ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތުރުކީއަށްވެސް ހަމަލާދޭން ޖެހިދާނެ ކަމަށް ބުނެ، އިސްރާއީލުގެ މިނިސްޓަރަކު އިންޒާރު ކޮށްފި

Eli
އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓްގައި ހިމެނޭ އެނަޖީ މިނިސްޓަރު އެލީ ކޮހެން މ
TTH_Ads
Maldivian_Ads
STO_Ads
Advertisement

ތުރުކީއަށްވެސް ހަމަލާ ދޭން ޖެހިދާނެ ކަމަށް ބުނެ، އިސްތިއުމާރީ އިސްރާއީލުގެ މިނިސްޓަރަކު އިންޒާރު ކޮށްފިއެވެ.

އެހެން ގައުމުތަކުގައި ދިރިއުޅޭ ހަމާސްގެ މެމްބަރުންނަށް އަމާޒުކޮށް ހަމަލާ ދޭނޭ ކަމަށް ބުނެ، އިސްރާއީލުގެ ކެބިނެޓް މިނިސްޓަރުން ތަކުރާރުކޮށް ގެންދަނީ އިންޒާރުތައް ދެމުންނެވެ.

މުޖުރިމު ނަތަންޔާހޫގެ ސެކިއުރިޓީ ކެބިނެޓްގައި ހިމެނޭ އެނަޖީ މިނިސްޓަރު އެލީ ކޮހެން މިއަދު  ބުނީ، ދުނިޔޭގެ އެއްވެސް ތަނެއްގައި ހަމާސްއަށް ސުލްހައިގައި ނިދިޔަކަ ނުދޭނޭ ކަމަށެވެ.

HajjCop_ads
Advertisement

ތުރުކީގެ އަންކާރާއާއި އިސްތަމްބޫލްގައި ހަމާސްގެ އިސްވެރިން ތިއްބަވާތީ، އެ ރަށްތަކަށްވެސް އިސްރާއީލުން ހަމަލާ ދީފާނެތޯ ސުވާލު ކުރުމުން ކޮހެން ބުނެފައިވަނީ “ދުނިޔޭގެ ކޮންމެ ތަނަކަށްވެސް” ހަމަލާ ދޭނޭ ކަމަށެވެ.

އިސްރާއީލަކީ، ދުނިޔޭގެ ކޮންމެތާކަށްވެސް ސީދާ އަމާޒަށް ވާސިލްވުމުގެ ގާބިލްކަން ލިބިފައިވާ ބައެއްކަން އިސްރާއީލުން ސާބިތުކޮށްދީފައިވާ ކަމަށް ކޮހެން ބުނެފައި ވެއެވެ.

ތުރުކީއަކީ ނޭޓޯގެ މެމްބަރު ގައުމެކެވެ.

އިސްރާއީލުގެ ވައިނެޓް ވެބްސައިޓަށް މައުލޫމާތު ދެމުން އެހެން މިނިސްޓަރެއް ކަމަށްވާ ޒިއީވް އެލްކިން ބުނެފައިވަނީ، އިސްރާއީލުން ހަމާސްގެ ފަހަތުން ގޮސް އެމީހުން ތިބި ކޮންމެ ތަނެއްގައި އެމީހުންނަށް ހަމަލާދޭނޭ ކަމަށެވެ.

އިސްރާއީލުގެ ފޮރިން މިނިސްޓަރާއި، ޑިފެންސް މިނިސްޓަރު އަދި މުޖުރިމު ނަތަންޔާހޫވެސް މީގެކުރިންވަނީ، އިތުރު ގައުމުތަކަށް ހަމަލާދޭނޭ ކަމުގެ އިންޒާރު ދީފައެވެ.

ގަތަރުގެ ވެރިރަށް ދޯހާއަށް ދިން ހަމަލާ ނާކާމިޔާބު ވެފައިވާތީ، ގަތަރަށް އަލުން ހަމަލާ ދޭނޭކަމުގެ އިންޒާރުތަކެއްވެސް އެމީހުން ދީފައި ވެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާ ނަސްލުނައްތާލުމުގައި ޖަރުމަނު ބައިވެރިވާ މައްސަލައިގެ އަޑުއެހުންތައް އައިސީޖޭގައި ފަށައިފި

އެއްފަހަރާ އެތައް ދިމާއަކުން އިސްރާއީލަށް ހަމަލާދޭން އީރާނު ތައްޔާރުވަމުންދާ ކަމަށް ތުހުމަތުކޮށްފި

ލުބުނާނުގެ ދެކުނުގެ ހޮސްޕިޓަލަކަށް ބޮންއެޅި މައްސަލަ ލުބުނާނުގެ ރައީސް ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފި

އެމެރިކާގެ ފެހި ސިގުނަލް ލިބުމާއެކު ޣައްޒާއިން “އެންމެން ބޭރުކުރަން” މިތިބީ ތައްޔާރަށް: އިސްރާއީލު