ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިޤްތިޞާދީގޮތުން ދައުލަތެއް ބިނާކޮށް، އާރާސްތުކުރުމަށް ކޮންމެ ރައްޔިތެއްގެ ދައުރުވެސް މުހިއްމު: ނައިބު ރައީސް

404101 52938aaa 7
TTH_Ads
STO_Ads
Advertisement

ދިވެހިރާއްޖެއަކީ އިޤްތިޞާދީގޮތުން ވަރުގަދަ އަދި ފުދުންތެރި ދައުލަތެއްގެ ގޮތުގައި ބިނާކޮށް، އާރާސްތުކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއްކަމަށާއި މި ޒިންމާއާ ވާޖިބު އަދާކުރުމުގައި، ދިވެހި ކޮންމެ ރައްޔިތަކުވެސް ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ، ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓް ސަރވޭ ރިޕޯޓް ނެރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ވަޒީފާއެއް ނެތް ދިވެއްސަކު ނުހުންނާނޭ މިންވަރަށް މި ޤައުމުގައި 5 އަހަރުގެ ތެރޭގައި އައު ވަޒީފާތައް އުފެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްގެ އިތުރުން، އެމަނިކުފާނުގެ މެނިފެސްޓޯގެ އަސާސީ ބައެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. އަދި، އެއަމާޒަށް ވާޞިލްވުމުގައި ވޭތުވެދިޔަ 18 މަސްދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ފެށިފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

HajjCop_ads
Advertisement

މިއަމާޒަށް ވާޞިލްވުމުގެ ގޮތުން ފެށިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ދިވެހީންނަށް ނޫނީ ވަޒީފާ އަދާ ނުކުރެވޭނެ ދާއިރާތަކެއް ވަޒީރުންގެ މަޖިލީހުން އެކަށައަޅުއްވައި ނިންމެވުމާއި، ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާ ފަދަ ދިވެހީންގެ ޚިދުމަތް މުހިންމު ދާއިރާތަކުން ދިވެހީން އިތުރުކުރުމަށް ޚާއްޞަ އިނާޔަތްތައް ތަޢާރަފްކުރެއްވުމުގެ މަސައްކަތް ފެއްޓެވުމާއި، ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގެ އިތުރުން ޚާއްޞަ އިޤްތިޞާދީ މަޝްރޫޢުތައް ފެށިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ އިޤްތިޞާދީގޮތުން ވަރުގަދަ އަދި ފުދުންތެރި ދައުލަތެއްގެ ގޮތުގައި ބިނާކޮށް، އާރާސްތުކުރުމަކީ އެންމެހައި ދިވެހިންގެ ޒިންމާއެއް ކަމަށާއި އެހެންކަމުން އެމަސައްކަތުގައި ޝާމިލްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިލްތިމާސްކުރެއްވިއެވެ. އަދި، ސަރުކާރުން މި ފަހިކޮށްދޭ އާމުދަނީ ހޯދުމާއި ވަޒީފާގެ ފުރުޞަތުތަކުގެ ބޭނުން އޭގެ އެންމެ ފުރިހަމަގޮތުގައި ހިފުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.

ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓް ސަރވޭ ރިޕޯޓަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އާއި ވޯލްޑް ބޭންކު ގުޅިގެން ކުރިއަށް ގެންދިޔަ ދިރާސާއެކެވެ. ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ހިރާސްތަކާއި އެކި ވަޒީފާތަކަށް ބޭނުންވާ ހުނަރުތަކާއި ދިވެހި ޒުވާނުންނަށް ވަޒީފާގެ މާޙައުލުގައި ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމަށް ކުރިއަށް ގެންދިޔަ މި ދިރާސާއިން، ކުރު އަދި ދިގު ރާސްތާގެ ސްޓްރެޓެޖީތައް އެކުލަވާލެވި، ސަރުކާރުގެ މެނިފެސްޓޯގެ އަމާޒުތަކަށް ވާޞިލްވުމަށް އެހީތެރިކަން ލިބިގެންދާނެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

462931 d9fcba8f a

ޖަރުމަނަށް ކުރެއްވި ދަތުރުފުޅަށްފަހު ނައިބު ރައީސް މާލެ ވަޑައިގެންފި

ބާލިން ކްލައިމެޓް މޮބިލިޓީ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޖަރުމަނަށް

naaib raees

އަޟުޙާ ޢީދު ފާހަގަކުރާއިރު އެކުވެރި ބަޔަކަށްވުމަށް ނައިބު ރައީސް އިލްތިމާސްކުރައްވައިފި

Igmh

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމަށް ނައިބު ރައީސް ގޮވާލައްވައިފި