ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުކުޅަހުގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތްދޭން ފަށައިފި

TTH_Ads
STO_Ads
Maldivian_Ads
Advertisement

އއ. އުކުޅަހުގައި ގާއިމުކުރި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ގޮފި ހުޅުވައި، އެރަށުގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތްދޭން ފަށައިފިއެވެ.

އުކުޅަހުގައި ގާއިމުކުރި ބީއެމްއެލްގެ ގޮފި ހުޅުވައިދެއްވައި، އެރަށުގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ، އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފާއި އުކުޅަހު ކައުންސިލްގެ ރައީސް ބައިވެރިވެލެއްވިއެވެ.

HajjCop_ads
Advertisement

ލޯކަލް ޓޫރިޒަމްގައި ކުރިއަރަމުން އަންނަ އުކުޅަހުގައި ބީއެމްއެލްގެ ޚިދުމަތް ފަށައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފެށުމާއެކު އެރަށުގެ ރައްޔިތުންނަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ.

އއ. އަތޮޅުގެ 8 ރަށަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ތޮއްޑޫގައި ވެސް ޑޮލަރު އޭޓީއެމް ވަނީ ބަހައްޓައިފައެވެ. ޑޮލަރު އޭޓީއެމް ތޮއްޑޫ އާއި އުކުޅަހުގައި ބެހެއްޓިއިރު، އެ އަތޮޅުގެ ހުރިހާ ރަށަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ޚިދުމަތް ވަނީ ފުޅާކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުކުޅަހަށް ވަޑައިގަތީ ރޭގައެވެ. އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވައިފައެވެ. ރައީސުލްޖުމްހޫރިއްޔާ އުކުޅަހު ރައްޔިތުންނާ ބައްދަލުކުރައްވައި ޖަލްސާ ބޭއްވެވީ ރޭ އެރަށު ކޮންވެންޝަން ސެންޓަރުގައެވެ.

ބިމުގެ ދަތިކަން ކުރިމަތިވެފައިވާ އުކުޅަހުގެ ލޭންޑް ޔޫސް ޕްލޭން އިޞްލާހުކޮށް އެރަށުގައި ލޯކަލް ޓޫރިޒަމަށް ޚާއްޞަކޮށްފައިވާ ބިންތަކުން 250 ގޯތި ދޫކުރެވޭގޮތް ފަހިކޮށްދެއްވާނެކަމަށް ރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވަނީ އުކުޅަހުގައި ތިން މަޝްރޫޢެއް ކުރިއަށްގެންދަން ނިންމައި އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. ޖަލްސާގައި ސޮއިކުުރުން އޮތީ އުކުޅަހު ދޯނި އެހެލާ ސަރަޙައްދު ތަރައްޤީ ކުުރުމާއި އުކުޅަހު ސުކޫލުގައި އޮފީސް އިމާރާތެއް ޤާއިމުކުރުމާއި ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫޢުގައެވެ.

އުކުޅަހުގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފެށުމުގެ އިތުރުން، މިއަދު ހެނދުނު އެރަށުގައި ވަނީ ފުލުހުންގެ މަރުކަޒުގެ ބިންގާ ވެސް އަޅައިފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ލޯނުތައް އިސްލާމިކް ފައިނޭންސިން ފެސިލިޓީއަށް ބަދަލުކުރުމަށް ޚާއްސަ އޯޕަން ޑޭއެއް ބާއްވަނީ

bml

ކަސްޓަމަރުންނަށް ކޮންމެ މަހަކު 81 މިލިޔަން ޑޮލަރު ވިއްކާފައިވޭ: ބީއެމްއެލް

bml

އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި ލޯނުތައް އިސްލާމިކް ބޭންކިންގ އުސޫލުން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ނިންމައިފި

Bml

ރާއްޖޭން ބޭރުގެ އޭޓީއެމްތަކުން ފައިސާ ނަގާއިރު ނަގާ ކްރޮސް ބޯޑަރ ފީ ބީއެމްއެލުން ކަނޑާލައިފި