ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ރައީސް ޝަރަފުވެރިކޮށްދެއްވައިފި

Main 20250726 191604
STO_Ads
TTH_Ads

ދިވެހިރާއްޖޭގެ 60 ވަނަ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވުނު ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޝަރަފުވެރިކޮށްދެއްވައިފިއެވެ. ޖުމްހޫރީ މައިދާން ސަރަހައްދުގައި ކުރިއަށްދިޔަ މި ހަރަކާތްތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ދައުލަތުގެ އިސްވެރިން ވަޑައިގެންނެވިއެވެ. މި ހަރަކާތްތަކުގައި އިންޑިޔާގެ ބޮޑުވަޒީރު ހިޒް އެކަސަލަންސީ ޝްރީ ނަރެންދުރަ މޯދީވެސް ބައިވެރިވެވަޑައިގަތެވެ.

މި ހަރަކާތްތައް ފެށިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާއަށް އެރުވޭ ރިޔާސީ ކުރުނީހުންނެވެ. އޭގެ ފަހުގައި ޤައުމީ ސަލާމަށްފަހު، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި ކެޑޭޓްކޯގެ ޕެރޭޑު ހަރަކާތް ވަނީ ކުލަގަދަކޮށް ކުރިއަށް ގެންގޮސްފައެވެ. މި ދުވަސް ފާހަގަކުރަނީ އިނގިރޭސީންގެ ޙިމާޔަތުން އަލުން އަނބުރާ ދިވެހިންނަށް މިނިވަންކަން ލިބުނު ދުވަސް ކަމަށްވާ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ.

ޖުމްހޫރީ މައިދާނުގައި ކުރިއަށްދިޔަ ހަރަކާތްތަކުގެ ތެރެއިން މާލެ ސަރަހައްދުގެ 4 ސްކޫލެއްގެ ދަރިވަރުންގެ ތަފާތު ހުށައެޅުންތައް ފެނިގެންދިޔައެވެ. މީގެއިތުރުން، ކެލާ ޔޫތު ފޯރަމާއި، މުލީ އެކުވެރިންގެ ދިރުމާއި، ހޭވައްލާ ބޮޑުބެރު ގުރޫޕް ހިމެނޭހެން ތަފާތު ސަގާފީ ހަރަކާތްތައްވެސް ވަނީ ހުށަހަޅާފައެވެ.

HajjCop_ads

ޖުމްހޫރީ މައިދާނުގެ އިތުރުން، މާލޭގެ ބޮޑެތި މަގުތަކުގައިވެސް ދިވެހި އަސްކަރިއްޔާއާއި ޤައުމީ ކެޑޭޓްކޯގެ ޕެރޭޑު ކުރިއަށްދިޔައެވެ. “މަގުމަތީގެ ހިނގާލުން” ގެ ނަމުގައި މި ހަރަކާތްތައް ފެށީ ހަވީރު 16:15 ގައެވެ. މި ހިނގާލުމުގެ ތެރެއިން 4 ސަރަހައްދެއްގައި މަޑުކޮށް، ރާގުތައް ކުޅެފައިވެއެވެ.މި ހަރަކާތްތައް ބަލާލުމަށް ގިނަ އަދަދެއްގެ ޢާންމުން، ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ވަނީ ގޮސްފައެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

ކުންފުނިތަކަށް އިއުލާން ނުކޮށް ވަޒީފާއަށް ނުނެގޭނެ: ރައީސް

ތިލަމާލެ ބުރިޖު ލަސްވަމުންދާ ލަސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް: ރައީސް

DSC

ކުންފުނިތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ: ރައީސް

raees press

ގާނޫނުއަސާސީ ބަދަލުކުރަން ރައްޔިތުން ނުރުހޭ: ރައީސް