ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފްލައިދުބާއީގެ ފްލައިޓް ހައިޖެކްކުރަން އުޅުނު މައްސަލައިގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ އައުމުން ސުވާލުކުރަނީ

fly Dubai
TTH_Ads
Maldivian_Ads
STO_Ads
Advertisement

ދުބާއީން ފުރައިގެން އިޒްރޭލަށް ދަތުރުކުރި ފްލައިދުބާއީގެ ފްލައިޓެއް ހައިޖެކްކޮށް ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ރާއްޖެ އައުމުން ސުވާލުކޮށް މައުލޫމާތު ސާފުކުރާނެ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.

މި މައްސަލައާ ގުޅޭގޮތުން ފުލުހުންގެ ތަރުޖަމާނު އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ޝިޔާމް ވިދާޅުވީ، މިއަދު މެދުންދުރު ފަހުގެ ވަގުތެއްގައި އެ ދެ ޕައިލެޓުން ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި އެ މީހުންނާ ސުވާލުކޮށް މައުލޫމާތު ސާފުކުރުމުގެ ކަންކަން ފުލުހުން ކުރިއަށްގެންދާނެ ކަމަށާއި، އެ މީހުންނާމެދު އިތުރު ފިޔަވަޅެއް އަޅަންޖެހޭނަމަ އެކަން ކުރިއަށް އޮތް ތަނުގައި ހާމަކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިޑްލް އީސްޓް މޮނިޓާއިން އިސްރާއީލުގެ ނޫހެއް ކަމަށްވާ “ކީޕާ” އާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދެ ޕައިލެޓުން ހައްޔަރުކުރި ފަހުން އެތައް ދުވަހެއް ވަންދެން އެ މީހުންގެ އެއްވެސް ޚަބަރެއް ނުވެގެން އާއިލާތަކުން އުޅެނިކޮށް، އެ މީހުން ބަންދުގައި ތިބިކަން އާއިލާތަކަށް އެނގުނީ ޔޫއޭއީގައި ހުންނަ ދިވެހި އެމްބަސީން އެންގުމުންނެވެ.

HajjCop_ads
Advertisement

މި ހާދިސާ ހިނގާފައިވަނީ 170 އަށްވުރެ ގިނަ ފަސިންޖަރުންނާއެކު ދަތުރުކުރި ފްލައިދުބާއީ ބޯޓެއްގައެވެ. ދަތުރުމަތީގައި ބޯޓުގެ ކެޕްޓަނަށް ކޯޕައިލެޓް ހަމަލާދިނީ ކޯރާޑިއަކުންނެވެ. ޔޫއޭއީގެ ޕްރޮސެކިއުޓާ ޖެނެރަލް ހަމަދު ސައިފް އައްޝާމިސީ ވިދާޅުވި ގޮތުގައި، ދަތުރު ފެށިތާ 2 ގަޑިއިރާއި ބައި ފަހުން ދިން މި ހަމަލާއާ ގުޅިގެން ބޯޓު ވަނީ 17,000 ފޫޓު (5,200 މީޓަރު) ތިރިއަށް ވެއްޓިފައެވެ. ނަމަވެސް ބޯޓުގައި ތިބި ފަސިންޖަރުން ވަނީ ކޯޕައިލެޓް ހުއްޓުވައި، ބޯޓުގެ ކޮންޓްރޯލް އަނބުރާ ހޯދާފައެވެ.

އެއަށްފަހު ބޯޓުގައި ތިބި އިތުރު ދެ ޕައިލެޓުން ވަނީ ސައުދީ އަރަބިއްޔާއަށް ބޯޓު ސަލާމަތްތެރިކަމާއެކު ޖައްސާފައެވެ. މި ހަމަލާގައި އަނިޔާވި ކެޕްޓަން ސްމިތު މަޗްހަރަކީ އިންޑިއާގެ ރައްޔިތެކެވެ. އޭނާއަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާދިނުމަށްފަހު، މިހާރު ވަނީ އަބޫދާބީއަށް ގެންގޮސްފައެވެ. އޭނާގެ ހާލު މިހާރު ސްޓޭބަލް ކަމަށް ރިޕޯޓުތައް ބުނެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިންސްޕެކްޓަރ ކޯސް – 6 ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

traffic

ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި

Large thumb

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 3 މީހަކު ހައްޔަރުކޮށްފި

Large thumb

ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް ތިން ފުލުހަކަށް އަރުވައިފި