ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އދގެ އާންމު މަޖިލީހުގެ ޖަލްސާއަށް ދިއުމަށް ފަލަސްތީނު ވަފުދަށް ވިސާ ނުދޭން އެމެރިކާއިން ނިންމި މައްސަލަ ހޫނުވަނީ

Abbas
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް:
TTH_Ads
STO_Ads
Maldivian_Ads
Advertisement

 

އަންނަ މަހު ބާއްވާ އދގެ އާންމު މަޖިލީހުގެ ޖަލްސާއަށް ދިއުމަށް ފަލަސްތީނު ވަފުދަށް ވިސާ ނުދޭން އެމެރިކާއިން ނިންމި މައްސަލަ ހޫނުވަމުން އެބަދެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބުނެފައިވަނީ، އާންމު މަޖިލީހުގެ ޖަލްސާއަށް އަންނަ ފަލެސްތައިން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) އަދި ފަލެސްތައިން އޮތޯރިޓީގެ އޮފިޝަލުންނަށް ވިސާ ނުދޭން ނިންމާފައިވާ ކަމަށެވެ.

HajjCop_ads
Advertisement

އެމެރިކާގެ ޚާރިޖިއްޔާއިން ބުނެފައިވަނީ، ޖަލްސާގައި ބައިވެރިވެވޭނީ ނިއުޔޯކްގައި ހުންނަ ފަލަސްތީނު މިޝަންގެ އޮފިޝަލުންނަށް އެކަނި ކަމަށެވެ.

އދގައި ފަލަސްތީނަށް ދީފައިވަނީ އޮބްޒާވަރެއްގެ މަގާމެވެ.

އެ ހައިސިއްޔަތުން، އދގައި ފަލަސްތީނުގެ އެމްބަސެޑަރެއްވެސް ހުންނަވައެވެ. އަދި ފަލަސްތީނު އޮފީހެއްވެސް ހުރެއެވެ.

ޕީއެލްއޯއާއި، ޕީއޭއަކީ، ދުނިޔޭގެ ސްޓޭޖްގައި ފަލަސްތީނު ރައްޔިތުން ތަމްސީލުކުރާ ފަރާތްތަކެވެ.

އަދި ފަލަސްތީނުގެ މިނިވަން ދައުލަތް އުފެއްދުމަށް އދގެ ތެރެއިން ގިނަގުނަ މަސައްކަތްތަކެއްވެސް ކުރަމުންގެންދަނީ އެ އިދާރާތަކުންނެވެ.

ފަލަސްތީނުން އދއަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރ ރިޔާދް މަންސޫރު ވިދާޅުވީ، ފަލަސްތީނު ސަރުކާރުގެ އޮފިޝަލުންނަށް ވިސާ ނުދޭން އެމެރިކާއިން ނިންމިއިރު، އާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްވެސް ނިއުޔޯކަށް ވަޑައިގަތުމަށް އޮތީ ހަމަޖެހިފައި ކަމަށެވެ.

ފަލަސްތީނުގެ ވެރިންނަށް ވިސާ ނުދޭން އެމެރިކާއިން ނިންމިއިރު، ފަލަސްތީނުގެ މިނިވަން ދައުލަތް ދުނިޔޭގެ އެތައް ގައުމަކުން ބަލައިގަތުމާއި، ފަލަސްތީނާ ގުޅޭ މުހިންމު މަސައްކަތްތަކެއް، ޖަލްސާއާ ދިމާކޮށް ނިއުޔޯކްގައި ބޭއްވުމަށް އޮތީ  ތާވަލްވެސް ކޮށްފައެވެ.

ސެޕްޓެމްބަރު މަހު ބާއްވާ އާންމު މަޖިލީހުގެ ޖަލްސާ ތެރޭގައި ފަލަސްތީނުގެ މިނިވަން ދައުލަތް ރަސްމީގޮތުން ބަލައިގަތުމަށް ނިންމާފައިވާ ޔޫރަޕްގެ ބޮޑު ގައުމެއް ކަމަށްވާ ފަރަންސޭސިވިލާތުގެ ޚާރިޖީ ވަޒީރު ވިދާޅުވީ، ފަލަސްތީނު އޮފިޝަލުން އދގެ ޖަލްސާއަށް ވަޑައިގަތުމަށް އެމެރިކާއިން ހުރަސްއަޅައިގެން ނުވާނޭ ކަމަށެވެ.

އދގެ އާންމު ޖަލްސާގައި ބައިވެރިވުމަށް އެއްވެސް ބަޔަކަށް ހުރަސްއަޅައިގެން ނުވާނޭ ކަމަށްވެސް ވިދާޅުވިއެވެ.

ޚަބަރުތައް ބުނާގޮތުގައި، ފަލަސްތީނުގެ ރައީސާއި، ވަފުދު އެމެރިކާއަށް ދިއުމަށް ޓްރަމްޕްގެ ސަރުކާރުން ހުރަސްއެޅީ އިސްތިއުމާރީ އިސްރާއީލުން އަންގައިގެންނެވެ.

އދއާއި، އެމެރިކާއާ ދެމެދު ވެފައި އޮންނަ އެއްބަސްވުމުގެ ދަށުން، ނިއުޔޯކަށް އަންނަ ގައުމުތަކުގެ އޮފިޝަލުންނަށް ވިސާދިނުމަށް ހުރަސްއެޅުމަކީ އެމެރިކާއަށް ކުރެވިގެންވާނޭ ކަމެއް ނޫނެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާ ރައްޔިތުން ސައުދީ އަރަބިއްޔާއަށް ދަތުރުކުރާނަމަ އަލުން ވިސްނުމަށް އެމެރިކާއިން އަންގައިފި

ހަކަތައާ ގުޅުންހުރި ތަންތަނަށް ހަމަލާނުދޭން ޔޫކްރެއިނާއި ރަޝިޔާ އެއްބަސްވެއްޖެ

އީރާނުން ގަލްފްގެ ގައުމުތަކާ ބައްދަލުކުރިޔަސް ފަރުވާލެއް ނެތް: އެމެރިކާގެ ރައީސް

ވިޔަފާރި އުޅަނދަށް އެމެރިކާއިން ދިން ހަމަލާ އީރާނުން ވަރަށް ބޮޑަށް ކުށްވެރިކޮށްފި، ހަމަލާގައި އެކަކު މަރުވި