ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑރ. މަޖީދު ބަޔަކު ވަނީ ޝަހީދުކޮށްލާފައި: ޝައިޚް އިމްރާން

TTH_Ads
STO_Ads
Advertisement

ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ رحمه الله އަވަހާރަވީ ނޫން ކަމަށާއި، ޝަހީދުކޮށްލީ ކަމަށް ކުރީގެ ދާޚިލީ ވަޒީރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ޝައިޚް އިމްރާން މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރ ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރެއްވީ 22 މެއި 2018 ގައި އަވައްޓެރި ސްރީލަންކާގައި ހުންނަވަނިކޮށް ސްޓްރޯކެއް ޖެހިވަޑައި ގަތުމާ ގުޅިގެން ލަންކާގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށެވެ.

ޑރ. މަޖީދުގެ މަރާއި ގުޅިގެން ޝައިޚް އިމްރާން މިއަދު ވިދާޅުވީ، ޑރ. އަބްދުލްމަޖީދު ގެ ކުއްލި މަރާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ހިތުގައި އުފެދިފައި އޮތް ޝައްކު މިހާރު ޔަގީންވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

“އާއެކެވެ، ޑޮކްޓަރ މަޖީދު ބަޔަކު ޝަހީދުކޮށްލީއެވެ.” އޭނާ ލިޔުއްވާފައިވެއެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓަރުގެ އިތުރުން، ޑރ. މަޖީދަކީ ރާއްޖޭގެ ދީނީ ޢިލްމުވެރިންތަކެއް އިސްކޮށް ތިއްބަވައިގެން އުފެއްދި އަދާލަތު ޕާޓީގެ އެއް ބާނީވެސް މެއެވެ.

އެމަނިކުފާނު އަބަދުވެސް ފާހަގަ ކުރެވިފައިވަނީ ޚުލްގުހެޔޮ، މަޑުމައިތިރި، އަޚްލާގު ރަނގަޅު އަދި ހަމައާއި އިންސާފަށް އަބަދުވެސް ވާހަކަފުޅު ދައްކަވަމުން ގެންދެވި ބޭފުޅެކެވެ.

ޑރ. މަޖީދުގެ ކުއްލި އަވަހާރަވުމާމެދު ޝައިޚް އިމްރާން ޝައްކު އުފައްދަވާފައި މިވަނީ، ޠައިބާ ޙައްޖު އުމްރާ ގްރޫޕްގެ އެންމެ އިސް ޝައިޚް އަދި ޚިދުމަތް ޖަމިއްޔާގެ މުއައްސިސް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު رحمه الله މިމަހުގެ 9 ވަނަ ދުވަހު ކުއްލި ގޮތަކަށް އަވަހާރަ ވެފައިވާ ދަނޑިވަޅެއްގައެވެ.

ޢުމުރުފުޅުން 53 އަހަރުގެ ޝައިޚް ފަރީދު އަވަހާރަ ވެފައިވަނީ، ރާއްޖޭން މެލޭޝިއާއަށް ވަޑައިގެން އެއަރޕޯޓުގައި ހުންނަވަނިކޮށް ކުއްލިގޮތަކަށެވެ. ޝައިޚް ފަރީދު މެލޭޝިއާއަށް ވަޑައިގެންނެވީ ޙަލާލު ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ މަސައްކަތަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ރާއްޖޭގެ މަޝްހޫރު ދެ ޢިލްމުވެރިން ޒުވާން ޢުމުރުފުޅުގައި ކުއްލި ގޮތަކަށް އަވަހާރަވެފައިވާއިރު، ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. އަފްރާޝީމް ޢަލީ رحمه الله ވެސް މާލޭގައި ކަތިވަޅިއަކުން ޙަމަލާދީ ޝަހީދު ކޮށްލި ޙާދިސާގެ އަޑީގައި ތިބި ބަޔަކު މިއަދާ ހަމައަށްވެސް ހޯދިފައެއް ނުވެއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ނ ނަސީމް
ސެއިހު އިމްރާނު ދުލަށް ހިތައްއެރިހާ އެއްޗެއް ކިޔަމުން ދަނީ! އަނެއްކާ ހިނގާފައި ހުރި ބޮޑެތި ޖަރީމާ ތައް މީހުންގެ ބޮލުގައި އަޅުވާ އެފަދަ ތުހުމަތު ތައް ކުރަމުން މިދަނީ އެކަމަކު މިކަމަށް އެއްވެސް ފިޔަވަޅެއް އެޅިފަކައިނެތް! މީނާ މި ދައްކާ ވާހަކަތަކުގެ ހަގީގަތް ވެސް އެބަ ބަލަންޖެހޭ ތާ!

ގުޅުންހުރި

460670 88c4ae42 9

“އުސޫލަށް ގެނައި ބަދަލަކީ، ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ޑޮލަރު ލިބޭނެގޮތް ހަދައިދޭން ގެނައި ބަދަލުތަކެއް”

ހަފްތާ ބަންދުގައިވެސް މޫސުން ގޯސްވާނެ، ސަމާލުވޭ!

88887

21 ކިލޯގެ ޑްރަގާއެކު ތިން މީހަކު ހައްޔަރުކޮށްފި

Big 1BfZa9LUfxHMf8S1JbaRPfxxb (1)

އެމްއައިބީގެ އޭޓީއެމެއް ތޮއްޑޫގައި ހުޅުވައިފި