ތ. މަޑިފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފިއެވެ.

އާރްޑީސީން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ވަނީ އެކަންހާމަކޮށްފައެވެ.

އާރްޑީސީން ކުރި އެކްސްގައި ކުރި ޕޯސްޓުގައި ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުން މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

އެގޮތުން މި އެއްބަސްވުމުގައި މިއަދު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި އެ ކުންފުންޏާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ޙަސަން ރަޝީދުއެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ.

މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަން ހަވާލުކޮށްފައި ވަނީ 730 ދުވަސްތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

އަދި  އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 82,938,294.36 އަށެވެ.

ރާއްޖޭގެ ގިނަ ރަށްތަކެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން އާރްޑީސީއާ ވަނީ ހަވާލުކުރެވިފައެވެ.