ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނިލަންދޫއިން ގެއްލިގެން ހޯދި އަންހެން ކުއްޖާ ފެނިއްޖެ، ހާލު ރަގަޅު

Faafu nilandhoo
STO_Ads

ފ. ނިލަންދޫއިން ގެއްލިގެން ރޭ އިރާކޮޅުން ފެށިގެން ހޯދަމުން ދިޔަ 14 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މި ކުއްޖާ ފެނިފައި ވަނީ ރޭ މެންދަމުން އަލިވެ 2:40 ހާއިރުއެވެ. އަދި ފެނުނުއިރު ކުއްޖާގެ ހާލު ރަނގަޅުކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ރޭގެ 22:15 ހާއިރުއެވެ. އެ ކުއްޖާގެ ޚަބަރެއް ނުވެގެން ހޯދަން ފެށީ، އިއްޔެގެ ހަވީރުން ފެށިގެން އާޢިލާއަށް ޚަބަރެއްވެފައި ނުވާތީކަމަށް އާޢިލާއިން ވަނީ ހާމަކޮށްފައެވެ.

Maldivian_Ads

އެހެންކަމުން، އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ ނިލަންދޫ ފުލުހުންނާއި، ރަށު ކައުންސިލާއި، ރައްޔިތުން ގުޅިގެންނެވެ.

މި މައްސަލައަކީ، ކުޑަކުއްޖަކާ ގުޅުންހުރި މައްސަލައަކަށް ވުމާއެކު، އެ ކުއްޖާއާ ގުޅޭ އިތުރު އެއްވެސް ތަފްޞީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ފ. ނިލަންދޫގައި އެފްއެސްއެމްގެ ފިއުލް ސްޓޭޝަނެއް ގާއިމްކޮށް ޚިދުމަތްދޭން ފަށައިފި

Oo

ފ. ނިލަންދޫގައި ހިނގި ގެވެށި އަނިޔާގެ މައްސަލައެއް ތަހުގީގު ކުރަނީ

ނިލަންދޫ އެއާޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި

112

ނިލަންދޫގައި ފިއުލް ސްޓޯރޭޖެއް ގާއިމުކުރުމަށް ހަވާލުކޮށްފި