ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މީރާއަށް ނުލިބިހުރި ފައިސާގެ ތެރެއިން 3.7 ބިލިޔަން ރުފިޔާ ހޯދައިފި

mira
STO_Ads
TTH_Ads
Advertisement

ދައުލަތަށް ނުލިބިހުރި ފައިސާ ހޯދުމަށް މީރާއިން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ތަންފީޒީ ފިޔަވަޅުތަކާއެކު 3.7 ބިލިއަން ރުފިޔާ ހޯދައިފައިވާކަމަށް މީރާގެ އަހަރީ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.

މީރާގެ އަހަރީ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފާއިތުވި އަހަރު ފައިސާ ދެއްކުމަށް އަންގައި 36,843 ފަރާތަކަށް ނޯޓިސް ފޮނުވާފައިވެއެވެ. މީގެ ތެރެއިން 8,139 ފަރާތަކުން ނޯޓިސްއާ އެއްގޮތަށް ޢަމަލުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ދައުލަތަށް ޓެކްސްގެ ގޮތުގައާއި އެހެނިހެން ގޮތްގޮތުން ނުލިބިހުރި ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް މީރާއިން ގިނަގުނަ މަގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން 3.76 ބިލިއަން ރުފިޔާ ހޯދާފައިވާކަން ފާހަގަކުރެވެއެވެ. މި ފައިސާ ހޯދުމަށްޓަކައި މީރާއިން 18,969 ފަރާތަކަށް މައިގަނޑު 6 ތަންފީޒީ ފިޔަވަޅު އަޅާފައިވެއެވެ.

HajjCop_ads
Advertisement

މީރާއިން ފައިސާ ހޯދުމަށް އެޅި ފިޔަވަޅުތަކާއި އޭގެ ނަތީޖާ:

ނޯޓިސް – 2.74 ބިލިއަން ރުފިޔާ
ޑިއުޒް ކްލިއަރެންސް – 625.7 މިލިއަން ރުފިޔާ
ނަން ހާމަކުރުން – 43.9 މިލިއަން ރުފިޔާ
ބޭންކް އެކައުންޓް ފްރީޒްކުރުން – 109.42 މިލިއަން ރުފިޔާ
ޤާނޫނީ ފިޔަވަޅު – 86,733 ރުފިޔާ
ރިމައިންޑަރ / އީމެއިލް – 239.9 މިލިއަން ރުފިޔާ
މީގެއިތުރުން، ޓެކްސް ފައިސާ އެއްފަހަރާ ދެއްކުމަށް ދަތިވާ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް މީރާއިން ހަމަޖައްސައިދީފައިވެއެވެ. މިގޮތުން އިންސްޓޯލްމަންޓް އުސޫލުގެ ދަށުން 1,029 ފަރާތަކަށް ލުއިގޮތްތަކެއް ހަމަޖައްސައިދީފައިވެއެވެ. މި ފަރާތްތަކުން ދައްކަންޖެހޭ ފައިސާގެ ޖުމްލަ އަދަދަކީ 2.5 ބިލިއަން ރުފިޔާއެވެ. މި އުސޫލުގެ ދަށުން 3,535 ފަރާތަކުން 894.7 މިލިއަން ރުފިޔާ ދައްކާފައިވާކަން މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އަދި ހަމައެހެންމެ، ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް ކޯޓު މަރުޙަލާގައި ހުރި މައްސަލަތަކުގެ ތެރެއިން 55 މައްސަލައެއް މީރާއާ އެއްކޮޅަށް ނިމިފައިވާކަން ފާހަގަކުރެވެއެވެ.

މީރާއިން ހާމަކުރި ގޮތުގައި، ތަންފީޒީ ފިޔަވަޅުތައް ހަރުދަނާކުރުމާއެކު، ދައުލަތަށް ދައްކަންޖެހޭ ޓެކްސް އަދި ޓެކްސް ނޫން އެހެނިހެން ފައިސާ ހޯދުމަށް ކުރާ މަސައްކަތްތަކަށް ފާހަގަކުރެވޭ ކުރިއެރުމެއް ލިބިފައިވެއެވެ. އަދި މިކަމަށް ގިނަ ފަރާތްތަކުން އެއްބާރުލުން ލިބެމުންދާކަންވެސް މީރާއިން ފާހަގަކޮށްފައިވެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mira

ޖުލައި މަހުގެ އާމްދަނީގެ ގޮތުގައި މީރާއަށް 3.4 ބިލިއަން ރުފިޔާ

mira

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި

mudalu zakaai

އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި 45.3 މިލިއަން ރުފިޔާ

mira

ދައުލަތަށް ނުލިބިހުރި 666 މިލިއަން ރުފިޔާ ދައުލަތަށް ހޯދައިފި