ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވީއައިއޭގެ އައު ޕަސެންޖަރ ޓަރމިނަލް ހުޅުވަން ކައުންޓްޑައުން ފަށައިފި

TTH_Ads
Maldivian_Ads
STO_Ads
Advertisement

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޕަސެންޖަރ ޓަރމިނަލް ހުޅުވުމުގެ ކައުންޓްޑައުން ރަސްމީކޮށް ފެށިއްޖެއެވެ. މި އުފާވެރި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ކައުންޓްޑައުން ފައްޓަވައިދެއްވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހިމް ޝަރީފް މުޙައްމަދެވެ.

އެއަރޕޯޓުގެ ވީއައިޕީ ލައުންޖް ކުރިމަތީގައި ބޭއްވުނު މި ރަސްމިއްޔާތުގައި، އައު ޓަރމިނަލް ހުޅުވުމަށް 35 ދުވަސް ބާކީ އޮއްވައި ކައުންޓްޑައުން ފެށިގެން ދިޔައެވެ. މި މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުޙައްމަދު، އައު ޕަސެންޖަރ ޓަރމިނަލް ހުޅުވުމަށްޓަކައި ކުންފުނީގެ މުވައްޒަފުން ކުރަމުންދާ މިންނެތް މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އަދި މި މަޝްރޫޢަކީ ޤައުމީ ފެންވަރުގެ މުހިންމު މަސައްކަތެއްގެ ގޮތުގައި ދެކި، އެކަމުގައި ނަމޫނާ ދެއްކެވުމަށް ހުރިހާ މުވައްޒަފުންނަށް އިލްތިމާސް ކުރެއްވިއެވެ.

“އެމްއޭސީއެލްގެ މުވައްޒަފުންގެ ހިތްވަރާއި، ކެރުންތެރިކަމާއި، އަދި ކަމެއް ނިންމުމުގައި އޮންނަ ޔަޤީންކަމާމެދު އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް ނެތެވެ. މި ކުޑަ މުއްދަތުގެ ތެރޭގައިވެސް އެމްއޭސީއެލްގެ މުވައްޒަފުން އެކަން އަޅުގަނޑަށް ސާބިތުކޮށްދީފައިވެއެވެ،” ސީއީއޯ ވިދާޅުވިއެވެ.

HajjCop_ads
Advertisement

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު އިންޓަރނޭޝަނަލް ޕަސެންޖަރ ޓަރމިނަލް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ 2023 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. މިހާރު ކުރިއަށްދަނީ ޓަރމިނަލް ހުޅުވުމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކެވެ.

މި އައު ޕަސެންޖަރ ޓަރމިނަލްއާއެކު ދިވެހިރާއްޖޭގެ އިޤްތިޞާދަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ. އަދި މި ޓަރމިނަލްގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށްވެސް ލަފާކުރެވެއެވެ. ސަރުކާރުން މި އަހަރު 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް އަމާޒުހިފާފައިވާއިރު، މި އައު ޓަރމިނަލްއަކީ އެ ލަނޑުދަނޑި ޙާޞިލުކުރުމަށް މަގުފަހިކޮށްދޭނެ މުހިންމު ވަސީލަތަކަށް ވެގެންދާނެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކުޑަކުދިންނަށް އިންޖިނިއަރިންގެ ދާއިރާ ތައާރަފުކޮށްދިނުމަށް އެމްއޭސީއެލްއިން ހަރަކާތެއް ބާއްވައިފި

އެމްއޭސީއެލްއާއި ވިލާ ހައި ސްކޫލާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ވޯލްޑް ޓްރެވަލް އެވޯޑުގެ އޮފިޝަލް އޭވިއޭޝަން ޕާޓްނަރަކަށް އެމްއޭސީއެލް ހަމަޖައްސައިފި

އޭވިއޭޝަން އިންސްޓިޓިއުޓްގެ ފުރަތަމަ ބެޗް ދަސްވެނިވެއްޖެ