ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް ތިން ފުލުހަކަށް އަރުވައިފި

Large thumb
Maldivian_Ads
TTH_Ads
STO_Ads
Advertisement

ކ. ގާފަރު ކައިރިން ދަތުރުކުރަމުން ދަނިކޮށް ބަންޑުންޖަހާލި “ހޯކްސް ވޮޔޭޖް” ލޭންޑިންގ ކްރާފްޓުން ކަނޑުވި މީހުން ސަލާމަތްކުރުމުގައި ހިތްވަރުގަދަ މަސައްކަތްތަކެއް ކޮށްފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ ތިން އޮފިސަރަކަށް “ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް” މިއަދު އަރުވައިފިއެވެ.

ފުލުހުންގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އޮފިސަރުންނަށް މެޑަލް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ.

މި ޝަރަފުވެރި ރަން މެޑަލް ހާސިލުކުރެއްވި ތިން އޮފިސަރުންނަކީ:

HajjCop_ads
Advertisement

ސީނިއަރ ސާޖަންޓް އަޙްމަދު އާމިރު (ސަރވިސް ނަންބަރު: 2245)
ކޮންސްޓަބަލް މުޙައްމަދު ލަހްފާން (ސަރވިސް ނަންބަރު: 6279)
ކޮންސްޓަބަލް ޢަލީ ޒިދާން (ސަރވިސް ނަންބަރު: 5852)

މި ހާދިސާ ހިނގާފައިވަނީ 2026 ޖުލައި 31 ވަނަ ދުވަހުގެ ހެނދުނު 08:50 އެހައިކަންހާއިރުއެވެ. އެ ދުވަހު “ހޯކްސް ވޮޔޭޖް” ލޭންޑިންގ ކްރާފްޓް ކ. ގާފަރު ކައިރިއަށް ބަންޑުންޖަހާލުމާ ގުޅިގެން، އޭގައި ދަތުރުކުރި 10 މީހުން ވަނީ ކަނޑުވެފައެވެ. ނަމަވެސް، މޫސުން ގޯސްވެ ކަނޑުގަދަ މި ހާދިސާގައި، މި އޮފިސަރުން ދެއްކެވި ހިތްވަރުގަދަ އަދި ނުރައްކާތެރި މަސައްކަތުން، މާތް ﷲ ގެ ރަހްމަތްފުޅާއެކު ކަނޑުވި މީހުންގެ ތެރެއިން 8 މީހެއްގެ ފުރާނަ ވަނީ ސަލާމަތްކޮށްފައެވެ.

މެޑަލް ހަވާލުކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ، ފުރާނައަށް ނުރައްކާވާ ފަދަ ނާޒުކު ދަނޑިވަޅުތަކުގައި ފުލުހުންގެ ފަރާތުން ފެންނަންޖެހޭ ސާބިތުކަމާއި، ހިތްވަރާއި، އިޚްލާޞްތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި އޮފިސަރުން ދެއްކެވި މިސާލު ނެތް ފަދަ ހިތްވަރަށް ސީޕީ ވަނީ ސާބަހާއި ތައުރީފު ރައްދުކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. މީގެއިތުރުން، މިފަދަ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާއިރު އެންމެން ގުޅިގެން މަސައްކަތްކުރުމާއި، އޮޕަރޭޝަނަލް ގޮތުން އަބަދުވެސް ތައްޔާރީ ހާލަތުގައި ތިބުމުގެ މުހިންމުކަން ވެސް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

ރަސްމިއްޔާތު ނިންމަވާލައްވަމުން ކޮމިޝަނަރ ވިދާޅުވީ، އާންމު ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކޮށް ރައްކާތެރިކަން ކަށަވަރުކުރުމަކީ ދިވެހި ފުލުހުންގެ ހިދުމަތުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއްދޭ ކަންތައް ކަމަށެވެ. އަދި ގައުމީ ވާޖިބު އަދާކުރުމުގައި ނަމޫނާ ދައްކައި، ފުރާނަ އަތްމައްޗަށް ލައިގެން މަސައްކަތްކުރާ މިފަދަ އިޚްލާޞްތެރި އޮފިސަރުންގެ އަގުވަޒަންކުރުމަކީ ފުލުހުންގެ މުއައްސަސާއިން އަބަދުވެސް ނުހަނު ފަޚުރުވެރިކަމާއެކު ކުރިއަށްގެންދާނެ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކަމުންދިޔަ ނެޓްވޯކުގަ ހިމެނޭ ދިވެހި މީހާ ހައްޔަރުކޮށްފި

police traffic

ސްކޫލުތަކާއި ހޮސްޕިޓަލް ސަރަހައްދުތަކުގެ ޓްރެފިކް ނިޒާމު ހަރުދަނާ ކުރުމަށް ފިޔަވަޅުތަކެއް!

WhatsApp Image 2026 10 14 at 10.58.34

ތިން މީހުންނާއެކު ސައިކަލް ދުއްވި ސައިފް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފި

88887

ގަލޮޅު އެޕާޓްމަންޓަކުން ތޫނު ހަތިޔާރުން ބިރުދައްކައި ފޭރުނު ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި