ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޙައްޖު ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް ސައުދީން ފުރާވަޑައިގެންފި

STO_Ads
Maldivian_Ads
TTH_Ads
Advertisement

ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢުދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ސަޢުދީން ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލްސަޢޫދުގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރާއްޖެއިން ސަޢުދީއަށް ޙައްޖުގެ އަޅުކަން އަދާކުރުމަށް ގޮސް ތިބި ޙައްޖުވެރިންނާ ރައީސް ބައްދަލުކުރެއްވިއެވެ. އަދި މި އަހަރު ޙައްޖުގައި ލިބުނު ލުއި ފަސޭހަތަކަށްވުރެ އިތުރު ގިނަ ލުއިތަކެއް އަންނަ އަހަރު ހަމަޖެހިގެންދާނެކަން އިއުލާނުކުރެއްވިއެވެ.

HajjCop_ads
Advertisement

އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އެމަނިކުފާނު އިއުލާނުކުރައްވާފައިވަނީ ޙައްޖަށް ފުރުމުގެ ކުރިން ހަދަންޖެހޭ މެޑިކަލްއާއި ޖަހަންޖެހޭ ވެކްސިންތައް އެމީހަކު ހުރި ތަނެއްގައި ހުރެ ފުރިހަމަކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި، އެކަންކަން ހިލޭ ކުރެެވޭނެ ގޮތް ހަމަޖެއްސުމެވެ. އަދި ސައުދީގައި ތިބޭއިރު ހައްޖުވެރިޔަކު ބަަލިވެއްޖެނަމަ އެ ބޭސްފަަރުވާވެސް ހިލޭކުރެވޭނެ ގޮތް ހަމަޖައްސަވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

މި ދަތުުރުފުޅުގައި ރައީސްވަނީ ސަޢުދީ ޢަރަބިއްޔާގެ ވަލީ ޢަހުދު މުޙައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ދެ ގައުމުގެ މެދުގައި އޮތް އުޚުއްވަތްތެރި ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާމެދު ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރައީސްވަނީ ޙައްޖުގެ އަޅުކަން އަދާކުރުމަށާއި، އުމްރާވުމަށާއި، ދެ ހަރަމަށް ޒިޔާރަތްކުރުމަށް ސައުދީއަށް ދަތުރުކުރާ އެންމެންނާމެދު ސައުދީ ސަރުކާރުން އަދި އެ ގައުމުގެ ރައްޔިތުން ބަހައްޓަވާ ދީލަތި މެހެމާންދާރީ ފާހަގަކުރައްވައި ރަސްގެފާނާއި ވަލީޢަހުދާއި އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މި ދަތުރުފުޅުގައި ސަައުދީ އަރަބިއްޔާގެ ހައްޖާބެހޭ ވަޒީރު ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައިވެއެވެ. އެ ޒިޔާރަތުގައި ރައީސްވަނީ ސައުދީން ޖުމްލަކޮށް ހުރިހާ ހައްޖުވެރިންނަށް އަދި ހާއްސަަކޮށް ދިވެހި ހައްޖުވެރިންނަށް ފޯރުކޮށްދިން ހިދުމަަތުގެ ފުރިހަމަކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

ރައީސް އަދި އަނބިކަނބަަލުން މިއަދު ސައުދީ އަރަބިއްޔާއިން ފުރާވަޑައގެންނެވިއިރު އެ ދެމަފިރިކަނބަލުންނަށް އަލްވަދާއު ވިދާޅުވީ ޖިއްދާގެ ގަވަރނަރު އަލްއަމީރުލް މަލަކީ ސަޢުދު ބިން ޢަބްދުﷲ ބިން ޖަލާވީ އާލްސަޢޫދެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ ދެކަނބަލުންނާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢުގެ ދެކަނބަލުންނާއި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ ދެކަނބަލުން އަދި ޗީފް އޮފް ޕްރޮޓޮކޯލް، މުޙައްމަދު ޝަހުދީ ބައިވެރިވެވަޑައިގަތެވެ.

މިހުރިހާ ބޭފުޅުން ސަައުދީ އަރަބިއްޔާގައި ތިއްބެވުމާއި ދަތުރުކުރެއްވުމުގެ ހުރިހާ ހަރަދުތަކެއް ހަމަޖައްސައިދީފައިވަނީ ސައުދީ ސަރުކާރުންނެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

ރަސްމާލޭ މަޝްރޫއަށްވުރެ މިވަގުތު މުހިންމީ ވަގުތުން ފައިސާ ލިބޭނެ ހަރުމުދަލެއް ވިއްކުން: ނަޝީދު

88887

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ދުބާއީ ކުންފުންޏަކާ ހަވާލުކޮށްފި

88887

2033 އަންނަންވާއިރަށް އަހަރަކު 5 މިލިއަން ޓޫރިސްޓުން ގެނައުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް

DSC 2347 (2)

ޕީއެންސީގެ ސިޔާސަތަކީ އަބަދުވެސް “ފުރަތަމަ ޤައުމު” އިސްކުރުން ކަމަށް ރައީސް ވިދާޅުވެއްޖެ