ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕޮލިސް ކޮމިޝަނަރގެ މަގާމަށް ނަވީން އައްޔަން ކުރައްވައިފި

STO_Ads
TTH_Ads
Maldivian_Ads
Advertisement

ޕޮލިސް ކޮމިޝަނަރގެ މަގާމަށް އިސްމާޢީލް ނަވީން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އައްޔަން ކުރައްވައިފި އެވެ.

އާ ޕޮލިސް ކޮމިޝަނަރ އައްޔަން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.

އާ ޕޮލިސް ކޮމިޝަނަރގެ މަގާމަށް ނަވީން އައްޔަން ކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި ޢަލީ ޝުޖާޢު އެޕްެރީލް 25 ވަނަ ދުވަހު އިސްތިޢުފާ ދެއްވުމުންނެވެ. ޝުޖާޢު އިސްތިޢުފާ ދެއްވުމުން ޕޮލިސް ސާވިސް ވަގުތީ ގޮތުން ހިންގެވީ ވެސް ނަވީން އެވެ.

HajjCop_ads
Advertisement

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި އެ މަގާމަށް ވަނީ ނަވީންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ކޮމިޝަނަރ އަޙުމަދު ޝަމީމް ކުރިމަތިލައްވައިފަ އެވެ. މި ތިން ބޭފުޅުންނާ ޕޮލިސް ބޯޑުން އިންޓަވިއު ކުރުމަށް ފަހު ނިންމާފައި ވަނީ ތިން ބޭފުޅުން ވެސް ޝަރުތު ފުރިހަމަވާ ކަމަށެވެ.

ފުލުހުންގެ ޤާނޫނުގައިވާ ގޮތުން ޕޮލިސް ކޮމިޝަނަރގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ރައީސް، އެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވަނީ ހޯމް މިނިސްޓަރގެ ލަފާގެ މަތިންނެވެ. ހޯމް މިނިސްޓަރ، ރައީސް އަށް ލަފާ އަރުވާނީ ޕޮލިސް ބޯޑުން އިންޓަވިއު ކުރުމަށް ފަހު ހުށަހަޅާ ރިޕޯޓް ދިރާސާ ކުރުމަށް ފަހު އެވެ.

ނަވީން ވަނީ ފުލުހުންގެ އެކި މަގާމުތަކުގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފަ އެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MPL

އިޤްތިޞާދީ ކުރިއެރުން އޮގަސްޓު މަހު ހުރީ 9.64 ބިލިޔަން ރުފިޔާގައި

MMA

އިންޑިއާގެ 30 ބިލިޔަން ރުޕީސްގެ ކަރަންސީ ސްވޮޕްގެ މުއްދަތު އިތުރުކޮށްފި

3

ރަސްމާލޭގައި އީގަލް ހިލްސްއިން މަޝްރޫއު ހިންގިޔަސް ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަހެއް ނޯންނާނެ: އިހުސާން

fly Dubai

ފްލައިދުބާއީގެ ފްލައިޓް ހައިޖެކްކުރަން އުޅުނު މައްސަލައިގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ އައުމުން ސުވާލުކުރަނީ