ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭ މަގު ހެދުމުގެ މަސައްކަތް އެންމެ ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު ފަށަނީ

male city
STO_Ads
TTH_Ads
Maldivian_Ads
Advertisement

މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްޤީކުރުމާއި ވިލިމާލެ ހޮސްޕިޓަލު ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީކޮޅު ފެށުމަށް ތައްޔާރުވަމުންދާކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ ވިދާޅުވެއްޖެއެވެ.

ޗައިނާގެ 77 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފުލާގައި ޗައިނާގެ ސަފީރު ވަނީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުމާއި، ޗައިނާއިން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫޢުތަކަށް އަލިއަޅުވާލައްވާފައެވެ.

ޗައިނާގެ ސަފީރު ވިދާޅުވީ މިއަހަރުވެސް ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ. އެގޮތުން ހަނިމާދޫގައި ކޮކޮނެޓް ޓްރީ ޕެސްޓް ކޮންޓްރޯލް މަޝްރޫޢު ކާމިޔާބުކަމާއެކު ހިންގާފައިވާކަން ސަފީރު ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

ސަފީރު ވިދާޅުވީ ވިލިމާލޭގައި ތަރައްޤީ ކުރާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލުގެ މަސައްކަތް ބިޑިންގ މަރުހަލާގައި އޮތްކަމަށެވެ. އަދި މާލެއާއި ވިލިމާލޭ މަގުތައް އަލުން ތަރައްޤީކުރުމުގެ މަޝްރޫޢު ޑިޒައިން މަރުހަލާގައި އޮތްކަން ފާހަގަކުރައްވާ ސަފީރު ވަނީ އެ ދެ މަޝްރޫޢުގެ މަސައްކަތް މިއަހަރު ނިމޭއިރު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައެވެ.

ރަށްރަށުގެ ކައުންސިލްތައް އިމާރާތް ކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަމަށާއި މިއަހަރު ނިމޭއިރު މަޝްރޫޢު އެޕްރޫވްވާނެކަމަށް ސަފީރު ވިދާޅުވިއެވެ.

ސަފީރުގެ ވާހަކަފުޅުގައި ވަނީ މީގެ ދުވަސްކޮޅެއް ކުރިން ސިނަމާލެ ބުރިޖުގައި އުޅަނދެއް ޖެހުމުން ޗައިނާގެ މެއިންޓެނަންސް ޓީމުން އެ ހާދިސާ ހިނގިތާ ކުޑަވަގުތުކޮޅެއްގެ ތެރޭޭގައި އިންސްޕެކްޝަނެއް ކުރިއަށްގެންދިޔަކަން ފާހަގަކުރައްވާފައެވެ.

“މި ބުރިޖަކީ ވަރަށް ވަރުގަދަ ބުރިޖެއް. ޗައިނާއިން މެއިންޓެނަންސްގެ ޚިދުމަތްތައް ފޯރުކޮށްދީ، ބުރިޖުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރާނެ. މި ހުރިހާ މަޝްރޫޢުތަކަކީ ޗައިނާގެ އެހީގެ ދަށުން ފުރިހަމައަށް ފައިސާ ލިބޭ މަޝްރޫޢުތަކެއް.” ޗައިނާގެ ސަފީރު ކޮންގް ޝިންހުއާ

ސަފީރު ވަނީ އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމަކީ، ދެ ޤައުމުގެ ވިޔަފާރިތަކަށް ވިޔަފާރީގެ އެއްބާރުލުމުގެ ފުރުޞަތުތައް ހޯދައި، އިޤުތިޞާދީ ގުޅުންތައް ވަރުގަދަކުރުމަށް ލިބޭ ޕްލެޓްފޯމެއްކަން ފާހަގަކުރައްވާފައެވެ.

ޗައިނާއިން ރާއްޖެއަށް ގިނަ ޢަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް އަންނަކަން ފާހަގަކުރައްވާ ސަފީރު ވިދާޅުވީ މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް އެ ޤައުމުން 280،000 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށެވެ. އަދި ކުރިއަށްއޮތް ދުވަސްތަކުގައިވެސް ރާއްޖެ އަންނަ ޗައިނާގެ ފަތުރުވެރިން އިތުރުވާނެކަމަށް އަންދާޒާ ކުރައްވާކަމަށް ސަފީރު ވިދާޅުވިއެވެ.

ސަފީރު ދެއްކެވި ވާހަކަފުޅުގައި ވަނީ 2040 ވަނަ އަހަރުގެ ނިޔަލަށް ތަރައްޤީވެފައިވާ ޤައުމަކަށްވުމުގެ އަމާޒަށް ދިވެހިރާއްޖެ ގެންދެވުމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތް ކުރައްވާއިރު ދެ ޤައުމަކީ ސިޔާސީ ގޮތުން ވަރުގަދަ އިތުބާރެއް އުފެދި ތަރައްޤީގެ ތަޞައްވުރުތައް އެއްގޮތް، އަދި އެއްބާރުލުމުގެ ފުރުޞަތު ބޮޑު ދެ ޤައުމުކަން ފާހަގަކުރައްވާފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

473629 58b3876e 8

ޗައިނާއާއި ރާއްޖޭގެ ރަޙްމަތްތެރިކަމަކީ ކުރިމަގަށް އެޅިގެންދާ ބްރިޖްތަކެއް: ރައީސް

ޤައުމީ ފުޓުބޯޅަ ޓީމު ކުޅުނު މެޗުގައި ޗައިނާއިން ފަހުހާފުގައި ކުރިހޯދައިފި

 ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުން މުހިއްމު: ޗައިނާ ސަފީރު

ޗައިނާ ސަރުކާރުން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފި