ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މުޒާހަރާތައް ހޫނުވެ، ނޭޕާލްގެ ބޮޑުވަޒީރާއި، އޭނާގެ ސަރުކާރު އިސްތިއުފާ ދީފި

ނޭޕާލްގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޯލީ،
TTH_Ads
STO_Ads
Advertisement

ނޭޕާލްގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޯލީ، މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ނޭޕާލްގެ ރައީސަށް ފޮނުއްވި ސިޓީއެއްގައި ބޮޑުވަޒީރު އޯލީ ވިދާޅުވެފައިވަނީ، އޭނާ މަގާމުން އިސްތިއުފާ ދެއްވީ، ނޭޕާލްގައި މިހާރު ފެށިފައިވާ ހަމަނުޖެހުންތަކަށް ސިޔާސީ ހައްލެއް  ހޯދުމަށް މަގުފަހި ކުރުމުގެ ގޮތުން ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ނޭޕާލް ސިފައިން މިހާރު ދަނީ، ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުންނަށް ހިމާޔަތްދީ، ރައްކާތެރި ހިސާބުތަކަށް ގެންދަމުންނެވެ.

MMA_Ads
HajjCop_ads
Advertisement

އެއީ، ރުޅިއައިސްފައިވާ އާންމުން މަގުތަކަށް ނުކުމެ، ކެބިނެޓް މިނިސްޓަރުންގެ އޮފީސްތަކާއި، ގެތަކުގައިވެސް ހުޅުޖަހައި އަންދަމުން ގެންދާތީއެވެ.

މުޒާހަރާ ކުރާ މީހުންގެ އަދަދު އިތުރުވެ، މިއަދުވަނީ ކަތުމަންޑޫގައި ހުންނަ ނޭޕާލް ޕާލަމެންޓް އިމާރާތުގައިވެސް ހުޅުޖަހާފައެވެ. ރައީސާއި ބޮޑުވަޒީރުގެ ގެކޮޅުގައިވެސް ހުޅުޖަހައި އަންދާލާފައި ވެއެވެ.

ކަތުމަންޑޫ އެއަރޕޯޓް މިހާރު ބަންދުކޮށްފައި ވާއިރު، ސަރުކާރުގެ ވެރިން ގައުމު ދޫކުރައްވައި ފިއްވަލައިގެން ވަޑައިގަންނަވާ އަޑުތައް ފެތުރި، މަސްރަހް އިތުރަށް ދަނީ ގޯސްވަމުންނެވެ.

ނޭޕާލްގެ އާންމުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރަންފެށީ، ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އާންމުވެ، ސަރުކާރު ހިންގުން ދޯދިޔާވެ، އަދި ސޯޝަލް މީޑިއާ ބްލޮކް ކުރުމާ ގުޅިގެން އެކަންކަމާ ދެކޮޅު ހެދުމަށެވެ.

ނޭޕާލް ސަރުކާރުން ސޯޝަލް މީޑިއާގެ 26 ސައިޓެއް މިދިޔަ ހަފްތާގައި ބްލޮކްކުރީ، ދޮގު މައުލޫމާތާއި، ފްރޯޑް އަދި ނަފްރަތު އުފެދޭ ވާހަކަތައް ފަތުރާތީ ކަމަށް ބުނެއެވެ.

ބްލޮކްކުރި ސައިޓްތަކުގެ ތެރޭގައި، ވަޓްސްއަޕް، ފޭސްބުކް، އިންސްޓަގްރާމް، ލިންކްޑްއިން އަދި ޔޫޓިއުބްވެސް ހިމެނެއެވެ.

މުޒާހަރާގެ ތެރެއަށް ފުލުހުން އިއްޔެ ބަޑިޖަހައި 19 މީހުން މަރާލުމާ ގުޅިގެން، މަސްރަހް އިތުރަށް  ގޯސްވެ، ސަރުކާރުން ފިޔަވަޅުތަކެއް އެޅިނަމަވެސް، މުޒާހަރާ ފެށިތާ 36 ގަޑިއިރުގެ ތެރޭގައި ބޮޑުވަޒީރު މިވަނީ އިސްތިއުފާ ދެއްވާފައެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނޭޕާލްގެ ތާރީޚުގައި ފުރަތަމަ އަންހެން ބޮޑުވަޒީރު ކަމަށް ސުޝިލާ ކާކީ އައްޔަން ކޮށްފި