ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޭރުގެ އޭޖެންސީތަކުގެ މައުލޫމާތު މީރާއަށް ހުށަހެޅުމަށް ޓީޖީއެސްޓީ ދައްކާ ވިޔަފާރިތަކަށް އަންގައިފި

88887
STO_Ads
Maldivian_Ads
TTH_Ads
Advertisement

ރާއްޖޭގެ ރިސޯޓްތަކުގެ ކޮޓަރި ވިއްކުމުގައި މުއާމަލާތްކުރާ ބޭރުގެ އޭޖެންސީތަކާއި ބުކިން ޕްލެޓްފޯމްތަކުގެ މައުލޫމާތު ހިއްސާކޮށްދިނުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޓޫރިޒަމް ޖީއެސްޓީ (ޓީޖީއެސްޓީ) ދައްކާ ހުރިހާ ވިޔަފާރިތަކަށް އަންގައިފިއެވެ.

މީރާއިން ބުނި ގޮތުގައި އެ މައުލޫމާތު ހޯދުމުގެ މައިގަނޑު މަގުސަދަކީ ޖީއެސްޓީ ގާނޫނުގެ ދަށުން ރަޖިސްޓަރީވާންޖެހޭ ބޭރުގެ ފަރާތްތައް ރަޖިސްޓަރީކޮށްފައިވޭތޯ ކަށަވަރުކުރުމެވެ.

މި އެންގުން އަންގާފައި ވަނީ ޓޫރިޒަމް ދާއިރާގައި ރަޖިސްޓަރީވެގެން ހިންގާ ރިސޯޓްތަކާއި ގެސްޓްހައުސްތައް އަދި ޓްރެވަލް އެޖެންސީތަކަށެވެ.

HajjCop_ads
Advertisement

ޖީއެސްޓީ ގާނޫނަށް ގެނައި އަށް ވަނަ އިސްލާހުގައިވާ ގޮތުން، ރާއްޖެއަށް އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓް ފޯރުކޮށްދިނުމާއި އެކަމާ ގުޅޭ ބުކިން ހިދުމަތްތަކަކީ ރާއްޖޭގައި ފޯރުކޮށްދޭ ހިދުމަތެއް ކަމުގައި ވަނީ ކަނޑައަޅާފައެވެ. އެއާ އެކު، ރާއްޖެއިން ބޭރުގައި ރާއްޖޭގެ ޓޫރިސްޓު އެނދުތައް ވިއްކާ ވިޔަފާރިތަކުން ވެސް މީރާއަށް ޓީޖީއެސްޓީ ދެއްކުން ލާޒިމްވާނެއެވެ. މިއީ ކުރިން އޮންނަ އުސޫލެއް ނޫނެވެ.

ވިޔަފާރިތަކަށް ފޮނުވި ސާކިއުލާއެއްގައި މީރާއިން ބުނެފައި ވަނީ، ތަސްދީގުކުރި ޖީއެސްޓީ ގާނޫނުގެ އިސްލާހާ އެކު ރާއްޖޭގައި ދާއިމީ ތަނެއް ނުހުންނަ ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި އޮންލައިން ޓްރެވަލް އޭޖެންސީތަކާއި ބެޑް ބޭންކުތައް ފަދަ ފަރާތްތައް ވެސް މީރާގައި ޖީއެސްޓީއަށް ރަޖިސްޓަރީވާން ޖެހޭނެ ކަމަށެވެ. އެކަން ކަށަވަރުކުރުމުގެ ގޮތުން ޓޫރިޒަމް ދާއިރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން އެ ފަރާތްތަކާއެކު މުއާމަލާތްކުރާ ބޭރުގެ އޭޖެންސީތަކުގެ މައުލޫމާތު، އަންނަ އާދިއްތަ ދުވަހުގެ ކުރިން މީރާގެ އިންފޮމޭޝަން ސަބްމިޝަން ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އަންގާފައެވެ.

ބޭރުގެ ޓްރެވަލް އެޖެންސީތަކުން ޓެކްސް ނަގާ މި އިސްލާހާ ގުޅިގެން ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ ކަމަށްވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓަރުސް (މަޓާޓޯ) އިން ވަނީ އެކަމާ ދެކޮޅު ހަދާފައެވެ.

 

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mira

ދައުލަތަށް ނުލިބިހުރި 666 މިލިއަން ރުފިޔާ ދައުލަތަށް ހޯދައިފި

Maldivian tourist arrival

މިދިޔަ އަހަރު 2.2 މިލިޔަން ފަތުރުވެރިން ޒިޔާރަތް ކުރި

mira

މިދިޔަ މަހު މީރާއަށް 3.24 ބިލިއަން ރުފިޔާގެ އާމްދަނީއެއް

finance

ޓީ.ޖީ.އެސް.ޓީ. އިތުރުވެ ދައުލަތަށް ލިބޭ އާމްދަނީ މައްޗަށް