ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަލަސްތީނު ރައްޔިތުންގެ ބަހެއްނެތި، ޣައްޒާގެ މުސްތަގްބަލް ކަނޑައެޅުމުގެ މަސައްކަތް މިމީހުން ފަށައިފި

STO_Ads
TTH_Ads
Advertisement

ފަލަސްތީނާއި، ޣައްޒާގެ ރައްޔިތުންގެ ބަހެއްނެތި، ޣައްޒާގެ މުސްތަގްބަލް ކަނޑައެޅުމުގެ މަސައްކަތް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަށައިފިއެވެ.

މި މަސައްކަތަށް، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއަރވެސް މިހާރުވަނީ ވައިޓްހައުސްއަށް ގޮސްފައެވެ.

ޓޯނީ ބްލެއަރގެ އަމިއްލަ އިންސްޓިޓިއުޓަކީ، ޣައްޒާގެ އާންމުން ގަދަކަމުން ރަށުން ބޭރުކޮށްލުމުގެ ޕްލޭން އެކަށައެޅި އިންސްޓިޓިއުޓެވެ.

HajjCop_ads
MMA_Ads
Advertisement

ޓްރަމްޕާއި، ބްލެއަރގެ އިތުރުން، މުސްތަގްބަލުގައި ޣައްޒާ އޮންނާނޭގޮތުގެ ޕްލޭން އެކަށައެޅުމުގައި ދެން ބައިވެރިވަނީ ޓްރަމްޕްގެ ދަނބިދަރި ޖެރެޑް ކުޝްނަރއެވެ. ކުޝްނަރއަކީ ޔަހޫދީއެކެވެ.

މީހުން މަސައްކަތް ފަށާފައި މިވަނީ، ހަނގުރާމަ ނިމުމަށްފަހު އިސްރާއީލާއި އެމެރިކާ ބޭނުންވާ ގޮތަށް މުސްތަގްބަލުގައި ޣައްޒާ އޮންނާނޭގޮތުގެ ޕްލޭން އެކަށައެޅުމަށެވެ.

ވައިޓްހައުސް ބައްދަލުވުމުގައި ފަލަސްތީނު ރައްޔިތުންގެ އެއްވެސް އަޑެއް ނެތްއިރު، އަރަބީންގެ ބަހެއްވެސް ހޯދަން ކަނޑައަޅާފައެއް ނުވެއެވެ.

އެމެރިކާގެ ރައީސް ޓްރަމްޕާއި، ޓޯނީ ބްލެއަރއާއި، ކުޝްނަރ ބައްދަލުވުންތަކެއް ފަށާފައި މިވަނީ، ޣައްޒާ ހަނގުރާމަ ދެތިން ހަފްތާ ތެރޭގައި ނިމުމަކަށް އަންނާނޭ ކަމަށް އުންމީދުކުރާ ކަމަށް ޓްރަމްޕް ބުނެފައި ވަނިކޮށެވެ.

އެމެރިކާގެ ރައީސް އެހެން ބުނިފަހުން، އޭނާ މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަ މަންދޫބު ސްޓިވް ވިޓްކޮފް އިއްޔެ ބުނެފައިވަނީ، ޣައްޒާ ހަނގުރާމަ، އަހަރު ނިމެންވާއިރަށް ނިމުމަކަށް ގެނެވޭނޭ ކަމަށެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ބޭނުންވަނީ، ޣައްޒާއަކީ އެމެރިކާގެ މިލްކަކަށް ހެދުމަށެވެ. އަދި އެއީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން މުއްސަނދީން ދިރިއުޅޭ ރަށަކަށް ހެދުމަށެވެ.

ޓްރަމްޕްގެ ދަނބިދަރި ޖެރެޑް ކުޝްނަރ 2024 ވަނަ އަހަރު  ބުނެފައިވަނީ، ޣައްޒާގެ އައްސޭރިފަށުގެ ބިމުގެ އަގު ވަރަށް ބޮޑުވާނެ ކަމަށެވެ. އަދި އޭނާވަނީ ޣައްޒާގެ އާންމުން ރަށުން ބޭރުކުރުމަށް 2024 ވަނަ އަހަރުވެސް ގޮވާލާފައެވެ.

ޣައްޒާ އެއްކޮށް ހިފައި، ޣައްޒާގެ އާންމުން ގަދަކަމުން ގެދޮރާއި ރަށުންވެސް ބޭރުކޮށް ފައްސާލަން އިސްތިއުމާރީ އިސްރާއީލުން މަސައްކަތް ފަށާފައިވަނީ ޓްރަމްޕްގެ ޕްލޭން ތަންފީޒުކުރުމުގެ ގޮތުންކަން މިހާރު މިދަނީ ހާމަވަމުންނެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާން-އެމެރިކާ އެމްއޯޔޫގައި ސޮއިކުރި ނަމަވެސް ސްވިޒަރލޭންޑްގައި މާދަމާ ބާއްވާ ބައްދަލުވުން ކުރިއަށްދާނެ

އީރާނުގެ އިންޒާރު އިސްރާއީލާއި އެމެރިކާއަށް: ލުބުނާނަށްދޭ ހަމަލާތައް ނުހުއްޓައިފިނަމަ ނަތީޖާ ވަރަށް ގޯސްވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް ދަށަށް ހިނގައްޖެ

އެއްބަސްވުން ހެދިއްޖެ، އީރާނުގެ ބްލޮކޭޑް ވަގުތުން އުވާލަން ސިފައިންނަށް އަންގައިފިން: ޓްރަމްޕް