ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މޯލްޑިވިއަނުން މިމަހު ޢުމްރާ ދަތުރުތައް ފަށަން ނިންމައިފި

Maldivian_Ads
TTH_Ads
STO_Ads
Advertisement

ޤައުމީ އެއަރލައިން މޯލްޑިވިއަންއިން މިމަހު ފަހުކޮޅު ޢުމްރާ ދަތުރުތައް ފެށުމަށް ނިންމައިފިއެވެ. މޯލްޑިވިއަނުން ވިދާޅުވީ މިއަހަރުގެ ޙައްޖު މޫސުމުގައި އެ ކުންފުނިން ކުރި ދަތުރުތަކާއި ގުޅިގެން ގިނަ އަދަދެއްގެ ޢުމްރާ ކުންފުނިތަކަކުން ޢުމްރާ ދަތުރުކޮށްދޭން އެދެމުންދާކަމަށެވެ.

ޤައުމީ އެއަރލައިން މޯލްޑިވިއަނުން ވަނީ މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ހައްޖާޖީން ގެންދިއުމަށް ސައުދީއަށް 2 ދަތުރުކޮށްފައެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވީ، މޯލްޑިވިއަންއިން ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިމަހުގެ ފަހުކޮޅު ޢުމްރާ ދަތުރުތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މުޅި އަހަރަށް ބަހާލައިގެން މިއަހަރުގެ ތެރޭގައި ޢުމްރާ ދަތުރު ކުރާނެކަމަށް އިޔާސް ވިދާޅުވިއެވެ.

HajjCop_ads
Advertisement

“މިމަހު ފަހުކޮޅު އަލަށް އުމްރާގެ ދަތުރުކުރުމަށް ވަނީ ހަމަޖެހިފައި. އިރާދަކުރެއްވިއްޔާ މިމަހު ފަހު ހަފްތާގައި އަޅުގަނޑުމެން ފްލައިޓްސްތަކެއް އެބަ އަޅަން އުމްރާއަށް އަދި މިއަހަރުގެ އެކި މުއްދަތުތަކުގެ ތެރޭގައިވެސް އުމްރާ ދަތުރުތައް ކުރަމުންދާނަން.” އިޔާސް

މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ބޯޓެއްގައި ދަތުރުކުރުމުގެ ފުރުސަތު ހައްޖާޖީންނަށް ލިބުމާ ގުޅިގެން ބައެއް ހައްޖާޖީން ވަނީ އެކަމުގެ ޝުއޫރުތައް ހިއްސާކޮށްފައެވެ.

ގައުމީ އެއަރލައިންގައި މިފަދަ އަޅުކަމެއް އަދާކުރުމަށް ދިއުމުގެ ފުރުސަތު ލިބުމަކީ ވަރަށް އުފާވާކަމެއްކަމަށް އެ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. އަދި މޯލްޑިވިއަންގެ ފްލައިޓްތަކަކީ ޑައިރެކްޓް ފްލައިޓްތަކަކަށްވުމުން ވަގުތު ސަލާމަތްވެއެވެ. އަދި މިއީ ލިބިގެންދާ ވަރަށް ބޮޑު ފަސޭހައެއްގެ ގޮތުގައި އެ ހައްޖާޖީން ފާހަގަކުރިއެވެ.

މޯލްޑިވިއަންއިން ވިދާޅުވީ ޢުމްރާ ދަތުރުތައް ކުރުމަށް އަދި ހަމަޖެހިފައިވަނީ ހައްޖު ކޯޕަރޭޝަނާއި އަމިއްލަ ކުންފުންޏަކަށް ކަމަށެވެ. މޯލްޑިވިއަންއިން ޙައްޖު ކޯޕަރޭޝަނަށް ކޮށްދޭ ޢުމްރާ ދަތުރުތައް އޮންނާނީ މިމަހުގެ 22 ވަނަ ދުވަހާއި 27 ވަނަ ދުވަހުއެވެ.

މޯލްޑިވިއަންއިން ޢުމްރާ ދަތުރުކުރަނީ މިއަހަރު އެ ކުންފުންޏަށް ގެނައި ވައިޑް-ބޮޑީ މަތިންދާބޯޓުގައެވެ. މިއަހަރުގެ ތެރޭގައި އިތުރު ވައިޑް-ބޮޑީ މަތިންދާބޯޓެއް ގެނައުމަށް އެ ކުންފުނިން ދަނީ މަސައްކަތްކުރަމުންނެވެ. މިއާއިއެކު އިތުރު މަންޒިލްތަކަށް އެ ކުންފުނީގެ ދަތުރުތައް ފުޅާކުރުމަށް އެހީތެރިވެދޭނެކަމަށް މޯލްޑިވިއަނުން ވަނީ ވިދާޅުވެފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Maldivian

ކޮޗިންއާއި ޓްރިވެންޑްރަމަށް މޯލްޑިވިއަންގެ ދަތުރުތައް ހަފުތާއަކު 6 ދުވަހު

700266931 1426164966205979 5314635858838116995 n

މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް އޮސްޓްރޭލިއާގެ މެލްބަންއަށް ފަށަނީ

Maldivian

އަލަށް ގެންނަ ސީޕްލޭންތަކާއެކު ރޭގަނޑު ދަތުރުކުރުމުގެ ފުރުޞަތު ފަހިވާނެ: މޯލްޑިވިއަން

Maldivian

ގައުމީ އެއާލައިން މޯލްޑިވިއަންއިން ފަތުރުވެރިންނަށް ވިއްކާ ޓިކެޓުގެ އަގުތައް ހެޔޮކުރުމަށް ސަރުކާރުން ނިންމައިފި