ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ބަޖެޓަށް 17 ބިލިއަން ރުފިޔާ

372251 3 2b65be570381b1eaebeb8b3a28290ce1de256ecb large
ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް — ފޮޓޯ: މިހާރު
Maldivian_Ads
TTH_Ads
STO_Ads
Advertisement

އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް 17 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ނެރުނު ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުގައިވާ ގޮތުން ޓެކްސް ރޭޓްތަކަށް ގެނައި ބަދަލުތަކާ ގުޅިގެން، ޖުމުލަ 13.2 ބިލިއަން ރުފިޔާ ވަނީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައެވެ.

އޭގެ ތެރެއިން ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 88.5 އިންސައްތަ ވަނީ އިތުރުވެފައެވެ. އަދި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ލިބުނު އާމްދަނީ 46.9 ޕަސެންޓަށް ވަނީ އިތުރުވެފައެވެ.

HajjCop_ads
Advertisement

ރިޕޯޓުގައިވާ ގޮތުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ލިބުނު އާމްދަނީ 44.5 ޕަސެންޓް ވަނީ އިތުރުވެފައެވެ. އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވީ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ގާތްގަނޑަކަށް ނުވަ ޕަސެންޓަށް އިތުރުވެ، އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރުމުން ކަމަށް ރިޕޯޓުގައި ބުންޏެވެ.

މި އިތުރުވުމާއެކު، މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ ވަނީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ހަ ޕަސެންޓަށް އިތުރުވެފައެވެ. އާމްދަނީގެ އިތުރުވުމާއެކު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު ވަނީ 42.9 ޕަސެންޓަށް އިތުރުވެފައެވެ.

މި އަދަދުތަކުން އެނގޭ ގޮތުގައި، ޓެކްސް ރޭޓުތަކަށް ގެނައި ބަދަލާއެކު ރާއްޖޭގެ ފަތުރުވެރިކަމަށް ނުރަނގަޅު އަސަރެއް ނުކުރާ ކަމަށް ރިޕޯޓުގައި ބުންޏެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

finance ministry

ދައުލަތަށް ލިބުނު އާމްދަނީ 6.2 އިންސައްތަ އިތުރުވެއްޖެ

ޕަބްލިކް ސެކްޓަރ އިންވެސްޓުމަންޓް ޕްރޮގްރާމަށް ކުރި ޚަރަދު 3.8 ބިލިޔަން

finance ministry

ޓެކްސް އާމްދަނީ އިތުރުވެ، ދައުލަތުގެ ޖުމްލަ އާމްދަނީ 27.6 ބިލިއަނަށް

resorts

ޓޫރިޒަމް ޓްރަސްޓް ފަންޑަށް 4 މަސްތެރޭ 149 މިލިޔަނަށްވުރެ ގިނަ ރުފިޔާ