ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިޒްބުﷲ އަތުން ހަތިޔާރު އަތުލަން ނިންމުމަކީ ލުބުނާނު ސަރުކާރަށް ހެދުނު ވަރަށްބޮޑު ގޯހެއް: ހިޒްބުﷲގެ ވެރިޔާ

ހިޒްބުﷲގެ ވެރިޔާ ނައީމް ގާސިމް
TTH_Ads
STO_Ads

ހިޒްބުﷲ އަތުން ހަތިޔާރު އަތުލުމުގެ ޕްލޭނެއް އެކަށައެޅުމަށް ލުބުނާނު ސިފައިންގެ މައްޗަށް އަމުރުކޮށް ލުބުނާނު ސަރުކާރުން ފާސްކުރި ގަރާރު ބާތިލްކުރަން ހިޒްބުﷲގެ ވެރިޔާ ނައީމް ގާސިމް ލުބުނާނު ސަރުކާރަށް ގޮވާލައްވައިފިއެވެ.

އޭނާ ވިދާޅުވީ، އިސްރާއީލުން ބިރުދައްކައިގެން ހިޒްބުﷲ އަތުން ހަތިޔާރު އަތުލަން ނިންމުމަކީ، ލުބުނާނު ސަރުކާރަށް ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށެވެ.

ނައީމް ގާސިމް ވިދާޅުވީ، ހިޒްބުﷲގެ އަތުން ހަތިޔާރު އަތުލަން ނިންމި ނިންމުން އަނބުރާ ނުގެންދާހާ ހިނދަކު، ލުބުނާނުގެ މިހާރުގެ ސަރުކާރަކީ ލުބުނާނުގެ އިސްތިގުލާލުގެ އަމާނާތްތެރިއަކަށް ނުވެވޭނެ ކަމަށެވެ.

HajjCop_ads

ހަމަ އެއާއެކު، ހިޒްބުالله އިން ހަތިޔާރު ނުބަހައްޓާނެކަމަށް ބުނަމުން އަންނަ ބުނުން، ނައީމް ގާސިމް ތަކުރާރު ކުރެއްވިއެވެ.

އިސްރާއީލާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ހިޒްބުﷲ ދެމިއޮންނާނެ ކަމަށާއި، އިސްރާއީލުގެ މަގްސަދުތައް ހާސިލްވިޔަ ނުދިނުމަށް ވަރުގަދަ ހުރަހެއްގެގޮތުގައި ހިޒްބުﷲ ދެމިއޮންނާ ކަމުގެ ޔަގީންކަންވެސް ނައީމް ދެއްވާފައި ވެއެވެ.

އިސްރާއީލަށް ލުބުނާނުގައި ނުތިބެވޭނެ ކަމަށާއި، ލުބުނާން ހިމެނޭގޮތުން އިސްރާއީލުގެ ދައުލަތް ފުޅާކުރުމަށް ހިންގާ މަޝްރޫއު ކާމިޔާބުވިޔަ ނުދޭނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަހަރު ނިމުމުގެކުރިން ހިޒްބުﷲ އަތުން ހަތިޔާރު އަތުލުމުގެ ޕްލޭނެއް އެކަށައަޅަން ލުބުނާނު ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓަރސްއިން ގަރާރެއް ފާސްކުރީ މިދިޔަ މަހުއެވެ.

މިއީ، އެމެރިކާގެ އިސް ނެގުމަކަށް ލުބުނާނު ސަރުކާރުން ފާސްކުރި ގަރާރެކެވެ.

ހިޒްބުﷲ އަތުން ހަތިޔާރު އަތުލައިފިނަމަ ލުބުނާނުގެ ދެކުނަށް މިހާރު އަރާތިބި އިސްރާއީލު ސިފައިން ލުބުނާނުގެ ބިމުން ފައިބައި، އަދި މިހާރު ކޮންމެ ދުވަހަކުހެން ކަހަލަ ގޮތަކަށް އިސްރާއީލުން ލުބުނާނަށް ދެމުންގެންދާ ހަމަލާތައްވެސް ހުއްޓާލާނެ ކަމަށް އެމެރިކާއިން ވަނީ ވައުދުވެފައެވެ.

އެކަމަކު، ހިޒްބުﷲއިން ބުނަނީ އެމެރިކާގެ ވައުދުތަކަކީ ހުސް ވައުދުތަކެއް ކަމަށެވެ. އަދި ލުބުނާނު ސަރުކާރާއި އެމެރިކާއިން ހެދި ޑީލްއަކީ ވުޖޫގައި އޮތް އެއްޗެއް ކަމަށް ހިޒްބުﷲއިން ބަލައިނުގަންނާ ކަމަށްވެސް ބުނެފައި ވެއެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ލުބުނާނުގެ ދެކުނުގައި އިސްތިއުމާރީ ސިފައިންގެ މީހަކު މަރާލައިފި، ލުބުނާނުގެ ދެކުނުން އާންމުންގެ 14 މީހުން މަރު

ހަނގުރާމައިގެ ތެރޭގައި އީރާނުގެ ފައިޓަރ ޖެޓުތަކުން ދިން ކާމިޔާބު ހަމަލާތަކުގެ މައުލޫމާތު އީރާނުން ހާމަކޮށްފި

އިންތިޚާބުގައި ނަތަންޔާހޫ ބަލިކޮށް، ވެރިކަމުން ދުރުކުރަން އިސްރާއީލުގެ އިދިކޮޅު ލީޑަރުން އިއްތިހާދު ހަދައިފި

އިސްތިއުމާރީ ސިފައިން ލުބުނާނުގެ ދެކުނަށް ވަރުގައަށް ބޮންއަޅައިފި، ހިޒްބުﷲއިންވެސް ވަރުގަދަ ރައްދުތަކެއް