ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމެރިކާއިން 3.6 މިލިޔަން ޑޮލަރުގެ އެހީ ނޭޕާލަށް ފޯރުކޮށްދިނުމަށް ނިންމައިފި

TTH_Ads
STO_Ads
Maldivian_Ads
Advertisement

ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ނޭޕާލަށް 3.6 މިލިޔަން އެމެރިކާ ޑޮލަރުގެ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާއިން ނިންމައިފިއެވެ. މި ކަން އިޢުލާނު ކުރަމުން އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ، އެހީގެ ތެރޭގައި ކާރިސާގައި ގެއްލުން ލިބުނު 10,000 ގޭބީސީއެއްގެ ޢާއިލާއަކަށް ތިން މަސްދުވަހުގެ މުއްދަތަށް ބޭނުންވާނެ ކާބޯތަކެތި ހިމެނޭ ކަމުގައެވެ. މިއީ، އެމެރިކާއިން ނޭޕާލުގެ ރައްޔިތުންނާއެކު ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން ދޭ އެހީއެއް ކަމުގައި ވެސް އެ ވުޒާރާއިން ބުނެއެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ، އެމެރިކާ ސަރުކާރުގެ އެންމެ މަތީ މަޞްލަޙަތަކީ، ނޭޕާލަށް ކުރިމަތިވި ކާރިސާގެ އަސަރުކޮށްފައިވާ އެމެރިކާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމުގައެވެ. މި ގޮތުން، ނޭޕާލުގައި ތިބި އެމެރިކާ ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި، އަދި ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން ދިނުމަށް ޓަކައި، ނެޕާލުގެ އިތުރުން ޗައިނާގައި ހުންނަ އެމެރިކާގެ ސަފާރާތަކުން އެ ޤައުމުތަކުގެ ސަރުކާރުތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމުގައި އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ.

ނޭޕާލްގައި ފެންބޮޑުވުމުގެ ނުރައްކާތެރި ހާދިސާ ހިނގާފައި ވަނީ، އޮގަސްޓު 26 ވަނަ ދުވަހު އެ ޤައުމުގެ ފަރުބަދަމަތީ ސަރަޙައްދަކުން ‘ގްލޭސިޔަރ’ އެއް ނުވަތަ ބޮޑު ގަނޑުފެން ގަނޑެއްގެ ބަޔެއް ކަނޑައިގެން ދިޔުމާ ގުޅިގެން، ހިމާލަޔާ ފަރުބަދައާ ގުޅިފައިވާ ކޯރުތަކުގެ ނިޒާމުގައި ކުއްލިއަކަށް ފެންބޮޑުވެ، ހިލައާއި، ގަނޑުފެނާއި، ކިސަޑު ފޭބުމުގެ ސަބަބުންނެވެ. މި ހާދިސާގައި ނޭޕާލާއި ޓިބެޓުން މަރުވި މީހުންގެ ޢަދަދު ވަނީ 675 އަށް އުފުލިފައެވެ. އަދި، 3,000 އެއްހާ މީހުން ގެއްލިފައިވާ ކަމުގައި ބެލެވޭއިރު، އެ މީހުން ހޯދުމަށް ނޭޕާލުގެ އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

HajjCop_ads
Advertisement

ނޭޕާލުގެ ކާރިސާތަކާ ބެހޭ އިދާރާއިން ބުނީ، ގެއްލިފައިވާ ކަމަށް ބެލެވޭ މީހުންގެ ތެރޭގައި ބޭރު ޤައުމުތަކަށް ނިސްބަތްވާ 589 މީހުން ހިމެނޭ ކަމުގައެވެ. އޭގެ ތެރޭގައި އެމެރިކާގެ ގާތްގަނޑަކަށް 100 މީހުން ހިމެނޭ ކަމުގައި ބެލެވެއެވެ. ގެއްލިފައިވާ މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު ސަލާމަތް ކުރެވިފައިވާއިރު، އޭގެ ތެރޭގައި ބޭރު ޤައުމުތަކުގެ 261 މީހުން ހިމެނޭ ކަމުގައި ނޭޕާލުގެ ފަތުރުވެރިކަމާ ބެހޭ ބޯޑުން ވަނީ ކަށަވަރު ކޮށްދީފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކުއްލި: އެމެރިކާއިން އީރާނަށް ވަރުގަދަ ހަމަލާތަކެއްދީފި، އިންގިލާބީ ލަޝްކަރުން ބަދަލުހިފަން ތައްޔާރުވަނީ

ފެންބޮޑުވެ ހިނގި ހާދިސާތަކުގައި ނޭޕާލުން މަރުވި މީހުންގެ އަދަދު 788 އަށް، 3،000 މީހުން ގެއްލިފައި

ފިޔަވަޅުތައް ހުސްވެ، މާލީގޮތުން އީރާނު އިނދަޖައްސާލަން އެމެރިކާއިން މަސައްކަތް ފަށައިފި

ނޭޕާލްގައި ބިންގަނޑުކަނޑައިގެންގޮސް މަރުވި މީހުންގެ އަދަދު 353 އަށް، 1،381 މީހުން ގެއްލިފައި