާއި، ބްރިޖްތަކާއި ހައިވޭތައް އޮޔާގޮސްފައި ވެއެވެ.

މިހާދިސާގައި މަރުވި މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާއިރު، ފެންބޮޑުވުމުގެ އަސަރުކުރި ނޭޕާލާއި ޓިބެޓުން 3،000 އަށްވުރެ ގިނަމީހުން އަދިވެސް ނުފެނެއެވެ.

މަރުވި އަދި ގެއްލިފައިވާ މީހުންގެ ތެރޭގައި އެތައް ގައުމަކަށް ނިސްބަތްވާ އެތައް ފަތުރުވެރީންވެސް ހިމެނެއެވެ.

ޓީމުތަކުން ގެންދަނީ ކިސަޑުތައް ކަހައި އަދި އިމާރާތްތަކުގެ ދަށުންވެސް މީހުން ފޭނޭތޯ މަސައްކަތް ކުރަމުންނެވެ.