ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގިނަ އިންވެސްޓަރުންނާއެކު ސިންގަޕޫރުގައި ރާއްޖޭގެ ބިޒްނަސް ފޯރަމް ފަށައިފި

STO_Ads
TTH_Ads

ދިވެހިރާއްޖޭގައި ހުރި އިންވެސްޓްމަންޓް އަދި ވިޔަފާރީގެ ފުރުޞަތުތައް ބައިނަލްއަޤްވާމީ އިންވެސްޓަރުންނާ ހަމައަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ “ބިޒްނަސް ފޯރަމް” ސިންގަޕޫރުގައި ރަސްމީކޮށް ފައްޓަވައިފިއެވެ. މި ފޯރަމްގައި 200 އަށްވުރެ ގިނަ އިންވެސްޓަރުން ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިޝަންގައި ހިމެނޭ އެންމެ މުހިންމު އެއް ލަނޑުދަނޑިއަކީ ދިވެހިރާއްޖޭގެ އިޤްތިޞާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވުން ނިމުމަކަށް ގެނެސް، އިޤްތިޞާދީ ދާއިރާތައް ތަނަވަސްކޮށް، އެހެނިހެން ޞިނާޢަތްތަކުން ޤައުމު ކުރިއެރުވުމެވެ. މީގެ ތެރޭގައި ސްޕެޝަލް އިކޮނޮމިކް ޒޯން، މަސސްވެރިކަމާއި، ބަންކަރިންގ ފަދަ ދާއިރާތައް ހިމެނެއެވެ.

ސިންގަޕޫރުގައި ފަށާފައިވާ “މޯލްޑިވްސް – ސިންގަޕޫރު” ބިޒްނަސް ފޯރަމްއަކީ ދެ ޤައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރުމާ ގުޅިގެން އެކަމަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ފޯރަމެކެވެ. މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ސަރުކާރުގެ އިއްޒަތްތެރި ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ފޯރަމްގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ސިންގަޕޫރުގެ ސަސްޓެއިނަބިލިޓީ އެންޑް ދަ އެންވަޔަރަންމަންޓް މިނިސްޓަރ ގްރޭސް ފު ހައި ޔެއިން ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ.

Maldivian_Ads

މި ފޯރަމްގައި ދިވެހިރާއްޖެއާއި ސިންގަޕޫރުގެ ވިޔަފާރިވެރިންނާއެކު ގިނަ އަދަދެއްގެ ބައިނަލްއަޤްވާމީ ވިޔަފާރިވެރިން ބައިވެރިވެފައިވެއެވެ. މި ފޯރަމްގައި ދިވެހިރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކުގެ ތަފްޞީލީ މަޢުލޫމާތު ވިޔަފާރިވެރިންނަށް ހިއްސާކުރެވޭނެއެވެ. ޚާއްޞަކޮށް ސަރުކާރުން ދިވެހިރާއްޖޭގައި އެކި ދާއިރާތަކުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ބޮޑެތި މަޝްރޫޢުތަކުގެ މަޢުލޫމާތު ވިޔަފާރިވެރިންނާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިންވެސްޓްމަންޓުގެ މުހިންމު ދާއިރާތަކުގެ ތެރޭގައި:

ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢު
ގުޅީފަޅު ތަރައްޤީކުރުމުގެ މަޝްރޫޢު
އައްޑޫ އިންޓަރނޭޝަނަލް ޕޯޓް އަދި ބަންކަރިންގ މަޝްރޫޢު
މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަޝްރޫޢު
ފަތުރުވެރިކަމުގެ ދާއިރާގައި ހުރި އިންވެސްޓްމަންޓް
* ބައިނަލްއަޤްވާމީ ފެންވަރުގެ ތީމް ޕާކެއް ތަރައްޤީކުރުމުގެ މަޝްރޫޢު
* އުލިގަމުގައި ތަރައްޤީކުރާ ޔޮޓް މެރީނާ މަޝްރޫޢު
* ސްޕޯޓްސް ފިޝިންގއަށް ޚާއްޞަ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު
* ފާމަސިއުޓިކަލް މެނުފެކްޗަރިންގ ފެސިލިޓީ ތަރައްޤީކުރުމުގެ މަޝްރޫޢު
* ކެންސަރ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢު
* ޞިއްޙީ ނިޒާމް ޑިޖިޓަލައިޒްކުރުމުގެ މަޝްރޫޢު
* އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް
* މަތީ ތަޢުލީމަށް ޚާއްޞަ އެކި މަޝްރޫޢުތައް

ސިންގަޕޫރުގައި ބޭއްވުނު ބިޒްނަސް ފޯރަމްގައި، ދިވެހިރާއްޖެއާއި ސިންގަޕޫރުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރުމާ ގުޅިގެން، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން އެކި ފަރާތްތަކަށް ހަނދާނީ ފިލާ ދެވުނެވެ. މި ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތައް ބޭރުގެ ވިޔަފާރިވެރިންނަށް ހިއްސާކުރުމުގެ މަޤްޞަދުގައި އެކި ޤައުމުތަކުގައި ބިޒްނަސް ފޯރަމްތައް ބޭއްވުމަކީ މިހާރު އާންމު ކަމަކަށްވެފައިވެއެވެ. މިގޮތުން މިހާތަނަށް ޗައިނާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، މެލޭޝިޔާ، އަދި އިންޑިއާގައިވެސް ވަނީ ކާމިޔާބުކަމާއެކު މިފަދަ ފޯރަމްތައް ބާއްވާފައެވެ.

މި ބިޒްނަސް ފޯރަމްތަކުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށް، ބޭރުގެ އިންވެސްޓަރުންގެ ޝައުޤުވެރިކަން އިތުރުކޮށް، ޤައުމުގެ ތަރައްޤީއަަށް ބޭނުންވާ ބޮޑެތި މަޝްރޫޢުތަކަށް ބޭރުގެ އިންވެސްޓްމަންޓް ޖަޒުބުކުރުމެވެ. މީގެ އިތުރުން، މިފަދަ ފޯރަމްތަކަކީ ދިވެހިރާއްޖެއާއި އެހެން ޤައުމުތަކާ ދެމެދު އޮންނަ އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން ބަދަހިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް މަގުފަހިކޮށްދޭ ވަސީލަތެކެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

459309 0bfc2a5c e

އިމާރާތްކުރުމުގެ ދާއިރާއަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯއްދެވުމާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައިފި

DSC

ހުޅުމާލެ ދޭސް2 ގައި ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް މި އަހަރު ފަށާނެ: ރައީސް

DSC

އެއްވެސް ރަށެއް ތަފާތުނުކޮށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދާނަން: ރައީސް

Igmh

ރައީސުލްޖުމްހޫރިއްޔާ “ދިވެހިރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް” މިއަދު އުފައްދަވައިފި