ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވިޒިޓް މޯލްޑިވްސްއަށް ކްރިއޭޓިވް ކޮންޓެންޓާއި ވީޑިއޯ ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

STO_Ads
TTH_Ads
Advertisement

ރާއްޖެ އިޝްތިހާރުކުރުމަށް ކްރިއޭޓިވް ކޮންޓެންޓް އަދި ވީޑިއޯ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން އިއުލާންކޮށްފިއެވެ. ވިޒިޓް މޯލްޑިވްސްއިން އިއުލާންކޮށްފައިވަނީ 1 އަހަރު ދުވަހުގެ މުއްދަތަކަށް މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށެވެ. ވިޒިޓް މޯލްޑިވްސްއިން ވިދާޅުވީ އެ ކޯޕަރޭޝަނުން ފޯރުކޮށްދޭ މައުލޫމާތާއި އެއްގޮތައް ވީޑިއޯ ތައްޔާރު ކޮށްދޭނެ ވީޑިއޯ ޕްރޮޑަކްޝަން ފާރމެއް އަދި ކްރިއޭޓިވް ކޮންޓެންޓް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ.

މި މަސައްކަތްކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 30 ޖުލައިގައި އަންދާސީ ހިސާބު ހުށައަޅަންޖެހެއެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެކަމަށް އެ ކޯޕަރޭޝަނުން ވަނީ ވިދާޅުވެފައެވެ. މައުލޫމާތު ސާފުކުރުން އޮންނާނީ 22 ޖުލައި ވަނަ ދުވަހުއެވެ.

HajjCop_ads
MMA_Ads
Advertisement

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންއަކީ މުޅި ދުނިޔޭގައި ރާއްޖެ އިޝްތިހާރުކުރުމުގެ ބޮޑު ޒިންމާ އަދާކުރާ ކުންފުންޏެވެ. މުޅި ދުނިޔޭގައި ރާއްޖެ އިޝްތިހާރުކުރުމަށް އެ ކޯޕަރޭޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޑެސްޓިނޭޝަން މާކެޓިންގައި 21 އަށް ވުރެ ގިނަ އެކްޓިވް ގްލޯބަލް ކެމްޕޭން މިދިޔަ އަހަރުވެސް ވިޒިޓް މޯލްޑިވްސްއިން ވަނީ ކުރިއަށްގެންގޮސްފައެވެ.

MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ރާއްޖެ އިޝްތިހާރުކުރަން މުހިންމު އެމްއޯޔޫއެއްގައި ސޮއިކޮށްފި

WhatsApp Image 2026 04 26 at 19.31.46

ވިޒިޓް މޯލްޑިވްސް ބޯޑަށް 4 މެންބަރުން އައްޔަންކޮށްފި

ބެލްގްރޭޑް އެކްސްޕޯގައި ރާއްޖެއިން ބައިވެރިވަނީ

WhatsApp Image 2026 03 07 at 20.10.04

ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް އަރަމުންދާ ލޮޅުންތަކުގެ އަސަރު ކުޑަ ކުރުމަށް ފަތުރުވެރިކަމުގެ ސިނާޢަތް ގުޅިގެން ކުރިއަށް!