ސްޓޭޓް އިލެކްޓިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު ކަމުން މުހައްމަދު އާމިރު ވަކިކޮށް، އެ މަގަމަށް އާއިޝަތު މުޒްނާ އައްޔަނުކޮށްފިއެވެ.

މިކަން އިއުލާނުކޮށްފައިވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދުއެވެ.

ޕީސީބީން ވިދާޅުވީ، ސްޓެލްކޯގެ ބޯޑު މެމްބަރުގެ ގޮތުގައި ހުންނެވި ތ. ތިމަރަފުށި، ބޮޑުގެ، މުހައްމަދު އާމިރު އެ މަގާމުން ވަކިކޮށް، އެ މަގަމާމަށް މއ. ޑޯންޝައިން، އާއިޝަތު މުޒްނާ އައްޔަނުކޮށްފައިވާ ކަމަށެވެ.

މުޒްނާއަކީ ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރި ބޭފުޅެކެވެ.

އިޝްތިހާރު އިޝްތިހާރު

ސްޓެލްކޯގެ ބޯޑުން މިއަދު ވަކިކުރި އާމިރު އެ ބޯޑަށް އައްޔަނުކޮށްފައިވަނީ 2023 ވަނަ އަހަރުއެވެ. މުޒްނާ ޑީއެމްޑީގެ މަގާމަށް އައްޔަން ކޮށްފައިވަނީ 2023 ވަނަ އަހަރުއެވެ. އޭގެ ކުރިން އޭނާ ވަނީ އެ ކުންފުނީގެ ސެކްރެޓަރީގެ މަގާމާއި، ލީގަލް ޑިޕާޓްމެންޓުގެ ހެޑުގެ މަގާމާއި ބިއުރޯގެ ހެޑްކަން ވެސް ކުރައްވާފައެވެ.